ރީ-ރެޖިސްޓްރޭޝަންގެ ޝަކުވާތަކާއި އެކު، އާންމު ރައްޔިތުންތަކެއް އީސީގެ އިދާރާ ކައިރީގައި/ ފޮޓޯ: ވޮއިސް
ހަބަރު
17 Sep 2023 | 18:45
ނޭނގި ރީ-ރެރިސްޓާ ކޮށްފައިވާކަމުގެ ޝަކުވާތައް އިތުރުވެއްޖެ

ނޭނގި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަންނަނަށް ބަދަލުކޮށްފައިވާ ކަމުގެ ޝަކުވާތައް އިތުރުވެއްޖެ އެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި ހިސާބުން މިހާތަނަށް 25000 މީހުން ރީ-ރަޖިސްޓްރީކުރުމަށް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމު ކުރުމާއި ގުޅިގެން އިދިކޮޅުން ވަނީ އެ ފޯމުތަކުގެ ޞައްހަކަމާއި މެދު ސުވާލު އުފެދޭކަން ފާހަގަކޮށް، އެ ޕްރޮސެސް ކުރިއަށް ގެންގޮސްފައިވާ ގޮތް ބެލުމަށް ގޮވާލާފަ އެވެ. 

އޭގެ އިތުރުން ސަރުކާރުގެ ތެރެއިން ރީ-ރެޖިސްޓްރޭޝަން ޕްރޮސެސް ބޭނުންކޮށްގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ވޯޓުދިނުމަށް ތައްޔާރަށް ތިބި ރައްޔިތުން އެކި ތަންތަނަށް ރަޖިސްޓްރީ ބަދަލުކޮށް ވޯޓުލުމުގެ ފުރުސަތު ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެކަމަށް ރައްޔިތުން ފާރަވެރިވުމަށް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ. 

އިދިކޮޅުން މި ކަން ސަމާލުކަމަށް ގެނައުމާއެކު ނޭނގި ރީ-ރަޖިސްޓާކޮށްފައިވާ ކަމުގެ ގިނަ ޝަކުވާތަކެއް އާންމުން ވަނީ ކުރަން ފަށާފައެވެ. އަދި އޮޅުވާލުމުގެ ތެރެއިން ރީ-ރެޖިސްޓާކޮށްފައިވާކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި އެކަމުގެ ޝަކުވާތައް ކުރަމުން އަންނަ މީހުން ވަނީ އިތުރުވާން ފަށައިފަ އެވެ. 

އެގޮތުން "ވޮއިސް" އަށް ވެސް އެފަދަ ގިނަ ޝަކުވާތަކެއް ވަނީ ލިބިފައެވެ. ނޭނގި ރީ-ރެޖިސްޓާކޮށްފައިވާކަމަށް ބުނެ ޝަކުވާ ހުށައެޅި ގިނަ މީހުންނަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑރ މުހައްމަދު މުއިއްޒަށް ވޯޓުދެއްވި ޕީޕީއެމްގެ އާންމު މެމްބަރުންކަން ފާހަގަކޮށްލެވެއެވެ. 

އެގޮތުން "ވޮއިސް" އަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނި ގޮތުގައި ރީ-ރެޖިސްޓާކުރުމަށް ފޯމު ހުށައަޅައިގެން ޕީޕީއެމްގެ ބައެއްގެ ގޮތުގައި ދެމީހަކު ގެއަށް އައިސް ރީ-ރަޖިސްޓާ ކުރުމަށް ފޯމުތަކެއްގައި ސޮއިކުރުވިއެވެ.

އޭރު އެއީ ކޮން ބައެއްކަން ސާފު ނުވާ ކަމަށާއި، އަދި އޮޅުވާލައިގެން ރީ-ރެޖިސްޓްރޭޝަން ކަންކަން ކުރަމުންދާކަމަށް އިދިކޮޅުން ބުނުމުން، އެކަން ކަށަވަރު ކުރުމަށް ބެލެއިރު، މިހާރު ކުރިން ރަޖިސްޓްރީވެފައި އޮތް ތަން، އެހެން ހިސާބަކަށް ބަދަލުވެފައިވާކަމަށް އެމީހާ ކިޔައިދިނެވެ. 

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ފަރާތްތައް ވޯޓުލާފައި ވަނީ މާލެއަށް ނަމަވެސް މިހާރު އޮތީ ހުޅުމާލެއަށް ކަމަށާއި، އެހެންކަމުން ވޯޓުލާން ހުޅުމާލެ ދިއުމަކީ ތަކުލީފަކަށް ވާނެކަމަށް އޭނާ ކިޔައިދިނެވެ. އަދި އެ ފަހުން ރީ-ރަޖިސްޓްރީކުރުމަށް އެ ގެއަށް ބަޔަކީ ޕީޕީއެމްގެ ޓީމެއް ނޫންކަން ވެސް އެނގިފައިވާކަމަށް އެމީހާ ކިޔައިދިނެވެ. 

މިފަދަ އެތައް ކަމެއް އެކި ގޮތްގޮތަށް ދިމާވެގެން އާންމުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. 

އޭގެ އިތުރުން އިދިކޮޅުން ތުހުމަތުކުރާގޮތުގައި ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، މުވައްޒަފުންނަށް ބިރުދައްކައިގެން ވެސް ދުރު ތަންތަނަށް ރީ-ރަޖިސްޓާ ކުރުވަމުންދާ ކަމުގެ ޝަކުވާތައް ވެސް އެ ކޯލިޝަނަށް ވަނީ ލިބެން ފަށާފައެވެ. އަދި މިކަން ކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ގަޑުބަޑުކޮށް އިންތިޚާބު ވަގަށް ނެގުމަށް ކަމަށް ވެސް އިދިކޮޅުން ދަނީ ތުހުމަތުކުރަމުން ނެވެ. 

ނޭނގި ރީ-ރެޖިސްޓްރީ ކޮށްފައިވާ މައްސަލަތައް އިތުރުވެފައިވާއިރު، އިދިކޮޅުން ވަނީ ރަޖިސްޓްރީވެފައިވާ ތަން ބަލާ ކަށަވަރުކުރުމަށް އާންމު ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އަދި ނޭނގި ނުވަތަ އޮޅުވާލައިގެން ރީ-ރަޖިސްޓާކޮށްފައިވާ ފަރާތްތަކުން ޝަކުވާއަށް ހުށައަޅާލުމަށް ދުރާލާ ތައްޔާރުވެގެން ތިއްބެވުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލައްވާފަ އެވެ. 

ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބޭ އަސާސީ ހައްގަކަށް ވާއިރު، އެ ހައްޤު ގެއްލުވާލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ނުދިނުމަށް އިދިކޮޅުން ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި ފަރުދީ ޒިންމާ އަދާކުރައްވާ ރިޔާސީ އިންތިޚާބާއި މެދު ރައްޔިތުން ފާރަވެރިވެ ތިއްބެވުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ. 

ކޮމެންޓް
ބޮޑުބެ
މިހާރުތިޔަ ހިޔަންޏަށްމުޑިނަގަނީ
17 Sep 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.