އާދަމް ޝަރީފު ހުޅުދުއްފާރު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
21 Sep 2023 | 07:45
ނިޒާމީ ވޯޓުގެ ވާހަކަ ދައްކަވަމުން އެ ދަނީ ޤައުމީ މަސްލަހަތު ނަގާލުމަށް: އާދަމް ޝަރީފް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ކުޑަތަން ވެފައި ވަނިކޮށް، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދައްކަވަނީ ވެރިކަމަށް ޝައުގުވެރިކަން ބޮޑު ސިޔާސީ ލީޑަރުން ޤައުމީ މަސްލަހަތު ނަގާލުމުގެ މަޤްސަދުގައި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އެ ޕާޓީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައި ވަނީ ރ ހުޅުދުއްފާރުގައި ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން އާދަމް ޝަރީފު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ގޮސްފައިވަނިކޮށް ނިޒާމީ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެއްބަސްވެވަޑައިގަތީ ހަގީގައުގައި ވެސް މި އިންތިޚާބު ކާމިޔާބު ނުވާނެކަން އެމަނިކުފާނަށް ވެސް ޔަގީންކުރެވޭތީ ކަމަށެވެ. 

ނިޒާމީ ވޯޓެއް ނެގުމަށް ސިޔާސީ ލީޑަރުން މަސައްކަތް ކުރައްވަނީ ފަހަރެއްގައި ރައްޔިތުންނަށް ހެޔިއެދޭތީ ނޫން ކަމަށާއި، އެމީހުންގެ ވެރިކަމުގެ ޝައުގުވެރިކަން ބޮޑުވެ ގައުމީ މަސްލަހަތު ގެއްލުވާލާފައި ނަމަވެސް، ވެރިކަން ކުރައްވަން ބޭނުންފުޅުވާތީކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ. 

"ދެވަނަ ބުރު ކުރިމަތިވެފައި އޮއްވާ ކޮން ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ތޯ މި ދައްކަނީ؟ ރައްޔިތުންނަށް އޮޅުވާލުންތައް އޮޅުވާލަނީ ގައުމުގެ މުސްތަގުބަލާއި ދޭތެރޭގައްި ނުތަވަސްކަން އުފައްދަން"

އާދަމް ޝަރީފު އުމަރު

އާދަމް ޝަރީފު ވިދާޅުވީ މި ސަރުކާރުން ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމަށް ވެސް މަސައްކަތް ކުރާނެކަމަށެވެ. އެގޮތުން ވެރިކަމުގައި ދެމިތިބުމަށް އެމްޑީޕީން ހީލުންތެރި ރޭވުންތައް ރާވާނެކަމާއި ދޭތެރޭ ޝައްކެތް ނެތް ކަމަށާއި، ރައްޔިތުން ވަރަށް ބޮޑަށް އެކަމަށް ފާރަވެރި ތިއްބެވުމަށް އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއް އުފެއްދުމަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ޑރ މުއިއްޒަށް ކާމިޔާބުކޮށްދިނުމަކީ މުހިންމު ކަމެކެވެ.

ރައްޔިތުން އެދޭ ވެރިކަމެއް ނެގެހެއްޓޭނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ކަމަށާއި، އެ ވެރިކަން އުފެއްދުމަށް ރައްޔިތުން ކުރިއަށް މި އޮތް ދުވަސްތަކުގައި ވަރަށް ގަދައަޅައި މަސައްކަތްކޮށްދެއްވުމަށް އާދަމް ޝަރީފު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.