ޑރ ޖަމީލު މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
17 Sep 2023 | 06:57
ސަރުކާރުން ބުނި ގަދަބަސް ހިފައްޓަން ރައީސް ޔާމިނު ޖަލަށްލާނެ ކަމަށް ހިޔެއް ނުކުރަން: ޑރ ޖަމީލް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލާނެކަމަށް މި ސަރުކާރުގެ ވެރިން ވިދާޅުވި "ގަދަބަސް" ނަގަހައްޓަން، އެމަނިކުފާނު ޖަލަށް ލުމުގެ ފުރުސަތު ޝަރުއީ ދާއިރާއިން ފަހިކޮށްދޭނެކަމަށް ކުރިން ޤަބޫލުކުރެވިފައި ވެސް ނެތްކަމަށް ރައީސް ޔާމީންގެ އިސް ޤާނޫނީ ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ ޖަމީލު ވިދާޅުވީ ވާދަވެރި ސިޔާސީ ލީޑަރަށް ވީތީ ރައީސް ޔާމިނު ޖަލަށް ލާނެކަމަށް ސަރުކާރުގެ އިސްވެރިން ބޮޑާ ބަސް ވިދާޅުވަމުން ދިޔަކަމަށެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ފުލުފުލުގައި ދައުވާތައް އުފުލާ، އެމަނިކުފާނަށް ސިޔާސީ ގޮތުން އެކި ފިއްތުންތައް ކުރިމަތިކުރުވަމުން ދިޔަކަން ޑރ ޖަމީލު ފާހަގަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމިނުގެ ވާދަވެރިންނާއި ސަރުކާރުގެ އިސް ވެރިން، އެމަނިކުފާނު ޖަލަށް ލާނެކަމަށް ބޮޑާ ބަސްތައް ވިދާޅުވަމުން ދިޔަ ނަމަވެސް، ގަދަބަސް ބުނެ މީހުން ޖަލަށް ލުމަކީ ރާއްޖެ ދަތުރުކުރަމުން ދާ މިސްރާބުކަމަށް އޭރު ވިސްނިފައި ނެތްކަމަށާއި، އަދި އެފަދައިން ގަދަބަސް ބުނެ ރައީސް ޔާމީން ޖަލަށް ލުމުގެ ފުރުސަތު ޝަރުއީ ދާއިރާއިން ފަހިކޮށްދޭނެކަމަށް ޤަބޫލުކުރެވިފައި ނެތްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

މަވެސް ޕީޕީއެމް ޖަލްސާގައި ޑރ ޖަމީލު ވާހަކަދައްކަވަނީ

"ރައީސް އޮފީސްތެރޭގައި ޑެސްކު އަޅައިގެން ޑެސްކު ކައިރީގައި ތިބެގެން ފަޚުރުވެރިކަމާއެކު ބުނީ ސާބިތުކަމާއެކު އެބޭފުޅުން ވިދާޅުވަނީ ވަރުގަދަ ބިޔަ ބޮޑު ބަސް ބުނީ ލާހިކެއް ނޫނޭ.. ހަމަ ލާހިކެއް ނޫނޭ ހުކުން ޖަހާނަމޭ ރައީސް ޔާމިނަށް. އަބްދުއްރަހީމް އާއި އަޅުގަނޑުމެން އެންމެން ތިބީ، އަޅުގަނޑުމެން ހިޔެއް ނުކުރަން އަޅުގަނޑުމެންނަށް މިހެން އިވޭ އަޑުތަކަކީ މި މުޖުތަމައުގެ މީޒާންކަމަށް، މިއޭ އިންސާފަކީ.. މިއޭ އަދުލަކީ، އަޅުގަނޑުމެން ހަމަ ހަގީގަތުގައި ވެސް ހިޔެއް ނުކުރަން"

ޑރ މުހައްމަދު ޖަމީލް

އެމަނިކުފާނު ވިދާޅުވީ މިއަދު ގައުމު ދަތުރުކުރަމުން މިދާ މިސްރާބާއި ދޭތެރޭގައި ވިސްނާލެއްވުމުން ވަރަށް އަސަރު ކުރާކަމަށެވެ. ރަނގަޅަށް ހިނގަ ހިނގާހުރި އެތައް ނިޒާމެއް ފުނޑާލާ، އާންމު ރައްޔިތަކަށް ވެސް މިއަދު ޚިޔާލު ފާޅުކޮށްލުމުގެ މިނިވަންކަން މި ގައުމުގައި ނެތްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

މި ސަރުކާރުން ކުރަމުންދާ ކަންތައްތަކުން ސަރުކާރުގެ އަނިޔާވެރިކަން ފެނިގެންދާ ކަމަށާއި، މި އަނިޔާވެރިކަން އިތުރަށް ދިގުދަންމަން ރައްޔިތުން ބޭނުން ނުވާކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ ރޫހު ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު ރައީސް ޔާމިނަށް ކުރަމުންދަނީ ނުހައްގު އަނިޔާތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާކަމަށެވެ. އަދި އެ ރޫހުގައި ނިކުމެ ރައްޔިތުން މި ވެރިކަން ބަދަލުކުރާނެ ކަމަށާއި، 30 ސެޕްޓެމްބަރަށް ފަހު މުލިއާގޭގައި ހުންނަވާނީ ޑރ މުއިއްޒު ކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.