ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އެމްޑީޕީ
ހަބަރު
11 Sep 2023 | 09:17
ފުރަތަަމަ ބުރުގައި ވަރަށް ގިނަ މިސްޓޭކްސް ހެދިފައި އެބަހުރި: ރައީސް ޞާލިހު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިގެން ގޮސްފައިވާއިރު، އެ ބުރުގެ ތެރެއިން ވަރަށް ގިނަ "މިސްޓޭކްސް" ހެދިފައި ހުރި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިޚާބުގައި އެއްބުރުން ކާމިޔާބީ ލިބޭނެ ކަމަށް މީގެ ކުރިން އެމްޑީޕީ އާއި ގުޅިފައިވާ ކޯލިޝަނުން ހެދި ހިސާބުތަކަށްފަހު އެފަރާތްތަކުން ވިދާވެފައި ވާއިރު، އިންތިހާބުގެ ފުރަތަމަ ބުރުގައި 15,000 އަށްވުރެ ގިނަ ވޯޓުގެ ބޮޑު ފަރަގަކުން، އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު އެވެ. އެއީ ހަތް ޕަސެންޓުގެ ފަރަގެކެވެ.

މުއިއްޒަށް ލިބިވަޑައިގެންނެވީ 100,122 ވޯޓެވެ. އެއީ 46.07 ޕަސެންޓެވެ. ރައީސް ސާލިހަށް 84,997 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ 39.11 ޕަސެންޓް ވޯޓެވެ.

މި ނަތީޖާ އާއި ގުޅިގެން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް އަށް މިއަދު ދެއްވި ފޯން ކޯލް ބަސްދީގަތުމެއްގައި ރައީސް ޞާލިހު ވިދާޅުވީ ފުރަތަަމަ ބުރުގެ ނަތީޖާ ނުކުތީ އުއްމީދު ކުރެއްވި ގޮތަކަށް ނޫން ކަމަށެވެ. 

"އެބަހުރި ވަރަށް ގިނަ މިސްޓޭކްސް ހެދިފައި. އަޅުގަނޑުމެން އުއްމީދުކުރި ގޮތަކަށް ނޫން ފުރަތަަމަ ބުރު ގޮއްސަ މިއޮތީކީއެއް."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ ފުރަތަމަ ބުރުގެ ނަތީޖާ އެފަދައިން ނުކުތީ ކީއްވެތޯ މިހާރު ބައްލަވާފައިވާ ކަމަށާ، އިންތިހާބުން ކުރި ނުހޯދުނު މައިގަނޑު ސަބަބަކީ ވޯޓު ލާނެ ކަމަށް އުއްމީދު ކުރެއްްވި ފަރާތްތަކުން ވޯޓުލާން ނުނިކުތުން ކަމަށެވެ. 

އަޅުގަނޑުމެން ބެލި އިރުގައި، ޓާން އައުޓް ދަށްވި މައްސަލަ މިއީ ދަށްވި މައްސަލައެއްގެ ގޮތުގައި އެންމެ ބޮޑަށް ފެންނަނީ. އަޅުގަނޑުމެންގެ ހުރިހާ ދާއިރާއެއްގައިވެސް ޕްލެޖު ވޯޓު ހުރި ވަރާ، އަޅުގަނޑުމެންނަށް ވޯޓުދޭން ނިންމައިގަން ތިބި މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، ވޯޓު ނުލާ އެބަތިބި. ނުނެރެވި. އެހެންވީމާ އިދާރީ ގޮތުން ނިންމަންޖެހުނު ކަންތައްތަކަށް ކުޑަކޮށް ފަރުވާކުޑަވެފައި ބައެއް ދާއިރާ، ބައެއް ދާއިރާއެއް ނޫން، ގާތްގަނޑަކަށް ހުރިހާ ދާއިރާ އަކުން އެބަހުރި. ބައެއް ރަށްރަށުގައި ޕްލެޖުގެ ތެރެއިން 300، 400 މީހުން ވޯޓު ނުލެވިފައި އެބަހުރި. އެއީ ކީއްވެގެން ވީ ކަމެއްތޯ ބަލައި އެކަންތައް ތަކަށް އަޅުގަނޑުމެން ސަމާލުކަންދޭން. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، ވޯޓުލާ ގަޑި "ޓަސް ލާފައި 4 ޖެހި އިރު ބަންދު" ކުރުމުން ހަވީރު ވޯޓުލާން އަންނަންތިބި ވަރަށް ގިނަ މީހުންނަށް ނާދެވުނު ކަމަށެވެ. އެއީވެސް މައްސަލަ އެއް ކަމަށާ، އަދި މީގެ ކުރީ އިންތިހާބު ތަކުގައި، އެމްޑީޕީގެ ޓީމު ތަކުން، މީހުން ވޯޓުލާން ނެރެން މަސައްކަތް ކުރި މިންވަރަށް މިފަހަރު ނުކުރެވުން ވެސް އެއީ ވޯޓު މަދުވި ސަބަބެއް ކަމަށް ރައީސް ޞާލިހު ފާހަގަ ކުރެއްވިއެވެ. 

އެހެންކަމުން، އެކަންކަމާއި މެދު މި ދެތިން ދުވަހު ވާހަކަދެކެވި، އެކަން ބެލެވިފައިވާ ކަމަށާ، ވޯޓުލާނެ ކަމަށް ބުނި އެންމެން ވޯޓުލާން ނެރެވިއްޖެ ނަމަ، އިންތިހާބު ކާމިޔާބު ކުރުމަކީ ނުވާނެ ކަމެއް ކަމުގައި ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.