ރެސްކިޔު ޓީމުތަކުން މީހުން ހޯދުމުގައި ހަރަކާތްތެރިވަނީ
ހަބަރު
12 Sep 2023 | 16:45
މޮރޮކޯ ބިންހެލުން: ދިރިތިއްބާ މީހުން ފެންނާނެ ކަމުގެ އުންމީދު ކުޑަވަނީ

ހުކުރުދުވަހުގެ ރޭ މޮރޮކޯއަށް އައި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 2800 އިން މައްޗަށް އަރައިފައިވާއިރު ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން ދިރިތިބި ބަޔަކު ފެނިދާނެ ކަމުގެ އުންމީދު މިހާރު ވަނީ ކުޑަވެފައެވެ.

ވަގުތާއި ދެކޮޅަށް ރެސްކިޔު ވޯކަރުންނާއި ކުއްލިފަރުވާ ދޭ މީހުން ކުރަމުންދާ ހިތްވަރުގަދަ ހަނގުރާމައިގައި އުންމީދު ކުޑަ ވާމިންވަރަށް ދިރި ތިއްބައި ފެންނަ މީހުންގެ ޢަދަދު ދަށްވެފައިވާ އިރު އެއްލައްއެއްހާ ކުޑަކުދިންނަށް މި ބިންހެލުމުގެ އަސަރު ވަނީ ކޮށްފައެވެ.

ޤަޠަރު، އެކުވެރި ޢަރަބި ޢިމާރާތް، ސްޕެއިން އަދި އިނގިރޭސި ވިލާތުގެ ސަރޗް އެންޑް ރެސްކިޔު ޓީމުތަކުން ދަނީ މޮރޮކޯގެ ސިފައިންނާއި އެކު މީހުން ސަލާމަތް ކުރުމާއި މީހުން ހޯދުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ.

ހިތާމަޔާއި މޮޅިވެރިކަމުގެ މިވަގުތުގައި މަރްކަޝްގެ މީހުންނަށް ބޭނުންވާ ވަރަށް އެހީތެރިކަން މޮރޮކޯގެ ސަރުކާރަށް ފޯރުކޮށްދެވިފައިނުވާތީ މަރްކަޝްގެ މީހުން ތިބީ ރުޅިގަދަވެފައެވެ.

"ނިކަމެތިން ނާއި ކުޑަކުދިން އަމިއްލަ އަށް އެދަނީ ފޭލިގެ ޖަހަމުން، ސަރުކާރުގެ އޮތޯރިޓީ ތަކަކުންނޫން ސަރުކާރުގެ އޮފިޝަލުންނެއް ނޫން، ބިންހެލުމުން ސަލާމަތްވެ ހާލުގައި ޖެހިފައި ތިބި އާއިލާތައް އެއްވެގެން، އެއްބަޔަކު ދަނީ އަނެއް ބަޔަކަށް އެހީވަމުން" މަރްކަޝްގައި ހުރި މީހަކު އަލްޖަޒީރާއަށް ބުނެފައިވެއެވެ.

"އަވަށުގެ ބައެއް މީހުންނަށް އެހީ ލިބިފައިވަނީ، އެކަމަކު އެބައުޅޭ އެހީނުލިބޭ އެތައް ބައެއް، އަހަރެމެންނަށް އެބަ ފެނޭ ހެލިކޮޕްޓަރުތައް ފަރުބަދަމަތީ އަވަށްތަކުގެ މަތިން ދަތުރުކުރާތަން، ހީވަނީ އެހީ ބޭނުންވާ ވަރު އަންދާޒާ ކުރަނީހެން" އޭނާ އިތުރަށް ބުނެފައިވެއެވެ.

ބިންހެލުމުގެ ސަބަބުން މަރުވާ މީހުންގެ ޢަދަދު އަދިވެސް ދާނީ މައްޗަށް ކަމަށް ކަމާއިބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ