ހުސައިން އަމްރު-- ފޮޓޯ/ވޮއިސް
ހަބަރު
15 Sep 2023 | 12:35
މިއީ ނިޒާމާގުޅޭ ގޮތުން ބަސް ބުނަން ރައްޔިތުންނަށް ލިބޭނެ ހިނދުކޮޅު: އަމްރު

މި ވަގުތު ކޮޅަކީ ދިވެހިރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމާގުޅޭ ގޮތުން ބަސް ބުނަން ރައްޔިތުންނަށް ލިބޭނެ ވަގުތު ކޮޅެއް ކަމަށް، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސް ގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބު ގެ ރަނިންމޭޓް ހުސައިން އަމްރު ރަޝާދު ވިދާޅުވެއްޖެއެވެ. 

ޢަމްރު މިއަދު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބެއްގެ 2 ބުރު ދޭތެރެއިން ލިބޭ ވަގުތު ކޮޅު ނޫނީ ނިޒާމާ ބެހޭގޮތުން ރައްޔިތުންނަށް ބަހެއް ބުނުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. 

"(އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަބުރުގެ ދެމެދުގެ ވަގުތު) މިއީ ބަސް ބުނެވޭނެ ހިނދުކޮޅު." އަމްރު ވިދާޅުވި އެވެ. 

މީގެ އިތުރުން އަމްރު ކުރެއްވި އެހެން ޓުވީޓެއްގައި ވަނީ، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެން ކަން މިދިޔަ 3 ދައުރުން ސާފުވާ ކަމަށެވެ. އަދި ރައްޔިތުންނާ ހަމަޔަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިޚާބެއްގެ ފުރަތަމަ ބުރާ 2 ވަނަ ބުރާ ދޭތެރޭ ކަމަށެވެ. 

"ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކާ ކުރެވޭނީ އެކަން އޮގޮތަށް ކުރެވޭނެ ނިޒާމެއް އޮވެގެން. އެގޮތަކީ ރައްޔިތުންނާ ގާތުން ހިންގޭ ވެރިކަމެއް. އެ ނިޒާމަކީ މަޖިލިހުގެ ތެރެއިން ހިންގޭ ސަރުކާރެއް." އަމްރު ވިދާޅުވި އެވެ. 

‏މިއާއެކު އަމްރު ވަނީ، މި މަހު 25ގައި ރައްޔިތުންނަށް ނިޒާމާ ގުޅޭ ގޮތުން ބަސްބުނަން ފުރުސަތު ދީ އެދުވަހު، އެކަމާއި ގުޅޭ ވޯޓެއް ނެގުމަށް ގޮވާލާފައެވެ. އަދި އޭގެ ފަހުން 30 ވަނަ ދުވަހު 2 ވަނަ ބުރުގެ ވޯޓު ލުމަށް އޭނާ ވަނީ އެދިފައެވެ. 

"ނިޒާމަށް ބަދަލު ގެންނަން ފެނިއްޖެ ނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސް އަކީ ބަރުލަމާނީ ނިޒާމެއްގެ ރައީސުލް ޖުމްހޫރިއްޔާ." އަމްރު ވިދާޅުވި އެވެ. 

އަމްރުގެ އިތުރުން އިލްޔާސްވެސް ވަނީ އެފުރުސަތު ރައްޔިތުންނަށް ދިނުމަށް އެދިލައްވާފައެވެ. އަދި އެފަދަ ވޯޓެއް ނެގުމަށް، އިލްޔާސް ގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ. އެ ގަރާރުގެ ފުރަތަމަ ކިޔުން ފާއިތުވި ބުދަ ދުވަހު ވަނީ އިއްވާފައެވެ. 

ކޮމެންޓް
އަހްމަދް ރަސީދު
ނިޒާމު ބަދަލު ކުރަން ލަބީބާއި ނަސީދު ގޮވައިގެން ސުވައި ދީބަށް ދުރުވޭ
15 Sep 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.