ބިންހެލުމުަގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުން މީހުން ހޯދަނީ. ފޮޓޯ:އޭއެފްޕީ
ހަބަރު
11 Sep 2023 | 10:27
މޮރޮކޯ ބިންހެލުން: ބިންހެލުމަށް އެތައް އިރެއް ފަހުން ތުއްތުކުއްޖަކު ދިރިއޮއްވާ ފެނިއްޖެ

ހުކުރު ދުވަހުގެރޭ ދަންވަރު މޮރޮކޯއަށް އައި 6.8 މެގްނެޓިޔުޓްގެ ބިންހެލުމަށް އެތައް ވަގުތެއް ފާއިތުވީ ފަހުން ބިންހެލުމުގައި ވެއްޓުނު ޢިމާރާތެއްގެ ދަށުން ވިހޭތާ ގިނަ ދުވަހެއް ނުވާ ތުއްތު ކުއްޖަކު ސަލާމަތް ކޮށްފިއެވެ.

އެކުއްޖާ ވެއްޓިފައި އޮތް ޢިމާރާތުގެ ދަށުން ނެގުނު އިރު އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ބިންހެލުމަށްފަހު ބިންހެލުން އައި މަރްކަޝް އަކީ މޮރޮކޯގެ ތާރީޚީ ބިނާތަކެއް އެތަނުގައި ހުންނަ އަވަށެވެ. ބިންހެލުމުގައި ގެއްލުން ވެފައިވަނީ މޮރޮކޮޝް އާއި މޮރޮކޮޝް އާއި ޖެހިގެން ހުރި 7 ވަރަކަސް އަވަށަށެވެ.

ބިންހެލުމުގައި ބޮޑެތި ގެއްލުން ލިބުނު މޮރޮކޮޝްގެ މީހުން އެމީހުންގެ ބޯހިޔަވަހިކަން ގެއްލިފައިވާތީ، މިހާރު ނިދަމުން ދަނީ އަވަށުގެ މަގުތައްމަތީގައެވެ.

ބިންހެލުމާއި ގުޅިގެން އެތައް ފަހަރަކު އާފްޓަރ ޝޮކްތައް ވެސް އައިސްފައިވެއެވެ.

ދިރިހުރި މީހަކު ފެނޭތޯ ރެސްކިޔު ޓީމްތަކުން ކުރާ މަސައްކަތުގެ ތެރެއިން ޢިމާރާތް ތަކިގެ ދަށުން ގިނައިން ފެންނަނީ މަރުވެފައިވާ މީހުންގެ ހަށިތަކެކެވެ.

"އެންމެން ގެއްލިއްޖެ، އަހަރެންގެ ހިތް ފަޅައިގެން ހިނގައްޖެ، އަހަންނަށް އަހަރެންގެ އިޙްސާސްތައް ކޮންޓްރޯލެއް ނުކުރެވޭ،" 62 އަހަރުގެ ޒަޙްރާ ބެންބްރިކް ބުނެފައިވެއެވެ.

ޒަޙްރާ ބުނީ އޭނާގެ އާއިލާގެ 18 މީހަކު މަރުވެއްޖެ ކަމަށާއި، އޭނާގެ އެއްބަނޑުއެއްބަފާ ފިރިހެނަކު އަދިވެސް އޮތީ ޢިމާރާތް ތަކުގެ ދަށުގައި ތާށިވެފައި ކަމަށެވެ.

"އަހަރެން އެދެނީ ރެސްކިޔު ވޯކަރުން އަވަހަށް އޭނާ އެތަނުން ނެރެ ދިނުމަށް، އަހަންނަށް ހަމަޖެހިގެން ރޯލެވޭނީ އޭރުން" ޒަޙްރާ ބުނެފައިވެއެވެ.

2000 އަށް ވުރެ ގިނަ މީހުން މަރުވެ 2000 އަށް ވުރެ ގިނަ މީހުންނަށް މި ބިންހެލުމުގައި އަނިޔާވެފައިވެއެވެ. ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން(އައިސީ) އިން ވަނީ މިހާރު ހުޅުވާލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.