ބިންހެލުމުގައި ހަލާކުވެފައިވާ ސަރަހައްދުގައި އައިއޭސީގެ ވޮލެންޓިއަރުން. ފޮޓޯ:އައިއޭސީ
ހަބަރު
14 Sep 2023 | 10:48
މޮރޮކޯ ބިންހެލުން: ސަލާމަތްވި މީހުން ދިރިއުޅުން އަލުން ފަށާނެ ގޮތެއް ނޭނގިފައި

8 ސެޕްޓެމްބަރ ވީ ހުކުރުދުވަހުގެ ރޭ މޮރޮކޯއަށް އައި 6.8 މެގްނެޓިޔުޓްގެ ބިންހެލުމުގައި ސަލާމަތްވެ އެތައް ބަޔަކު ވަނީ ޙާލުގައި ޖެހިފައެވެ.

ބިންހެލުން އައި ސަރަހައްދުގައި އޮންނަ  އިޖޫކަކް ކިޔާ އަވަށެއްގެ  އާބާދީގެ ދެބައިކުޅަ އެއްބައި ވަނީ ބިނެހެލުމުގެ ސަބަބުން މަރުވެފައި ވާކަމަށް ލަފާކުރެވޭ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ބިންހެލުން އައިސްފައިވަނީ ފަރުބަދަ މަތީގެ ސަރަހައްދަކަށް ކަމުން މަރުބަދަ ތަކުގެ އެންމެ އުސް ހިސާބުގައި އޮންނަ އިޖޫކަކް އަށް އެހީގެ ސާމާނާއި މީހުން ސަލާމަތްކުރާ ރެސްކިޔު ވޯކަރުންނަށް އިޖޫކަކް އަށް ދެވިފައިވަނީ ބިންހެލުން އައިތާ ތިން ދުވަސް ފަހުންނެވެ. ނަމަވެސް އަދިވެސް ހާލުގައި ޖެހިފައި ތިބި މީހުންނާއި ހަމައަށް ފޯރައިފައެއް ނުވެއެވެ.  

ކުޑަ އާބާދީ އެއް އޮންނަ އިޖޫކަކްގައި ދިރިއުޅެނީ ގާތްގަނޑަކަށް 100 އެއްހާ މީހުންނެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވަނީ މަރުވެފައި ކަމަށް ލަފާ ކުރެވޭއިރު އަނެއް ބަޔަކު އަދިވެސް ތިބީ ރެސްކިޔު ވޯކަރުންގެ އިންތިޒާރުގައެވެ.

ރެސްކިޔު ވޯކަރުންގެ އިންތިޒާރުގައި އަތް އުރާލައިގެން ތިބުމުގެ ބަދަލުގައި އަވަށުގެ މީހުން ވަނީ ގެއްލިފައިވާ ޢާއިލާގެ މީހުންނާއި ރައްޓެހިން ހޯދުމަށް ވެރިފައިވާ ޢިމާރާތްތައް އަމިއްލައަށް ކޮންނަން ފަށައިފައެވެ.

އިޖޫކަކްގެ ހެންޔާ ބިލާއޫ އަކީ ބޮޑު ޢާއިލާއަކަށް ނިސްބަތްވާ މީހެކެވެ. މިބިންހެލުމުގައި އޭނާ އާއި އެކު އޭނާގެ ޢާއިލާގެ ނުވަ މެމްބަރަކު ވަނީ މަރުވެފައެވެ.

ހެންޔާ ގެ ކުދިން ކަމަށްވާ ފަސް އަހަރުގެ ޔޫސުފް އާއި  ދެ އަހަރުގެ ޖިހާން އެކުދިންގެ ބޮޑު ދައިތަގެ ބެލުމުގެ ދަށުގައި ތިބި އިރު، ބޮޑުދައިތަ ސައިދާ ބެން ނަސީރް ބުނެފައިވަނީ ފާރު ވެއްޓުނީ ހެންޔާގެ ގައިމައްޗަށް ކަމަށެވެ. އޭނާ ފެންކަޅިވެ ހުރެ ބުނެފައިވަނީ ކުދިން އެކަނި ވެއްޖެ ކަމަށާއި ފަސްއަހަރުގެ ޔޫސުފް އަށް އެކަން ބުނެދޭނެ ގޮތެއް ނޭނގޭ ކަމަށެވެ.

ބިން ހެލުމުގައި މަރުވި މީހުންގެ ޢަދަދު 3000 ގާތް ކޮށްފައިވާއިރު އަދިވެސް އެއްވެސް ވަރަކަށް އެހީ ނުލިބޭ މީހުން އުޅޭ ކަމަށްވެސް މީޑީއާތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ