ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އެމްޑީޕީ
ހަބަރު
11 Sep 2023 | 09:43
ދެ ބަޔަކު ނޫނީ ތިން ބަޔަކު ކޯލިޝަން ހަދާނެ ކަމަށް އުއްމީދު ކުރަން: ރައީސް ޞާލިހު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ހަމައަށްދާއިރު، ދެ ޕާޓީ ނޫނީ ތިން ޕާޓީ އަކުން އެމްޑީޕީއާއި އެކުގައި ކޯލިޝަން ހަދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްވެސް އެމްޑީޕީ ނުކުތީ އެމްޑީއޭ އާއި އަދާލާތާއި އެކު ކޯލިޝަން ހަދައިގެންނެވެ. ނަމަވެސް، އިންތިހާބުގެ ފުރަތަމަ ބުރުގައި 15,000 އަށްވުރެ ގިނަ ވޯޓުގެ ބޮޑު ފަރަގަކުން، އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ކޯލިޝަން ނުހައްދަވައި ނުކުންނެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު އެވެ.

މުއިއްޒަށް ލިބިވަޑައިގެންނެވީ 100,122 ވޯޓެވެ. އެއީ 46.07 ޕަސެންޓެވެ. ރައީސް ސާލިހަށް 84,997 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ 39.11 ޕަސެންޓް ވޯޓެވެ.

މި ނަތީޖާ އަށްފަހު ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވަނީ ކޮންމެ ގޮތެއް ވިޔަސް ދެވަނަ ބުރުގައި އެހެން ބަޔަކާއެކު ކޯލިޝަން ހަދަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން، ރާއްޖެޓީވީގެ މިއަދުވެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޞާލިހު ވިދާޅުވީ، އިންތިޚާބުގައި ވާދަކުރި ޕާޓީ ތަކުގެ ތެރޭއިން ދެވަނަ ބުރަށް ނުދިޔަ ޕާޓީތަކާއި އެކު އިއްޔެވެސް މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ޕާޓީ ތަކުން އެމަނިކުފާނާއެކު ކޯލިޝަން ހައްދަވާނެ ކަމުގެ ފެހި ސިގުނަލްވެސް ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. 

އަޅުގަނޑުމެން ދެވަނަ ނުދިޔަ ޕާޓީތަކާއި އެކުގައި އިއްޔެވެސް ބައެއް ވާހަކަތައް ދެކެވިފައި އެބަހުރި. އަޅުގަނޑުމެންނާ އެކީގައި ކުރިއަށްދާނެ ކަމުގެ ފެހި ސިގުނަލް ދެއްވާފައި ތިބި ބައެއް ބޭފުޅުން އެބަ ތިބި. އަދި ރަސްމީކޮށް އެކަން އިއުލާން ކުރެވޭ ހިސާބަކަށް ނުދޭ. އަޅުގަނޑުމެންގެ މިއަދުގެ ދެން އޮތް މަސައްކަތްތަކަށް ވާނީ އެކަންތައް. އިރާދަކުރެއްވިޔާ ދެބަޔަކު ނޫނީ ތިން ބަޔަކު، އަޅުގަނޑުމެންނާ އެކީގައި އަރާނެ ކަމަށް އަޅުގަނޑުމެން މި ގަބޫލު ކުރަނީ. އެކަން ކުރެވުނީމާ މީގެން ވެސް ލިބޭނެ ފުދޭ ވަރެއްގެ ކުރި އެރުމެއް. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް މިފަދައިން ވިދާޅުވެފައި ވާއިރު، އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު އެމްޑީޕީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ ދަ ޑިމޮކްރެޓްސް އާއި އެކު އެއްބަސް ވުމަކަށް އާދެވޭތޯ އެމްޑީޕީން މަސައްކަތް ފަށާފައިވާ ކަމުގެ މަލަމަތި އަންނަނީ ފެންނަމުންނެވެ. އެގޮތުން، އެމްޑީޕީން ރައީސް ނަޝީދާއި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ގެ މަގާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދަން އެ ޕާޓީން ނިންމި ކަމަށް ޕީޖީ ލީޑަރު އަދި ރައީސް ޞާލިހު ގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.