މާރަންދޫގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕޭނު ޖަލްސާގައި ނާޒިމް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
16 Sep 2023 | 15:42
30 ސެޕްޓެމްބަރުގެ ވޯޓު ޤައުމީކަމަށް ހައްދަވާ، މުއިއްޒަށް ވޯޓުދެއްވާ: ނާޒިމް

30 ސެޕްޓެމްބަރުވާ ދުވަހު ލާ މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަކީ ޤައުމީ ކަމަށް ހައްދަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ވޯޓުދެއްވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް އެދިވަޑައިގެންފި އެވެ. 

ނާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ހއ މާރަންދޫގައި ބޭއްވި ޑރ މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ މުއިއްޒުގެ ފަހަތްޕުޅަށް އަރާވަޑައިގަތީ ޤައުމީ ވިސްނުމުގައި، މިހާރު ގައުމު އޮތް ހާލަތުން ސަލާމަތްކުރުމުގެ މަޤްސަދުގައިކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މި މަަސައްކަތުގައި ހުރިހާ ދިވެހި ރައްޔިތުން ވެސް ގުޅިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. 

މި ސަރުކާރުގެ ފަސް އަހަރަށް ބަލާއިރު ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ހަގީގީ މާނައިގައި އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމަށް ނާޒިމު ވިދާޅުވި އެވެ. އެގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، އިޤްތިޞާދު ހަރުދަނާކުރުމަށް ވެސް އެކަށިގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު ނާޒިމް ވިދާޅުވީ 30 ސެޕްޓެމްބަރުގައި ރައްޔިތުން ވޯޓުލާން ނިކުންނައިރު، މި ކަންކަމާއި ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނާވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ދުވަހު ލާ ވޯޓަކީ ޤައުމީކަމަށް ހައްދަވާ މިހާލަތު ބަދަލުކުރުމުގެ ފުރުސަތު ޑރ މުއިއްޒަށް ދެއްވުމަށް ނާޒިމް ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

"އަޅުގަނޑަށް އެބަ ފެނޭ އަޅުގަނޑުމެންގެ ކެންޑިޑޭޓު ހުވާކުރައްވާތަން. އެކަމަކު މިކަން އަޅުގަނޑުމެންނަށް ވާން އަންނަނީ ތިޔަ ލޮބުވެތި ރައްޔިތުން ނިކުމެވަޑައިގެން ޤައުމީ ކަމެއްގެ ގޮތުގައި މިކަން ކުރައްވައިގެން"

އެމްއެންޕީގެ ރައީސް ނާޒިމް

ނާޒިމް ވިދާޅުވީ ޑރ މުއިއްޒާއި އެކު ވަރަށް ގާތުން މަސައްކަތްޕުޅު ކުރެވިފައިވާ ކަމަށެވެ. ޑރ މުއިއްޒާއި ނާޒިމަކީ ރައީސް ޔާމިނުގެ ސަރުކާރުގައި ކެބިނެޓުގައި ވެސް މަސައްކަތްޕުޅު ކުރެއްވި ދެ ބޭފުޅުންނެވެ. 

އެ ދުވަސްވަރު އެކުގައި ކުރެވުނު ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވާ ނާޒިމް ވިދާޅުވީ ޑރ މުއިއްޒަކީ ކެބިނެޓުގެ ވަޒީރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވިއިރު ވެސް، ނަތީޖާ ނެރެދެއްވާ ހަވާލު ކުރެވޭ މަސައްކަތްތައް ވަގުތަށް ނިންމަވާ ބޭފުޅެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އެހެންކަމުން، ގައުމު މިހާރު މިއޮތް ހާލަތުން ބަދަލުކޮށް، ގައުމުގެ މިސްރާބު ރަނގަޅުކުރުމުގެ މަސައްކަތް ޑރ މުއިއްޒު ކުރައްވާ، އެ ވިދާޅުވާ ހެޔޮ ނަތީޖާތައް އެމަނިކުފާނު ނެރެދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.