ހަސަން ލަތީފު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދެން
ހަބަރު
16 Sep 2023 | 12:20
10 ދުވަހަކީ ބަރުލަމާނީ ނިޒާމަށް ހޭލުންތެރިކޮށް ވޯޓުލުމަށް އެކަށީގެންވާ މުއްދަތެއް: ދަ ޑިމޮކްރެޓްސް

މި ވަގުތަކީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓުލުމަށް އެންމެ އެކަށީގެންވާ މުއްދަތު ކަމަށާއި، 10 ދުވަސް ތެރޭ ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކޮށް، ނިޒާމީ ވޯޓުނެގުމުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސޭނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ. 

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ދަ ޑިމޮކްރެޓްސްއިން ހާމަކުރަން ހުރި މުހިންމު ކަންކަން ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭކަމަށް އެ ޕާޓީން އަބަދުވެސް ވަކާލާތު ކުރަމުން އައިސްފައިވާ ކަމަށެވެ. 

ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކުރިމަތިލީ ވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޤްސަދުގައި ކަމަށާއި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ދެވަނަ ބުރަކަށް ތައްޔާރުވަމުންދާއިރު، އަދި ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ދެވަނަ ބުރުގައި ވާދަކުރާ ޕާޓީތަކުން މިހާރު ފައްޓާފައިވާއިރު، މީ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުން އެންމެ މުހިންމު ދަނޑިވަޅުކަމުގައި ހަސަން ލަތީފު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ދެން އުފެދޭ ސަރުކާރަކީ ވެސް މީގެކުރީ ސަރުކާރުތަކެކޭ އެއްގޮތަށް ގިނަ ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން އުފެދޭ ސިޔާސީ ޕާޓީތަކަށް ވެދާނެތީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކޯލިޝަން ހަދައިގެން ވެރިކަން ކުރަމުންދާއިރު، އެ ދިމާވި މައްސަލަތައް ރައްޔިތުންނަށް ތަޖުރިބާ ކުރެވިފައިވާ ކަމަށާއި، އެކަން އަލުން ތަކުރާރުވާން ރައްޔިތުން ބޭނުން ނުވާކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

އެ ވާހަކަތަކާއި ގުޅިގެން ނޫސްވެރިއަކު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވާހަކަ ދައްކަވާއިރު، އެކަން ކުރަން ދެން އޮތީ 10 ވަރަކަށް ދުވަސްކަމަށް ވުމުން، އެއީ އެފަދަ ބޮޑު ކަމެއް ކުރުމަށް އެކަށީގެންވާ މުއްދަތުތޯ ސުވާލުކޮށްފަ އެވެ. އަދި ނިޒާމީ ވޯޓެއް ނަގާނަމަ އެއީ ބަޖެޓުގައި ހިމަނާފައި ނެތް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަކަށް ވުމުން، އެ ޚަރަދު ކުރެވިދާނެކަމަށް ދެކިވަޑައިގަންނަވަންތޯ ވެސް ނޫސްވެރިއާ ސުވާލު ކުރިއެވެ. 

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ހަސަން ލަތީފު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން މަސައްކަތް ކުރަމުންދާ ސްޕީޑަށް ބަލާއިރު ބަރުލަމާނީ ނިޒާމާއި، ނިރާސީ ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް 10 ދުވަހުގެ މުއްދަތަކީ ހަމަ އެކަށީގެންވާ މުއްދަތެއް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނަށް ވެސް ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސިދާނެކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

"ދެވަނަ ބުރަށް އިލެކްޝަންސް ކޮމިޝަނުން އެދަނީ ތައްޔާރުވަމުން. މިސާލަކަށް ވޯޓު ފޮށިތައް އެހުރީ އަދިވެސް ރަށްރަށުގައި. އަނބުރާ އެ ފޮށިތައް 25އަށް ފޮނުވުމެއް ނެތް. ކަރުދާސް ޗާޕުކުރުން އޮންނާނެ، އެކަހަލަ ޚަރަދު ހިނގާނެ، މިވަރުގެ ބޮޑުކަމަކަށް ބަލާއިރު ދައުލަތުް ނުކުރާންވީ ސަބަބެއް ނުފެނޭ ކިތަންމެ ބޮޑު ޚަރަދެއް ދިޔަ ކަމުގައި ވިޔަސް. އެހާ ބޮޑު ޚަރަދެއްވެސް ދާނީއެއް ވެސް ނޫން، މި ދެންނެވީ އޮފިޝަލުން އެ ތިބީ ނެގިފައި، އެމީހުންނަށް އެހެރީ ޓްރެއިނިން ދެވިފައި، ވޯޓާއި ގުޅޭ ޓްރެއިނިން. ވަރަށް ބައިވަރު މަސައްކަތް އެހުރީ އީސީން ކުރައްވާފަ"

ހަސަން ލަތީފު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވަކި ގޮތެއް އަދި މިހާތަނަށް ނިންމާފައި ނުވާކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ޕީޕީއެމް-ޕީއެންސީ އަދި އެމްޑީޕީއަށް ވެސް ހުށައަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް ސީދާ އެއްވެސް ޕާޓީއަކާއި އެކު އެއްބަސްވުމަކަށް މިހާތަނަށް އާދެވިފައި ނުވާކަމަށާއި، އެމްޑީޕީން ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން މިހާރު މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށް ދެކެވަޑައިގަންނަވާކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.