ބިންހެލުމަށްފަހު ބޯހިޔާވަހިކަން ގެއްލުނި މީހުންގެ ޢަދަދު ވަރަށްގިނަ
ހަބަރު
12 Sep 2023 | 14:24
މޮރޮކޯ ބިންހެލުން: އައިއޭސީ އިން ފަންޑު ހޯދުމުގެ މަސައްކަތް ފުޅާ ކުރަނީ

ހުކުރުދުވަހުގެ ރޭ މޮރޮކޯއަށް އައި 6.8 މެގްނެޓިޔުޓްގެ ބިންހެލުމުގެ ސަބަބުން ޙާޅުގައި ޖެހި އެހީތެރިކަމަށް ބޭނުންންވެފައި ތިބި  ފަރާތްތަކަށް އެމަޖެންސީ އެހީއާއި އެހެނިހެން ތަކެތި ފޯރު ކޮށްދިނުމަށް ބޭނުންވާ ރިލީފް ފަންޑު ހޯދުމަށް ކުރާ މަސައްކަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އައިއޭސީ އިން ހާމަކޮށްފިއެވެ.

އައިއޭސީ އިން ބުނެފައިވަނީ މޮރޮކޯއަށް ދިމާވި ވަރުގަދަ ބިންހެލުމާއި ގުޅިގެން އަޅުގަނޑުމެން ހުޅުވާލައިފައިވާ އެމަރޖެންސީ ރިލީފް އިތުރަށް ފުޅާކޮށް, ދިވެހީންގެ ބައިވެރިވުން އިތުރު ކުރުމަށްޓަކާ ޖަމްއިޔާތަކާއި އައިއޭސީ އިން ދަނީ ބައްދަލު ކުރަމުންކަމަށެވެ.

އައިއޭސީ އިން ބުނީ މިހަރަކާތް ތަކުގައި އެކި ޖަމިއްޔާތަކާއި ކުލަބްތަކުން ދަނީ ބައިވެރިވަމުން ކަމަށެވެ. އަދި އެހަރަކާތާއި ގުޅޭ ޖަމިއްޔާތައް ސޯޝަލް މީޑީއާ މެދުވެރިކޮށް ހާމަކުރަމުން ދާނެ ކަމަށްވެސް އެޖަމިއްޔާއިން ބުނެފައިވެއެވެ.

 ހާމަކުރަމުން. "މި ހިތާމަވެރި ދަނޑިވަޅުގައި އެންމެން އެކަތިގަނޑަކަށްވެ، މޮރޮކޯގެ ރައްޔިތުންނަށް ވެވުނު ގޮތަކުން އެހީވުމަށް އަޅުގަނޑުމެން ގޮވާލަން" އައިއޭސީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން އައިއޭސީއިން ބުނެފައިވަނީ މިވަގުތައް އެންމެ ބޭނުންވާނެ އެހީ ފޯރުކޮށް ދިނުމައްޓަކައި އައިއޭސީގެ ޓީމުންދަނީ ނީޑްސް އެސެސްމަންޓްގެ މަސައްކަތް ކުރަމުންކަމަށެވެ.

މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމަށް ތިން ދުވަސް ވެފައިވާއިރު ސާރޗް އެންޑް ރެސްކިއުގެ ޓީމް ތަކުން ދަނީ ބިމާ ހަމަވެފައިވާ ގެތަކާއި ހިލަތަކުގެ ތެރެއިން ދިރިހުރި ފުރާނައެއް ފެނޭތޯ ވަރުބަލި ކަމެއް ނެތި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު މިހާރުވަނީ 2800 އިން މައްޗަށް ގޮސްފައެވެ. އަދި 2500 އަށްވުރެ ގިނަ މީހުންނަށް އެކިކަހަލަ ޒަޚަމްތައް ވަނީ ލިބިފައެވެ.

މީގެ އިތުރުން އެތައް ބަޔަކު ވަނީ ބޯހިޔާވަހިކަން ގެއްލި މަގުމަތިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ