ބިންހެލުމުގައި ގެއްލުންވި ސަރަހައްދެއް. ފޮޓޯ: ޢަރަބް ނިއުސް
ހަބަރު
11 Sep 2023 | 12:02
މޮރޮކޯ ބިންހެލުން: 18،000 އަށްވުރެ ގިނަ އާއިލާއަށް އަސަރުކުރި

ހުކުރު ދުވަހުގެ ރޭ މޮރޮކޯއަށް އައި 6.8 މެގްނެޓިޔުޓްގެ ބިންހެލުން ތަކުގެ ސަބަބުން 18،000 އާއިލާއަށް އަސަރުކޮށްފައިވާ ކަމަށް މޮރޮކޯގެ ޤައުމީ ޓީވީއިން ބުނެފިއެވެ.

މޮރޮކޯގެ ސެނެޓަރެއް ކަމަށްވާ ލައްސާން ހައްދާދް އަލްޖަޒީރާ އާއި ވާހަކަ ދައްކަވަމުން ބިންހެލުމުގެ ސަބަބުން ގެއްލުން ވެފައިވާ ފަރުބަދަމަތީ ސަރަހައްދުތަކުގައި ހުރި އަވަށްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި އުނދަގޫތަކެއް ހުރި ކަމަށެވެ.

"އަވަށްތަކާއި ގުޅުވައިދޭ މަގުތައް ނުހަދައި ހުރުމުން ބައެއް ފަހަރު މީހުން އުޅޭ ސަރަހައްދަށް އެހީ  ފޯރުމަށް އެބަޖެހޭ އާރމްޑ ފޯސް ގެންނަން، އެމީހުން ގެނެސްގެން ނޫނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ނުފެށޭ، އެއްވަގުތެއްގައި މިޖެހެނީ ހުރިހާ ކަމެއްވެސް ކުރަން، އާރމްޑ ފޯސްގެ އެހީ އާއި ނުލައި އެއްވެސް ކަމެއްވެސް ވާން ނެތީ" ލައްސާން ވިދާޅުވެފައިވެއެވެ.

މަގުތަކަށް އެޅިފައިހުރި ބޮޑެތި ހިލަތައް އެއްފަރާތް ކުރުމަށް ރެސްކިޔު ޓީމް ތަކުން ވަނީ ނުކުޅެދިފައެވެ.

މައްރަކެޝްގެ ދެކުނުން އޮންނަ އަވަށެއް ކަމަށްވާ ތަލާތް ނި ޔައުޤޫބް ގައި ވެއްޓިފައިވާ ޢިމާރާތް ތަކިގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކެތްމަދު ވެފައިވާ ޙާލު ދަނީ ކުރަމުންނެވެ.

އެއަވަށުގެ މުޙައްމަދު އެއިތް އިގްރަހަލް ބުނެފައިވަނީ މިހާތަނަށް އޭނާގެ އާއިލަގެ 9 މީހަކު މަރުވެފައިވާ ކަމަށާއި، ނުފެނިވާ އޭނާގެ ކާފަދަރި ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރެންގެ ހިތް ކުދިކުދި ވެއްޖެ، އަހަރެންގެ އަންހެންދަރިފުޅު މަރުވެއްޖެ، އޭނާގެ ކުދިންވެސް މަރުވެއްޖެ، ނުފެނިވަނީ އެންމެ ކުއްޖެއް، އުންމީދު ކުރަނީ އޭނާ ދިރިހުއްޓާ ފެންނާނެ ކަމަށް" މުޙައްމަދު އަލްޖަޒީރާ އަށް ބުނެފައިވެއެވެ.

ނަމަވެސް އެކުއްޖާ ވެސް ވެއްޓިފައިވާ ޢިމާރާތުގެ ދަށުން ނެގިފައިވަނީ މަރުވެފައިވަނިކޮށެވެ.

6.8 މެގްނެޓިޔުޓްގެ ބާރު މިނުގައި އައި މި ބިންހެލުމުގެ ސަބަބުން 2000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، 2000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މަރުވި މީހުންގެ ޢަދަދު މަތިވަމުން ދާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ