އެހީގެ ގޮތުގައި ބަހަން ތައްޔާރުކޮށްފައިވާ ތަކެތި. ފޮޓޯ: އައިއޭސީ
ހަބަރު
16 Sep 2023 | 11:25
އައިއޭސީ އިން މޮރޮކޯގައި އެހީ ބަހަންފަށައިފި

މޮރޮކޯއަށް 9 ސެޕްޓެމްބަރު ގައި އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ޙާލުގައި ޖެހުނު މޮރޮކޯގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ސާމާނު އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ބަހަން ފަށައިފިއެވެ.

އައިއެސީ އިން ބުނެފައިވަނީ  "ރެޑީ ޓު އީޓް" ޕެކްތަކެއް ބުރާސްފަތި ދުވަހު ބެހުފައިވާ ކަމަށާއި، ފުރަތަމަ ޓާގެޓަކީ 48 ގަޑިއިރުތެރޭ 1000 އާއިލާއަކަށް "ރެޑީ ޓު އީޓް" ޕެކްތައް ފޯރުކޮށްދިނުން ކަމަށް ބުރާސްފަތި ދުވަހުގެރޭ އައިއޭސީއިން ބުނެފައިވެއެވެ.

އައިއޭސީ އިން ބަހަން ތައްޔަރުކޮށްފައިވާ އެހީގެ ސާމާނު. ފޮޓޯ: އައިއޭސީ

މީގެ އިތުރުން އައިއޭސީ އިން ބުނެފައިވަނީ އެހީގެ ތަކެތީގެ ގޮތުގައު ބެހުމަށް ހަމަޖެހިފައިވަނީ ބްލެންކެޓްސް، ކާބޯތަކެތީގެ ޕެކޭޖް، ރެޑީ ޓު އީޓް ޕެކްސް، ހައިޖީން ކިޓްސް އަދި ގޮނދަޑި އެވެ.

އަދި އެތަކެތި ފޯރުކޮށްދޭނީ އެހީގެ ގާފިލާގެ އެއްގެ ގޮތުގައި ކަމަށެވެ.

މޮރޮކޯއަށް ދިމާވި ބިންހެލުމާއި ގުޅިގެން އަޅުގަނޑުމެން އިއުލާން ކުރި އެމަރޖެންސީ ރިލީފް ފަންޑަށް މިވަނީ މިވަގުތާ ހަމަޔަށް 727,826.62 ރުފިޔާ ލިބިފައި ވާކަމަށް އައިއޭސީ އިން ބުނެފައިވެއެވެ. 

އައިއޭސީ އިން ބުނެފައިވަނީ  މޮރޮކޯގެ ހާލަތު މިހެން އޮއްވާ ލީބިޔާއަށް މިވަނީ ފެންބޮޑުވުމުގެ ސަބަބުން އެތައް ގެއްލުންތަކެއްވެސް 6000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބައެއް ވީނުވީއެއް ނޭނގި ގެއްލިފައި ކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް މިގޮތަށް އެތަކެއް ކާރިސާތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި އަޅުގަނޑުމެންނަށް ފަސޭހަކަމާއިއެކު އެ ތަންތަނަށް އެހީ ފޯރުކޮށްދެވޭނެ މަގަކީ ކޮބާތޯ ބެލުމަށް ފަހު " ކްރައިސިސް އެމަރޖެންސީ ރިލީފް " ގެ ނަމުގައި ޕްރޮޖެކްޓެއް ފަށަން ނިންމާފައި ކަމަށް އައިއޭސީ އިން ބުނެއެވެ.

އަދި މިވަގުތުން ފެށިގެން މި ފަންޑުން ލިބޭ ފައިސާ ބޭނުން ކުރެވިގެން ދާނީ މޮރޮކޯ އަދި ލީބިޔާއަށް. އެ ގައުމަކަށް އެހީ އެންމެ ބޭނުންވާ މިންވަރު ދެނެގަނެ އެތަނަކަށް އެންމެ އެކަށޭނަ އެހީ ފޯރުކޮށްދިނުމުގައި މި ފަންޑަށް ލިބޭ ފައިސާ ދާނީ ބޭނުން ކުރެވެމުން ކަމަށް އައިއޭސީއިން އިތުރަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.