ރައީސް ޔާމީން އަޑުއެހުމެއް ނިންމަވާލެއްވުމަށްފަހު އަނބުރާ މާފުއްޓަށް ވަޑައިގަންނަވަނީ/ ފޮޓޯ: ޕީއެސްއެމް
ހަބަރު
20 Sep 2023 | 18:30
ރައީސް ޔާމިނުގެ އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ބާއްވަނީ

ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އާރަށު މުއާމަލާތާއި ގުޅުވާ އިއްވާފައިވާ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ. 

އެކަން ރައީސް ޔާމީނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މިއީ މި މައްސަލައިގައި ބާއްވާ އެންމެ ފަހު އަޑުއެހުމެވެ. މީގެކުރިން ވަނީ މި މައްސަލައާއި ގުޅިގެން 8 އަޑުއެހުން ބާއްވާފަ އެވެ. 

ޑރ ޖަމީލު ވިދާޅުވީ ބުރާސްފަތި ދުވަހު އަޑުއެހުން ކުރިއަށް ގެންދެވިއްޖެ ނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމްކުރުން ކަމަށެވެ.

އާރަށު މައްސަލައިގެ އަޑުއެހުންތައް ނިމުމަކާއި ހަމަޔަށް ގޮސްފައިވަނިކޮށް އެކި ސަބަބުތަކާއި ހުރެ އަޑުއެހުންތައް މެދުކެނޑި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެއީ ރައީސް ޔާމިނުގެ އިންސާފަށް ހުރަސްއެޅިގެން ދިއުންކަން ފާހަގަކޮށް ޤާނޫނީ ވަކީލުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. 

އޭގެ އާރަށު އިސްތިއުނާފު ދިގުލައިގެންދާތީ އޮތް ކަންބޮޑުވުންތަކާއެކު އިދިކޮޅު ކޯލިޝަންގެ ލީޑަރުން ވަނީ ހައިކޯޓަށް ވެސް ވަޑައިގެންފައެވެ. 

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އާރަށު މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ހުކުމެކެވެ. އެއީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވައިގެން ފާސިގުންގެ ހެކިބަސް ބޭނުންކޮށްގެން އަދި ފަނޑިޔާރުންނަށް ރިޝްވަތުހުށައަޅައިގެން އިއްވާފައިވާ ހުކުމެއްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

އޭގެ އިތުރުން ރައީސް ޔާމިނުގެ ފަރާތްޕުޅުން އާރަށު ހުކުމް އިސްތިއުނާފުކުރިތާ 7 މަސްދުވަސް ވެގެންދިޔައިރު މައްސަލައާއި މެދު ގޮތެއް ނުނިންމާ ދިގުދަންމާލާފައިވަނީ ވެސް ސަރުކާރުން ނުފުޒު ފޯރުވައިގެން ކަމަށާއި އެއީ ގަސްދުގައި ރައީސް ޔާމިނަށް އަނިޔާވެރިވުމަށް ސަރުކާރުން ކުރަމުންދާ ކަމެއްކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ. 

ރައީސް ޔާމިނަކީ މައުސޫމު ބޭފުޅެއްކަމަށާއި، މިނިވަންކަމާއި އިންސާފުވެރިކަމާއެކު އެ މައްސަލަ ބައްލަވައިފި ނަމަ ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންވެސް ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް