ބިންހެލުން އައި ސަރަހައްދުގައި އައިއޭސީގެ ވޮލެންޓިއަރަކު ހަރަކާތްތެރިވަނީ. ފޮޓޯ:އައިއޭސީ
ހަބަރު
13 Sep 2023 | 11:29
މޮރޮކޯ ބިންހެލުން: ސަލާމަތްވި މީހުން އާއިލާ މެމްބަރުން ހޯދުމަށް ކަށިންހިތްވަރު ނެރެ ކުނިތައް ކޮންނަނީ

މޮރޮކޯއަށް މިދިޔަ ހުކުރުދުވަހުގެރޭ އައި 6.8 މެގްނެޓިޔުޓްގެ ބިންހެލުމުގައި ސަލާމަތްވި މީހުން އެމީހުންގެ ޢާއިލާ މެމްބަރުންގެ ތެރެއިން ނުފެނިވާ މީހުން ހޯދުމަށް ވެއްޓިފައިވާ ޢިމާރާތްތަކުގެ ކުނިތައް ކޮންނަމުންއެބަދެއެވެ.

ހާދިސާއަށް ފަސްދުވަސް ވެފައިވާއިރު އަދިވެސް ޢާއިލާގެ މެމްބަރުން ދިރިތިއްބައި ފެނިދާނެ ކަމަށް އެމީހުން އުންމީދު ކުރެއެވެ. މޮރޮކޯގެ މަރްކަޝް އަށް ނިސްބަތްވާ ޢަބްދުލް އާބިދްގެ 9 އަހަރުގެ އަންހެން ދަރިފުޅު އަދިވެސް ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން ނެގިފައެއް ނުވެއެވެ.

އާބިދްގެ ޢާއިލާއިން ބުނެފައިވަނީ އޭނާ އަދިވެސް އުންމީދު ކުރަނީ ނުވަ އަހަރުގެ ޝައިމާ ދިރި އޮއްވައި ފެނިދާނެ ކަމަށް ކަމަށާއި ކޮންކްރީޓް ތައް ކޮނުމުގައި އޭނާ ދައްކަމުންދަނީ އާދަޔާ ޚިލާފް ބާރެއް ކަމަށެވެ. އާބިދް އޭނާގެ އަންހެންދަރިފުޅު ހޯދުމަށް މަސައްކަތް ކުރަމުން ދާއިރު ސަރޗް އެންޑް ރެސްކިޔު ޓީމަކުން އިއްޔެ ވަނީ އޭނާގެ އަނބިމީހާގެ މަރުވެފައިވާ ހަށިގަނޑު ގައު ފުނިތަކުގެ ދަށުން ނަގައިފައެވެ.

ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުގައި ޢާއިލާގެ އެކަކު ނުބަތަ ދެމީހަކު ނުގެއްލޭ ހަމައެކަކުވެސް ނެތެވެ. 22 އަހަރުގެ އަބްދުލް ޢަލީ ބުނެފައިވަނީ އޭނާގެ ގެ އެއްކޮށް ވަނީ ހަލާކުވެފައި ކަމަށާއި އޭނާގެ ކާފަ އާއި ބޮޑުދައިތަ ވެސް މަރުވެފައި ވާ ކަމަށެވެ. މުޞީބާތާއި ކުރިމަތިވެފައި ވީނަމަވެސް 22 އަހަރުގެ މިޒުވާނާ ދަނީ އޭނާ ގެންގުޅޭ  ހިމާރުގެ މަތީގައި އެމެޖެންސީ ހާލަތުގައި ބޭނުންވާ ސާމާނު އުފުލައި ދެމުންނެވެ.

ބިންހެލުމުގެ ސަބަބުން މިހާތަނަށް 2862 މީހަކު މަރުވެފައިވާ ކަމަށް އައިއޭސީ އިން ވަނީ ބުނެފައެވެ. އަދި 2562 މީހަކު ޒަޚަމް ވެފައިވާއިރު 3 ލައްކަ މީހުންނަށް ބިންހެލުމުގެ އަސަރު ކޮށްފައިވެއެވެ. އޭގެ ތެރެއިން އެއްލައްކަ އަކީ ކުޑަކުދިންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ