ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ޕީޕީއެމް
ހަބަރު
14 Sep 2023 | 10:48
މި ސަރުކާރު އޮތީ ނޭވާ ހޮޅިއަށް އެޅި ފަހުނޭވާ ލުމުގެ މަގުމަތީގައި: އަބްދުއްރަހީމް

މި ސަރުކާރު މިހާރު އޮތީ ނޭލާ ހޮޅިއަށް އެޅި ފަހު ނޭވާލުމުގެ މަގުމަތީގައި ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އއ ބޮޑުފޮޅުދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ 9 ސެޕްޓެމްބަރުގެ ވޯޓުން ދިވެހީން މި ސަރުކާރަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އެ ވޯޓުގައި ގިނަ ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނީ 21 ވަނަ ގަރުނުގައި ދިވެހި ޒުވާނުންގެ ވެރިއަކަށް ތައުލީމީ ފެންވަރު ދަށް ބޭފުޅަކު ހުންނަން ބޭނުން ނުވާތީކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އޭގެ އިތުރުން ދިވެހީންގެ މައްޗަށް އިންޑިއާގެ ސަފީރެއް ބަސް ކިޔާ، ދިވެހިރާއްޖޭގެ ކަންކަން ނިންމަން ވީ ގޮތްތައް ސަފީރު ބުނެދޭ ހިސާބަށް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދުއްވާލަން ރައްޔިތުން ބޭނުން ނުވާކަން ސެޕްޓެމްބަރު 9 ގެ ވޯޓުގެ ނަތީޖާއިން ވަރަށް ސާފުކޮށް ސަރުކާރަށް ބުނެދީ، މި ސަރުކާރު ނިންމާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"މި ސަރުކާރު މިހާރު މިއޮތީ ނިމިފައި. ދެން މި ސަރުކާރަށް ނޭވާލެވޭނެ ގޮތެއް ނެތް. ނޭވާ ހޮޅިއަށް އެޅި ފަހުނޭވާލުމުގެ މަގުމަތީގައި މިހާރު އެއޮތީ. ދެން އޮތީ ހިންދަމާލާފަ ފަހުނޭވާ ދޫކޮށްލުން. އެކަން އިރާދަކުރެއްވިއްޔާ މި މަހުގެ 30 ވަނަ ދުވަހު ވާނެ"

އަބްދުއްރަހީމް އަބްދުالله 

އެކަން ކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ ބޮޑުފޮޅުދޫގެ ރައްޔިތުންގެ މެޖޯރިޓީ މި ފަހަރު ޑރ މުއިއްޒަށް ހޯއްދަވާދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ނިމިފައިވާ ސަރުކާރެއްގެ ފަހަތަށް އެރުމުގެ ބަދަލުގައި ދިވެހީންގެ ނިންމުމާއި އެއްގިތަށް ބޮޑުފޮޅުދޫގެ ސިޔާސީ ޗާޓުވެސް މިފަހަރު ބަދަލުކޮށްލުމަށް އެދިވަޑައިގެންފަ އެވެ. އަދި ރައްޔިތުން އެކަމާއި ފުންކޮށް ވިސްނާވަޑައިގަތުމަށް ވެސް އަބްދުއްރަހީމް ގޮވާލައްވާފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.