މައްކާގެ ހަރަމްފުޅުގައި ނަމާދުކުރުން
ހަބަރު
21 Sep 2023 | 19:15
ސޫރަތުލް ފާތިހާ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ބިސް ބާރަށް ކިޔަވަންޖެހޭތަ؟

ބިސްމިއަކީ ސޫރަތުލް ފާތިހާގެ އާޔަތެއް ހެއްޔެވެ. އަދި ސޫރަތުލް ފާތިހާ ނުވަތަ އަލް ޙަމްދު އަޑު ހަރުކޮށް ކިޔަވާނަމަ ބިސްމިވެސް އަޑު ހަރުކޮށް ކިޔަވަންޖެހޭ ހެއްޔެވެ؟

މިމައުޟޫގައި ޝުއޫރެއް ފާޅުކުރަން ޖެހުނީ މުސްލިމުންގެ އެންމެ ދުވަސްވީ އެންމެ ޝަރަފުވެރި އެއް ޔުނިވަރސިޓީކަމުގައިވާ މިސްރުގެ އަލް އަޒުހަރު ޔުނިވަރސިޓީގެ ގުރުޖުއޭޓް، ރާއްޖެގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް މިމަހުގެ 15 ވަނަ ދުވަހު ޓުވީޓާގައި ވިދާޅުވި ބަސްފުޅަކާ ގުޅިގެންނެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ " ބިސްމިއަކީ އަލްޙަމްދު ސޫރަތުގެ ފުރަތަމަ އާޔަތެވެ. ހުރިހާ މުސްހަފެއްގައިވެސް އޮންނާނީ ހަމަ މިހެންނެވެ. ވީމާ އަލްޙަމްދު އަޑުހަރުކޮށް ކިޔަވާވިދާޅުވާނަމަ ބިސްމިވެސް އަޑުހަރުކޮށް ކިޔަވާ ވިދާޅުވާށެވެ! ރަނގަޅުގޮތަކީ މިއީއެވެ"

ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މީގެކުރިން ނަމާދުގައި ބާރަށް އަލްޙަމްދު ކިޔަވަންޖެހޭ ނަމާދުތަކުގައި ބާރަށް ބިސްމި ކިޔައެވެ. އެހެންނަމަވެސް ފަހުން އައިސް އަރަބިކަރައިން ގުރެޖުއޭޓްވެވަޑައިގެން ވަޑައިގެންނެވި އިލްމުވެރި ބޭފުޅުންގެ ރައުޔަށް ވަރަށް ގިނަ މީހުން އަލްޙަމްދުގައި ބާރަށް ބިސްކި ކިޔުން ހުއްޓާލާފައިވެއެވެ. ރައީސް މައުމޫނަކީވެސް ވަރަށް އިލްމުވެރި ބޭފުޅެކެވެ. އެހެންވީމާ އެންމެފަހުން ރައީސް މައުމޫން ވިދާޅުވި ވާހަކަފުޅަށްފަހު މިކަމުގައި އޮތް ގޮތެއް ދިވެހި ރައްޔިތުންނާ ހަމައަށް ތަންކޮޅެއް ސާފުމަގަކުން ގެނެވޭތޯ މަސައްކަތްކޮށްލަމެވެ.

އަޅުގަނޑު މިގެނެސްދެނީ މިމައުޟޫއުގައި މިޒަމާނުގެ މަޝްހޫރު ޢިލްމުވެރި ބޭފުޅެއްކަމުގައިވާ ޑޮކްޓަރ ޔާސިރު ޤާޟީ ޢިލްމީ ގޮތުން ދައްކަވާފައިވާ ވާހަކަފުޅެއްގެ ( ޚުތުބާއެއްގެ ) ޚުލާސާއެވެ. އޭނާގެ ވާހަކަފުޅުގައި މިމައުޟޫއުގައި އިސްލާމީ އިލްމުވެރިންގެ މެދުގައި އޮތް ޚިލާފް އޮޅުން ނާރާފަދަ ސާފުގޮތަކަށް ގެންނަވާފައިވެއެވެ.

ބިސްމިއަކީ ކޮންމެ ކަމެއް ފެށުމުގެ ކުރިން މުސްލިމުން ބޭނުންކުރާ ކަލިމައެކެވެ. އައްރަޙްމާން އައްރަޙީމާއެކު މިއިސްމުފުޅު ބޭނުންކުރުމުގެ އެތައް މާނައެއް ވެއެވެ. އޭގެތެރެއިން މައިގަނޑު ތިން މާނައެއް ފާހަގަކޮށްލަމެވެ.

އެއްކަމަކީ އަމިއްލަ ނަފްސަށް ހަނދާންކޮށްދިނުމެވެ. ކުރާކަމެއް މިކުރަނީ ހައްދެވި މާއަތް އިލާހް ސުބުހާނަހޫ ވަތައާލާއަށްޓަކައިކަން ނަފްސަށް ހަނދާންކޮށްދިނުމެވެ. އެހެންވީމާ ފުރަތަމަ ކަމަކީ މާތްރަސްކަލާނގެއަށްޓަކައި އޮންނަ އިޚްލާސްތެރިކަމެވެ.

ދެވަނަ ކަމަކީ މަތިވެރި މާތްއިލާހުގެ އިސްމުފުޅުން ފަށައިގަންނަމުން އެއިލާހުގެ ބަރަކާތަށް އެދިދެންނެވުމެވެ. އޭ މިއަޅުގެ ރައްބެވެ. މިއަޅާއަށް އެހީތެރިވެވޮޑިގަންނަވާނދޭވެ. އެހެންވީމާ އެއީ އެނަންފުޅުން ބަރަކާތް ލިބިގަތުމަށް ދެންނެވުމެވެ.

ތިންވަނަ ކަމަކީ އެ އިސްމުފުޅުން ފަށައިގަންނަމުން އޭ މިއަޅުގެ ރައްބެވެ. މިއަޅު އިބައިލާހުގެ ނަންފުޅު ގެންފީމެވެ. މިއަޅުގެ އަމަލު ގަބޫލު ކުރައްވާފާނދޭވެ. މި ނޫންވެސް މާނަކުރެވޭ އިތުރުގޮތްތައް ހުރެއެވެ.

ގުރުއާން ކިޔެވުން ފަށައިގަންނައިރު އަމަލުކުރާނެ ގޮތަކާމެދު އިލްމުވެރިންގެ މެދުގައި ކުޑަ ޚިލާފެއް އޮވެއެވެ. ޚާއްސަގޮތެއްގައި ސޫރަތުލް ފާތިޙާ ކިޔަވާއިރު ބިސްމި ކިޔުމާމެދުއެވެ. ބިސްމި އެކުލެވިގެންވާ އާޔަތަކީ ކީރިތި ގުރުއާންގެ ބައެއް ކަމާމެދު އެއްވެސް ޝައްކެއްނެވެ. އެކަންވަރަށްވެސް ސާފެވެ. ސޫރަތުއް ނަމްލުގައި ސުލައިމާންގެފާނު ސަބާގެ ރަނިކަމަނާއަށް ފޮނުއްވި ސިޓީފުޅުގައި ލިޔުއްވި ބަސްފުޅު ގުރްއާންގައި ވަހީކުރައްވާފައިވެއެވެ. އެހެންވީމާ ބިސްމީގެ އާޔަތަކީ ގުރުއާންގެ އާޔަތެއްކަން އެނގެއެވެ.

އިލްމުވެރިންގެ ޚިޔާލު ތަފާތުވުމެއް އުޅެނީ ބިސްމި މިއާޔަތަކީ ފާތިހާ ސޫރަތުގެ އާޔަތެއްކަމާމެދުއެވެ. މުސްލިމު އުއްމަތުގެ ކުރީކޮޅުން ފެށިގެން މައްކާއާއި ކޫފާގައި ގުރުއާން ކިޔަވައި އުޅުނުގޮތގެތެރެއިން އާއްމުގޮތެއްގައި އަޅުގަނޑުމެން މިޔަވަނީ ކޫފާގައި ގުރުއާން ކިޔަވައި އުޅުނު ގިރާއަތަށެވެ. ކޮންމެ ޚަތިމެއް ހުޅުވައިލިޔަސް ފުރަތަމަ ފެނިވަޑައިގަންނަވާނީ އަލްޙަމްދެވެ. މަދީނާއާއި ބަސަރާއާއި އަދި އެހެންވެސް ސިޓީތަކުގެ ގިނަ ޢިލްމުވެރިން ބުނާގޮތުގައި ބިސްމިއަކީ ސޫރަތުއް ނަމްލުގެ އާޔަތެކެވެ. ސޫރަތުލް ފާތިޙާ ފަށާ އާޔަތެއއް ނޫނެވެ. އެކަމަކު އެފްރިކާގެ މުސްހަފެއް ހުޅުވާލައިފިއްޔާ ކުޑަކޮށްތަފާތުވެދާނެއެވެ. މޮރޮކޯފަދަ އެފްރިކާގެ ބައެއް ގައުމުތަކުގައި އެހެން ގިރާއަތަކަށް ކިޔަވައެވެ. މިއީ އުއްމަތުގެ މީހުންނަށް އެނގޭކަމެކެވެ.

ސުންނީ މުސްލިމުންގެ މައިގަނޑު ހަތަރު މަޒްހަބެއް ވެއެވެ. މިހަތަރު މަޒްހަބަކީވެސް އިސްލާމީ ސައްޙަ އަގީދާއެވެ. ޝާފިއީ މަޒްހަބާއި ހަންބަލީ މަޒްހަބުގައި އިލްމުވެރިން ބުނަނީ ބިސްމި އެއީ ފާތިހާ ސޫރަތުގެ ބައެއް ކަމަށެވެ. ގިނަ އަރަބި ގައުމުތަކާއި މިސްރާއި ސީރިޔާގައި ގިނައީ ޝާފިއީ މަޒްހަބަށް އުޅޭ މީހުންނެވެ. އެމީހުން ބުނަނީ ސޫރަތުލް ފާތިހާ ކިޔަވާއިރު ބިސްމި ބާރަށް ކިޔަވަންޖެހޭނެ ކަމަށެވެ. މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ކިޔަވައިދޭ ހަމްބަލީ މަޒްހަބަށްބަލާއިރު ބިސްމިއަކީ ސޫރަތުލް ފާތިހާގެ ބައެއްކަމަށް ގަބޫލުކުރިކަމުގައިވިޔަސް އަޑުހަރުކޮށް ފާތިހާ ސޫރަތްކިޔަވާ ނަމާދުތަކުގައި ބިސްމި ކިޔަން އޮންނަނީ މަޑުންނެވެ.

ހަނަފީ މަޒްހަބު އޮންނަ ޕާކިސްތާނާއި އިންޑިއާއާއި ބަންގްލަދޭޝްއާއި ތުރުކީގެ އިލްމުވެރިން ބުނަނީ ބިސްމިއަކީ ފާތިހާގެ ބައެއް ނޫންކަމަށެވެ. ބާރަށް ނުކިޔަވާށެވެ. މާލިކީންގެ ޕޮޒިޝަނަކީވެސް މިއެވެ.

ސޫރަތުލް ފާތިޙާގައި އޮންނަނީ ހަތް އާޔަތެވެ. ކީރިތި ގުރުއާންގައި އެކަން ބަޔާންކުރައްވާފައިވެއެވެ. ސޫރަތުލް ފާތިހާގެ ފަހު އާޔަތް އިލްމުވެރިން ދެބައި ކުރައްވައެވެ. صراط اللذ ين أنعمت عليهم މިއަށްފަހުގައި ފުލުސްޓޮޕް ޖައްސަވައި ދެން އޮންނަ ބައި ވަކި އާޔަތެއްގެ ގޮތުގައި ބަލައެވެ. އެގޮތުން ހަތް އާޔަތް ހަމަކުރެއެވެ.

އައްތިރްމިޛީގައި އަނަސް އިބްނި މާލިކް ގެންނަވާފައިވާ ހަދީސެއްގައި ވެއެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ތިމަންނަ މާތް ނަބިއްޔާގެ ފަހަތްޕުޅުގައި ނަމާދު ކުރަމެވެ. އަބޫބަކުރުގެ ފާނާއި ޢުމަރުގެ ފާނާއި އުޘްމާނުގެ ފާނުގެ ފަހަތްޕުޅުގައިވެސް ނަމާދު ކުރަމެވެ. އެއިން އެއްވެސް ބޭކަލަކު ބާރަށް ބިސްމި ނުކިޔުއްވައެވެ. ޝާފިއީ މަޒްހަބް ނޫން އަނެއް ތިން މަޒްހަބުގައި އަމަލުކުރަނީ ސޫރަތުލް ފާތިހާ ބާރަށް ކިޔަވާއިރު ބިސްމި ބާރަށް ނުކިޔުމެވެ.

ބިސްމި މަޑުން ކިޔެވުމަކީ ކޮބައިތޯއެވެ. ވަރަށް ގިނަ މުސްލިމުންނަށް މިއީ އޮޅުން އަރާ ކަމެކެވެ. މަޑުން ކިޔެވުމަކީ ހިތުން ކިޔެވުމެއް ނޫނެވެ. އަޑުނީއްވައިނަމަވެސް މަޚްރަޖާ އެއްގޮތަށް ތުންފަތާއި ދޫ ހަރަކާތްކޮށް ކިޔަވާކިޔެވުމުގެ ވައި އަނގައި ނުކުންނަންޖެހޭނެއެވެ.

ކޮމެންޓް
ާާޢަލިފުޅުބެ
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ [ އަލް ޙިޖްރު - 9 ] ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.
21 Sep 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.