ބިންހެލުމުެގ ސަބަބުން ހާލުގައި ޖެހުނު މީހުން މަގުތައް މަތީގައި
ހަބަރު
11 Sep 2023 | 17:44
މޮރޮކޯ ބިންހެލުން: ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތައް ދަނީ ލިބެމުން

މޮރޮކޯއަށް ހުކުރުދުވަހުގެ ރޭ އައި 6.8 މެގްނެޓިޔުޓްގެ ބިންހެލުމުގެ ސަބަބުން އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ އެހީތައް ދަނީ ލިބެމުން ކަމަށް އަލްޖަޒީރާއިން ބުނެފައެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެމުންދާ މީހުންނަށް މީހުން ސަލާމަތް ކުރުމަށް އަންނަނީ އެތައް ދަތިތަކެއް ކުރިމަތިވަމުންނެވެ.

6.8 މެގްނެޓިޔުޓްގެ ބާރު މިނުގައި އައި މި ބިންހެލުން ތަކުގައި 2500 އެއްހާ މީހުން ޒަޙަމްވެ 2500 އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި ޒަޚަމްވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ޙާލު ގޯސް ކަމަށް އަލްޖަޒީރާގައި ވަނީ ބުނެފައެވެ.

މޮރޮކޯގެ ވެރިކަން ކުރާ ރަބަތުން ބުނެފައިވަނީ ބައެއް ޤައުމު ތަކުގެ އެހީ މިހާރު ބަލައިގަނެފައިވާ ކަމަށެވެ. އެގޮތުން ޤަޠަރް އަދި ސްޕެއިންގެ ފުރަތަމަ އެހީ އާއި ޔޫއޭއީ އަދި ޔޫކޭގެ ސާރޗް އެންޑް ރެސްކިޔު ވޯކަރުންގެ ޓީމު ތަކުގެ އެހީ ހިމެނެއެވެ.

ބައިނަލް އަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ ޔޫރަޕިއަން ޔޫނިއަން އިން ވަނީ 1.7 މިލިއަން ޑޮލަރުގެ އެހީގެ ގޮތުގައި މޮރޮކޯއަށް ދިނުމަށް ނިންމައިފައެވެ.

ބިންހެލުމުގެ ސަބަބުން ޢިމާރާތްތަކާއި ގެތައް ހަލާކުވުމުގެ ސަބަބުން ގިނަ ޢާއިލާތަކަކަށް މަގުމަތީގައި ވަގުތީ ޓެންޓުތަކެއް ޖަހައިގެން ބޯހިޔާވަހިކަން ހޯދަން މަޖުބޫރު ވެފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ