މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--ފޮޓޯ/ މަޖިލިސް
ހަބަރު
20 Sep 2023 | 10:06
ކޯރަމް ހަމަނުވާތީ މިއަދުވެސް މަޖިލީހުގެ މަސައްކަތް ކުރިއަށް ނުގެންދެވިފައި!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ މަސައްކަތް ވެސް، މެންބަރުން ހަމަނުވުމުގެ ސަބަބުން ކުރިއަށް ނުގެންދެވި، ޖަލްސާ މެދުކަނޑާލައިފިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޑިމޮކްރެޓްސްއިން ހުށަހެޅި ގަރާރު، ވެރިކަންކުރާ އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ބަލައިގެންފައެވެ. 

ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން އެންމެ ބޮޑަށް ބާރުއަޅުއްވަމުންދާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޕާޓީ، ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރު މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 37 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ ތާއީދާއެކުގައެވެ. 

މެންބަރު އިލްޔާސްގެ އެ ގަރާރު ބަލައިގަތުމާއެކު ޑިމޮކްރެޓްސްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވީ އެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުއްވުމަށެވެ. އަދި އެކަމަށް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒް ތާއިދު ކުރެއްވިއެވެ.

އެގޮތުން އެ ގަރާރު ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ގެންދަން ނެގި ވޯޓުގައި ބައިވެރިވި 34 މެމްްބަރުންގެ ވޯޓާއެކު ގަރާރު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި، މުޅި މަޖިލިސް ކޮމިޓީއަށް ގޮސް، އެ ގަރާރާމެދު މަޝްވަރާކުރުން ކުރިއަށް ގެންދަން ނިންމާފައިވާއިރު، ޖަލްސާ ފަށްޓަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިއަދު ކުރަމުން ދާނެ މަސައްކަތަކީ ނިޒާމް ބަދަލުކުރުމާ ގުޅޭ ގަރާރުގެ މަސައްކަތް ކަމަށާ، އެހެން ކަމުން އެ މަސައްކަތަށް މުޅި މަޖިލިސް ވަނީ ކޮމިޓީއަކަށް ގޮސްފައެވެ.

އެއަށްފަހު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ނަމަ މުޅި މަޖިލިސް އެކުގައި ކޮމިޓީއަކަށް ހިނގައްޖެ ނަމަ، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިބެން ޖެހޭނެއެވެ. އެއީ 29 މެންބަރުންނެވެ. ނަމަވެސް މިއަދު މަޖިލިހަށް އަދި ވަޑައިގަތީ 18 މެންބަރުން ކަމުން، ކޮމިޓީގެ މަސައްކަތް ފެށޭނީ މެންބަރުން ހަމަވުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން މެންބަރުން ހަމަވޭތޯ މަޑު ކުރެއްވުމަށްފަހު، ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ މެދުގައި، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަޑައިގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ. އެހެންކަމުން، ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނަށް ވަގުތު ދިނުމުގެ ގޮތުން ޖަލްސާ މެދުކަނޑާލައްވަން ނަޝީދު ނިންމެވީއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.