ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް
ހަބަރު
21 Sep 2023 | 12:26
ޕީޖީން އެދިގެން ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުން ކެންސަލް ކޮށްފި!

މިއަދު މެންދުރު ފަހު 2 ޖަހާއިރު ބޭއްވުމަށް ތާވަލު ކުރެވިފައިވާ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ އަޑު އެހުން ކެންސަލް ކޮށްފިއެވެ. 

ހައިކޯޓުން ދާދި ދެންމެ އަކު ބުނީ މިއަދުގެ އަޑު އެހުން ކެންސަލް ކުރެވިފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އެދިވަޑައިގަތުމަށް ކަމަށެވެ. 

މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތީ މި މައްސަލައިގައި ބާއްވާ އެންމެ ފަހު އަޑުއެހުމެވެ. މީގެކުރިން ވަނީ މި މައްސަލައާއި ގުޅިގެން 8 އަޑުއެހުން ބާއްވާފަ އެވެ. 

މިއަދުގެ އަޑުއެހުމާއި ގުޅޭގޮތުން އިއްޔެ ރައީސް ޔާމީންގެ އިސް ވަކީލު ޑރ މުހައްމަދު ޖަމީލު ވިދާޅުވީ މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވިއްޖެ ނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމްކުރުން ކަމަށެވެ.

އާރަށު މައްސަލައިގެ އަޑުއެހުންތައް ނިމުމަކާއި ހަމަޔަށް ގޮސްފައިވަނިކޮށް އެކި ސަބަބުތަކާއި ހުރެ އަޑުއެހުންތައް މެދުކެނޑި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެއީ ރައީސް ޔާމިނުގެ އިންސާފަށް ހުރަސްއެޅިގެން ދިއުންކަން ފާހަގަކޮށް ޤާނޫނީ ވަކީލުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. 

އޭގެ އާރަށު އިސްތިއުނާފު ދިގުލައިގެންދާތީ އޮތް ކަންބޮޑުވުންތަކާއެކު އިދިކޮޅު ކޯލިޝަންގެ ލީޑަރުން ވަނީ ހައިކޯޓަށް ވެސް ވަޑައިގެންފައެވެ. 

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އާރަށު މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ހުކުމެކެވެ. އެއީ ސިޔާސީ ގޮތުން ނުފޫޒު ފޯރުވައިގެން ފާސިގުންގެ ހެކިބަސް ބޭނުންކޮށްގެން އަދި ފަނޑިޔާރުންނަށް ރިޝްވަތުހުށައަޅައިގެން އިއްވާފައިވާ ހުކުމެއްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 

އޭގެ އިތުރުން ރައީސް ޔާމިނުގެ ފަރާތްޕުޅުން އާރަށު ހުކުމް އިސްތިއުނާފުކުރިތާ 7 މަސްދުވަސް ވެގެންދިޔައިރު މައްސަލައާއި މެދު ގޮތެއް ނުނިންމާ ދިގުދަންމާލާފައިވަނީ ވެސް ސަރުކާރުން ނުފުޒު ފޯރުވައިގެން ކަމަށާއި އެއީ ގަސްދުގައި ރައީސް ޔާމިނަށް އަނިޔާވެރިވުމަށް ސަރުކާރުން ކުރަމުންދާ ކަމެއްކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ. 

ރައީސް ޔާމިނަކީ މައުސޫމު ބޭފުޅެއްކަމަށާއި، މިނިވަންކަމާއި އިންސާފުވެރިކަމާއެކު އެ މައްސަލަ ބައްލަވައިފި ނަމަ ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންވެސް ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ