ޑރ މުހައްމަދު މުއިއްޒު
ހަބަރު
14 Sep 2023 | 14:58
ވަކި ރަށަކަށްވީތީ ތަފާތުކުރުންތައް ނުގެންގުޅޭނަށް: ޑރ މުއިއްޒު

ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ވަކި ރަށަކަށްވީތީ ތަފާތު ކުރުމުގެ އުސޫލެއް ނުގެންގުޅޭނެ ކަމަށާއި ހުރިހާ ރަށަކަށްވެސް އެ ރަށެއްގެ އާބާދީއާއި، އެރަށެއްގެ ޖާގައިގެ އިތުރުން ތަރައްގީއާއި ގުޅުންހުރި ކަންކަމަށް ވިސްނައިގެން ހުރިހާ ރަށްތަކަށްވެސް ކަންކަން ކޮށްދެއްވާނެ ކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ދެވަނަބުރުގެ ކެމްޕެއިންގައި އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އއ ފެރިދުއަށް މިއަދު ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ، ފެރިދުއަށް ބޭނުންވާ ގިނަ ކަންކަމުގައި އެ ރަށުގެ ރައްޔިތުންގެ އުއްމީދުތަކެއް އެބަ ހުރިކަމަށާއި އެކަންކަން ހާސިލްކޮށްދީ އެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަށް ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި މަސައްކަތް ކުރާނެ ކަމަށެވެ. 

މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ، ފެރިދޫގެ ރައްޔިތުން އެދޭފަދަ އިން އެ ރަށުގައި ޒަމާނީ އިންޑޯރ ކުޅިވަރުތައް ކުޅެވޭނެ ޔޫތް ސެންޓަރެއް ޖިމެއް ހިމެނޭހެން ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި ފެރިދޫގެ ތައުލީމީ ނިޒާމު ވަރުގަދަކުރުމަށްތަކައި އެ ރަށުގެ ގިނަ ރައްޔިތެއްގެ އެދުމެއް ކަމަށްވާ މަތި ސާނަވީއަށް ކިޔެވޭ އިންތިޒާމުތައް އެރަށުގައި ގާއިމްކޮށްދެވިގެން ދާނެ ކަމުގައި ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ހަމަ އެޔާއެކު ފެރިދޫ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މައްޗަށް އަލި އަޅުވާލައި ޑރ މުއިއްޒު ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ތަސައްވުރަކީ އެ މަސައްކަތްތައް ކައުންސިލްމެދުވެރިޖޮށް ފަތުރުވެރިކަމުގެ ގްރީން ޓެކްސް އިން ލިބޭ ފައިސާއިން ކުރުން ކަމުގައިކަމަށެވެ. 

އަޅުގަނޑުމެން ވިސްނާފައި މިއޮތީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެކަން ކުރާ ގޮތަށް، އެއީ ޓުއަރިޒަމް އިން މި ނެގޭ ގްރީން ޓެކްސް ފައިސާ ކައުންސިލްތަކަށް ލިބޭ ގޮތަށް ނިޒާމު މިއޮތީ، އެހެންވީމަ އެ ފައިސާއިން ރަށްރަށުގެ ރަށްގިރުމުގެ މައްސަލަތަކާއި ކުނި މެނޭޖުކުރުމުގެ މައްސަލަތައް ހައްލުކުރުމަށް އަޅުގަނޑުމެން ވިސްނާފައި މިއޮތީ

ޑރ މުހައްމަދު މުއިއްޒު 

އެހެންކަމުން ފެރިދޫގެވެސް ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

އަރިއަތޮޅަަށް މިއަދު ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ 9 ރަށަކަށް ޑރ މުއިއްޒު އާއި ކެމްޕެއިން ޓީމުން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
12 Oct 2026
70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމަށް ފުރުސަތު ދެނީ
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
12 Oct 2026
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު ފަށައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
12 Oct 2026
އަނބިކަނބަލުން ޖަލުގައި؛ ރާޖަޕަކްސާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބި ކަނބަލުން ޖަލުގައި ހުއްޓާ ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓްކޮށްފިއެވެ.
12 Oct 2026
ބަންގްލަދޭޝް މީހުންނަށް ފައިސާ ފޮނުވަން ފަސޭހަ ކުރުމަށް ތިން ހުށަހެޅުމެއް
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް ރައްޔިތުންނަށް ފައިސާ ފޮނުވުން ފަސޭހަކުރުމަށް ބަންގްލަދޭޝް ބޭންކުން ތިން ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުންތަކުގެ ތެރޭގައި ދިވެހި ރުފިޔާ ބޭނުންކުރުމާއި، ދަތުރުފަތުރާ ގުޅޭ މުއާމަލާތްތަކާއި، ދެގައުމުގެ މެދުގައި ކަރަންސީ ސްވޮޕް އެގްރީމަންޓެއް ހެދުން ހިމެނެއެވެ.