އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު. ފޮޓޯ:ދެން
ހަބަރު
16 Sep 2023 | 15:43
ވޯޓުލާމީހުން ވޯޓުލާތަން ނޭނގި ބަދަލުކުރާ ޝަކުވާ އެބަލިބޭ، އެކަން ބަލަންޖެހޭ: ވަޙީދު

ވޯޓުލާމީހުންގެ ވޯޓުލާތަން އެމީހުންނަށް ނޭނގި ބަދަލުކުރާ ކަމުގެ ޝަކުވާ އެބަލިބޭ ކަމަށާއި އެކަން ކުރާ ބަޔަކު ބަލަން ޖެހޭ ކަމަށް އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ވަޙީދު މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ވަޙީދު ވިދާޅުވެފައިވަނީ އިދިކޮޅަށް ވޯޓުދޭ މީހުން ވޯޓުލާން ރަޖިސްޓްރީވެފައި އޮންނަ ތަން، އެމީހުންނަށް ނޭނގި ބަދަލުކުރަމުން ގެންދާ ކަމުގެ ޝަކުވާ ބައެއް މީހުން ކުރަމުން ގެންދާ ކަމަށެވެ.

"މިއީ ރައްޔިތުންގެ ވޯޓުގެ ހައްޤަށް އަރައިގަތުން، މިއީ އެންމެ ބޮޑު އެއް ކުށް، މިކަން ކުރާ ބަޔަކު ހޯދައި ހައްޔަރުކުރަންޖެހޭނެ" 

ވަޙީދު ވިދާޅުވެފައިވެއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ވޯޓްލާ މަރުކަޒަށް ދިޔައިރު ލިސްޓުގައި ނަން ނެތިގެން ހަމަނުޖެހުމެއް ވަނީ ހިނގައިފައެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިއްޔެ އެކަނި ވެސް 9،000 އަށްވުރެ ގިނަ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން 7،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވަނީ އޮންލައިންކޮށް ކަމަށެވެ.

ދެވަނަ ބުރަށް ރީރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެން މާދަމާގެ މެންދުރު ފަހު 3:00 އާއި ހަމައަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ
ޖުލައި މަސް ނިމުނުއިރު 638 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް އޮގަސްޓް ނިމުނުއިރު ވަނީ %0.9 އިތުރުވެފައިވެއެވެ
15 Sep 2026
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝަމްހީދު އިޢުލާނުކުރައްވައިފި
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޕޮޑްކާސްޓެއްގައި އިޢުލާނުކުރައްވައި، ރާއްޖެ އިޤުތިޞާދީ ގޮތުން ބަނގުރޫޓުވުމާ ގާތުގައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
15 Sep 2026
މާލެ އަތޮޅުން މަހަށް ނިކުމެ އުޅުނު ދޯންޏަކުން މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފި
އޭތީގެ ބަރުދަނުގައި 10 ވަރަކަށްކިލޯ ހުރި މި މާވަހަރުގައި ހުދަންބަރަކުން ފެންނާނެކަމަށް ބުނާ ހުރިހާ އަލާމާތް ތަކެއް ފެންނަން ހުރިކަމަށް ވެއެވެ
15 Sep 2026
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިޔާގެ ބޮޑުވަޒީރު ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.