ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒު--
ހަބަރު
14 Sep 2023 | 09:37
"އިންތިހާބުގައި ސަރުކާރަށް ތާއީދު ހޯދުމަށް ސިފައިން ބޭނުންކުރި ކުރުމަކީ ގާނޫނާ ޚިލާފު ޢަމަލެއް"

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ސަރުކާރަށް ތާއީދު ހޯދުމަށް ސީދާކޮށް އަދި ނުސީދާކޮށް ސިފައިން ބޭނުންކޮށްފައިވާ ކަމަށާ އެހެން އެކަން ކޮށްފައިވަނީ ގާނޫނު އަސާސީ އާއި ޚިލާފަށް ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ސިޔާޒު ވިދާޅުވެއްޖެއެވެ. 

ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ތިބި މައްސަލާގައި، އިންޑިއާ ސިފައިން ރާއްޖޭގައި ބެއިތިއްބުމަށް ވެފައިވާ އަޑިނޭނގޭ އެއްބަސްވުން ތަކުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އިދިކޮޅުުން ވިދާޅުވަމުން އަންނައިރު، އެފަދަ ވާހަކަ ތަކުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ލިބޭ ވޯޓު މަދުވާ ކަމަށް ޚުދު އެމަނިކުފާނު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. 

އެފަދައިން ވިދާޅުވެފައި ވަނިކޮށް، އިދިކޮޅުގެ ވާހަކަތަކަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުالله ޝަމާލް ވަނީ ގައުމީ ޓީވީ، ޓީވީއެމް އަށް އަރައި ރައްދު ދެއްވާފައެވެ. 

އެކަމާއި ގުޅިގެން ސިޔާސީ ހަރަކާތްތަކުގައި ސިފައިން ބައިވެރިވާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުންތައް ސިފައިންނަށް އަމާޒުވަމުންދާ އިރު، މި މައްސަލައިގައި ސިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ސަރުކާރަށް ތާއީދު ހޯދުމަށް ސީދާކޮށް އަދި ނުސީދާކޮށް ސިފައިން ބޭނުންކުރި ކުރުމަކީ ޤާނޫނު އަސާސީގެ 246 ވަނަ މާއްދާގެ (ށ) އާ ޚިލާފް ޢަމަލެއް ކަމަށެވެ.

"ސިޔާސީ ހަރާކާތުގައި ބައިވެރިވި ސިފައިން މިހާރު އެވަނީ ޤާނޫނު އަސާސީއާ ޚިލާފް ވެފައެވެ." ސިޔާޒް ވިދާޅުވި އެވެ. 

ކޮމެންޓް
ދިވެހި ޒުވާނުން
ދޮގު ފިކުރީ ހަނގުރާމައިން ރާއްޖެ ސަލާމަތް ކުރަން ޖެހޭނެ އެހެންވެ ސިފައިން އެނުތީ ދިގުވެރިންނާ ދެކޮޅަށް ހަގީގީ ފިކުރު ހާމަކޮށް ގައުމު އޮޔާ ދިޔަނުދިނުމަށް
14 Sep 2023
dhivehi ޒުވާން
މީގެ ކުރިންވެސް ކިޔާ އިންޑިޔާ އައުޓު އިންތިހާބާ ދިމާކޮށް ރައްދު ދިނީމަ މައްސަލަޔަކީ
14 Sep 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.