ސައީދު މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Sep 2023 | 12:38
ރައީސް އޮފީހުގައި ޑެސްކެއް ބަހައްޓައިގެން ވޯޓުން ވައްކަންކުރަން ރާވާން ފަށައިފި: ސައީދު

ރައީސް އޮފީސްތެރެއިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާއި ދިމާކޮށް "ބޮޑު ވައްކަމެއް" ކުރުމަށް ރާވަމުންދާކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ތުހުމަތުކުރައްވައިފި އެވެ. 

މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަދައްކަވަމުން ފައްޓަވަމުން ސައީދު އެންމެ ފުރަތަމަ ވެސް ވިދާޅުވީ ރައީސް އޮފީސް ތެރޭގައި ޑެސްކެއް ބަހައްޓަވައިގެން ބޮޑު ވައްކަމެއް ކުރުމަށް މިހާރު ރާވަމުންދާ ކަމަށެވެ. 

އެ ތުހުމަތުތަކުގެ އިތުރު ތަފްސީލު ދެއްވަމުން ސައީދު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ވޯޓުދެއްވަން ތިއްބެވި 8000 މީހުން ދެނެގަނެ، އެމީހުން ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ރައީސް އޮފީހުގައި އެކަމަށް ޚާއްސަކޮށް ބަހައްޓާފައިވާ ޑެސްކުން ކުރަން ފަށާފައިވާ ކަމަށެވެ. 

އެގޮތަށް އެކަން ކުރުމުގެ މަޤްސަދަކީ ޑރ މުއިއްޒަށް ވޯޓުދެއްވުމަށް ނިންމައިގެން ތިއްބެވި ފަރާތްތަކަށް އެ ފުރުސަތު ގެއްލުވާލާ، އޮޅުވާލުމެއްގެ ތެރެއިން އިންތިޚާބު "ވަގަށް ނެގުން" ކަމަށް ސައީދު ވިދާޅުވި އެވެ. 

"ރައީސް އޮފީހުގައި ކުޑަ ޑެސްކެއް ބަހައްޓައިގެން ވައްކަމެއް ކުރަން އެބަ ރާވާ. މި ވައްކަން ކުރަން އެމީހުން ގަސްތުކުރާ ގޮތަކީ. 8 ވަރަކަށް ހާސް ޕީޕީއެމްގެ މީހުން، ޑރ މުއިއްޒަށް ވޯޓު ދެއްވާނެ ކަމަށް ކަށަވަރުވާ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރީ ރެޖިސްޓާ ކުރަމުން ދަނީ. އެއީ އެމީހުން ކުރާ ކަމަކީ"

ޕީއެންސީގެ ނައިބު ރައީސް ސައީދު

ސައީދު ވިދާޅުވީ މީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ވޯޓުލާން ނިންމައިގެން ތިބި ރައްޔިތުން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމަށް ފާރަވެރިވެ ދުރާލާ ރަޖިސްޓާ ވެފައިވާ ތަން ބަލައި ކަށަވަރުކުރަމުން ގެންދިއުމަށް ސައީދު ވަނީ ޕީޕީއެމް-ޕީއެންސީގެ އާންމު މެމްބަރުންނާއި ޑރ މުއިއްޒަށް ތާއީދުކުރައްވާ އެންމެހާ ފަރާތްތަކަށް ގޮވާލައްވާފަ އެވެ. 

އެއާއެކު ސައީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ރައްޔިތުން ހަގީގަތުގައި ގޮތް ނިންމާފައިވާ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާކަމަށް ވޯޓުގެ ނަތީޖާއިން ބުނެދީފައިވާ ކަމަށެވެ. 

އެހެންކަމުން، ރައީސް ޞާލިހު ދެން އެންމެ ރަނގަޅުވާނީ ރީތިގޮތުގައި ވެރިކަން ނިންމަވާލެއްވުމަށް ފަހު ވަޑައިގަތުންކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ. އަދި ދެވަނަ ބުރުގެ ވޯޓު ގަޑުބަޑުކުރުމަށް މަސައްކަތްޕުޅު ކުރެއްވި ނަމަވެސް، އެ ފުރުސަތު ނުދެއްވާނެކަމަށް ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.