ބިންހެލުމުގައި ހަލާކުވެފައިވާ ސަރަހައްދު
ހަބަރު
12 Sep 2023 | 10:17
މޮރޮކޯ ބިންހެލުން: މަރުވި މީހުންގެ ޢަދަދު 2800 އިން މައްޗަށް

މޮރޮކޯއަށް އައި 6.8 މެގްނެޓިޔުޓް ބާރު މިނުމުގެ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 2800 އިން މައްޗަށް އަރައިފިއެވެ.

ހުކުރުދުވަހުގެ ރޭ މޮރޮކޯއަށް އައި ބިންހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުން ދިރި އޮއްވާ މީހަކު ފެނޭތޯ ސަރޗް އެންޑް ރެސްކިޔު ޓީމްތަކުން އަންނަނީ ވަރުބަލި ކަމެއް ނެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ސްޕެއިން، އިންގިރޭސި ވިލާތް އަދި ޤަޠަރުގެ ސަރޗް އެންޑް ރެސްކިޔު ޓީމްތަކުން ވަނީ މޮރޮކޯގެ ސަރޗް އެންޑް ރެސްކިޔު ޓީމާއި ގުޅިފައެވެ.

މޮރޮކޯގެ ޤައުމީ ޓީވީ އިން ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދި މިހާރު 2862 އަކަށް އަރައިފައިވާ ކަމަށާއި، އެކިވަރުގެ ޒަޚަމް ލިބިފައިވާ މީހުންގެ ޢަދަދު 2562 އަކަށް އަރައިފައިވެއެވެ. ރެސްކިޔު ވޯކަރުން ބުނެފައިވަނީ ބިންހެލުން އައި ސަރަހައްދަކީ ޢިމާރާތް ކުރުމަށް ކުރީގެ ގަދީމީ އެޅިގައު ބޭނުން ކޮށްފައިވާ ސަރަހައްދެއް ކަމުން މީހުން ދިރިތިއްބައި ސަލާމަތްކުރުމަށް އުނދަގޫ ކަމެއް ހުރި ކަމަށެވެ.

އިމިންތަލާ އަވަށުގައި މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުން އަންނަ ސްޕެއިންގެ ރެސްކިޔު ވޯކަރަކު ބުނެފައިވަނީ މުޅި އަވަށް ވަނީ އެއްކޮށް ހަލާކުވެފައި ކަމަށާއި، ހަމައަށް ކޮއްޅަށް ހުރި އެންމެ ގެއެއްވެސް ނުފެންނަ ކަމަށެވެ.

ލިބިފައި ހުރި ބޮޑެތި ގެއްލުން ތަކާއި އެކުވެސް އަދި މީހުން ފެނޭތޯ ކުރަ މަސައްކަތުގައި އުންމީދެއް އެބަ އޮތް ކަމަށެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ