ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އެމްޑީޕި
ހަބަރު
13 Sep 2023 | 09:47
ނަތީޖާ އަނބުރާލައި ބޮޑު ތަފާތަކުން މި އިންތިހާބު ކާމިޔާބު ކުރެވޭނެ: ރައީސް ޞާލިހު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަނބުރާލައި، ދެވަނަ ބުރުގައި ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތެރިންނާއެކު ރޭ ބޭއްވި ހަރުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, މަސައްކަތް ތަކެއް ކޮށް ކާމިޔާބީ ނުވުމުން މާޔޫސްވުމަކީ ވާނެ ކަމަށާ، އެހެން ނަމަވެސް، އެ މާޔޫސްކަން ފަހަތަށް ޖައްސަވާލައްވައި އެމަނިކުފާނު ނުކުންނަވައި ހުންނެވީ އަނެއްކާވެސް ރާއްޖެ ތަރައްގީ ކުރެއްވުމަށް އެކުލަވައި ލެއްވި މެނިފެސްޓޯ ތަންފީޒު ކުރެއްވުމަށް ކަމަށެވެ. 

އަދި އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަނަކީ ނާކާމިޔާބީގައި ވެސް، ހިތްވަރު އެލުވާނުލައި ނުކުމެ މަސައްކަތް ކުރައްވައި ކާމިޔާބީ ހޯއްދަވާފައިވާ ބައެއް ކަމަށާ، މިހާރު ނުކުންނަވައި ހުންނެވީ މި އިންތިޚާބު ވެސް ބޮޑުތަނުން ކާމިޔާބު ކުރެއްވުމަށް ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. އަދި އެ ޓީމުން އެކުގައި މަސައްކަތް ކޮށްފިނަމަ އެކަން ވާނެ ކަމަށްވެސް ވިދާޅުވި އެވެ. 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމާއެކު ގިނަ ދިރާސާތަކެއް ޖައްސަވާފައިވާ ކަމަށާ، ފުރަތަަމަ ބުރުގައި ދިމާވި މައްސަލަތައް ދެނެގަނެވިފައިވާ ކަމަށެވެ. 

ރައީސް ޞާލިހް ވިދާޅުވީ ދެވަނަ ބުރުގައިވެސް ނަތީޖާ ބަދަލުކުރުމަށް ބޭނުންވަނީ 50 އިންސައްތަ އާއެކު 1 ވޯޓްކަމުން ކޮންމެ ބޭފުޅެއް ވޯޓަކީވެސް މުހިއްމު ވޯޓެއްކަަމަށެވެ. ފުރަތަމަ ބުރުގެ ނަތީޖާއަށް ބަލާއިރު، އެންމެ މަދުން ވޯޓްލާފައިވަނީ މި އިންތިޚާބުގެ ފުރަތަމަ ބުރުގަކަން ފާހަގަކުރެއްވިއެވެ. 80 ޕަސެންޓް މީހުން ވެސް ވޯޓުލާފައި ނުވާ ކަމަށާއި މިއީ މީގެކުރިން ރިޔާސީ އިންތިޚާބުތަކުގައި ވެފައި ހުރި ގޮތެއް ނޫން ކަމަށްވާއިރު މަސައްކަތް ކުރެވިއްޖެ ނަމަ ވޯޓުލާން މިއަށް ވުރެ ގިނަ މީހުން ނެރެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ ޓީމުން ބެލި ހިސާބު ތަކުން، ވޯޓު ނުލާ މީހުންގެ ތެރޭގައި އެމްޑީޕީއަށް ތާއީދުކުރާ އެތައް ބަޔަކުވެސް ތިބި ކަމަށާއި އެ ސަބަބުތައް ދެނެގަންނަޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ސަބަބުތައް ދެނެގަނަންވީ އަޅުގަނޑުމެން. އެބޭފުޅުންނަށް ވޯޓުލާން ނުނިކުމެވުނީ ކީއްވެގެންތޯ. ދަތުރު ނުރޭވުނީތޯ އަޅުގަނޑުމެންނަށް ނޫނީއްޔާ ގަޑިއަށް އައުމަށް ފަރުވާކުޑަކުރެވުނީތޯ، މިގޮތަށް ބަލައިގެން ކުރިއަށް ވަޑައިގަންނަވަންވީ. އަޅުގަނޑަށް ޔަގީން ބާކީ މިއޮތް 17 ދުވަހުގެ ތެރޭގައި މީތި މުޅިން އަނބުރާލާފައި އިރާދަކުރެވިއްޔާ އަޅުގަނޑުމެންނަށް ބޮޑު ތަފާތަކުން މި އިންތިހާބު ކާމިޔާބު ކުރެވޭނެ،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ، އެމްޑީޕީ އަކީ ރޭވުންތެރިކަމާއެކު ކެމްޕޭން ކުރާ ޕާޓީއެއް ކަމަށާއި، މިހާރުވެސް މަސައްކަތް ކުރައްވަމުންދަނީ އެގޮތަށް ކަމަށެވެ. އަދި ފުރަތަމަ ބުރުގައި އަތުން ކައްސާލައިގެންދިޔަ ކަންކަން ބަދަލުކުރެވިއްޖެ ނަމަ ނަތީޖާ އަނބުރާލުމަކީ ދަތި ކަމަކަށް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ކެމްޕޭނުގެ ކަންކަން ފަސޭހަކުރުމަށްޓަކާ ބައެއް ކަންކަމަށް ބަދަލުތައް ގެނެސްފައިވާ ކަމަށާއި މަސައްކަތްތައް މިހާރު ބާރަށް ކުރިއަށް ގެންދަން ރައީސް އެދިވަޑައިގެންނެވި އެވެ.

“ޓީމުތައް އެކުލަވާލާ އަޅުގަނޑަށް ފެންނަނީ ހަމަ މިރެއިން މިރެއަށް އަނެއްކާވެސް ބާރަށް މަސައްކަތް ފަށައިގަންނަން. ހަމަ ބާރަށް ކުރިއަށް ގެންދަންވީ،” ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ