ފާރިސް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ/ ފޮޓޯ: ދެން
ހަބަރު
20 Sep 2023 | 11:57
ދެވަނަ ބުރުގައި ފާރިސް އެއްވެސް ބަޔަކަށް ތާއީދުނުކުރަން ނިންމައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ބޭފުޅަކަށް ތާއީދު ނުކުރައްވަން، މި އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ފާރިސް މައުމޫނު ނިންމަވައިފި އެވެ. 

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ފާރިސް ވަނީ ދެވަނަ ބުރުގައި ވާދަކުރައްވާ ފަރާތްތަކުގެ މެނިފެސްޓޯއަށް އިތުރުކުރުމަށް ބައެއް ކަންތައްތައް ހުށައަޅުއްވާފަ އެވެ.

އެގޮތަށް ހުށައެޅުއްވީ ބުރަތަމަ ބުރުގައި އެއްވެސް ބަޔަކަށް 50 އިންސައްތަ ނުލިބުމުން، ކޮންމެ ބައެއްގެ މެނިފެސްޓޯގައި ވެސް ރައްޔިތުންނަށް އެންމެ ގަބޫލު ނުކުރެވޭ ކަންތައްތަކެއް ހުުރުމުންކަމަށް ދެކިވަޑައިގެން އެކަންކަން ބަދަލުކޮށް ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ސިޔާސަތުތަކެއް އެކުލަވާލުމަށް ކަމަށް ފާރިޝްވިދާޅުވި އެވެ. 

ފާރިޝް ވިދާޅުވީ އެމަނިކުފާނުގެ ފަހަތްޕުޅުގައި މިހާރު ތިއްބެވި ފަރާތްތަކާއި، އަދި އެމަނިކުފާނާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި އެކު ކުރެވުނު މަޝްވަރާތަކުން، އެބޭފުޅުން ގައުމަށް ގެނައުމަށް ވިސްނަވާ ހެޔޮ ބަދަލު ބޮޑު ސިޔާސީ ޕާޓީއަކުން އިންތިޚާބުވާ ކެންޑިޑޭޓަކަށް ގެނެސްދެވިދާނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. 

ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާ ގޮތަށް ބަލާއިރު، އަދި ޕާޓީތަކުން ކުރާ ވެރިކަމަށް ބަލާއިރު، ހުރިހާ ރައްޔިތުންގެ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރެވޭތަން ފެންނަކަމަށާއި، އެ އުސޫލުން ކަން ހިނގާނަމަ ރާއްޖެއަށް އެބޭފުޅުން ގެންނަން ބޭނުންވާ އިސްލާހީ ބަދަލު ނުގެނެވޭކަމަށް ދެކިވަޑައިގަންނަވާކަމަށް ފާރިޝް ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެފަދަ ސަބަބުތައް ހުރުމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ބޭފުޅަކަށް ތާއީދު ނުކުރުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ. 

"މި ދެވަނަ ބުރުގައި އަޅުގަނޑުމެން އެއްވެސް ފަރާތަކަށް ތާއީދުނުކުރާގޮތަށް މިހާރު އަޅުގަނޑުމެން މި ނިންމީ"

ފާރިސް މައުމޫނު

ފާރިސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ބަޔަކަށް ތާއީދުނުކުރި ނަމަވެސް އެބޭފުޅުން ފަށާފައިވާ މަސައްކަތްތައް ހުއްޓާނުލައްވާނެ ކަމަށެވެ. އަދި މިހާރު ވެސް ގިނަ ބަޔަކަށް އެބޭފުޅުންގެ ސިޔާސަތުތައް ގަބޫލުކުރެވޭތީ ގުޅިވަޑައިގަންނަމުންދާ ކަމަށާއި، އެބޭފުޅުންނާއި އެކު އެ މަސައްކަތް ފުޅާކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ފާރިޝް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.