ރައީސް އިބްރާހިމް މުހައްމަދު ޞާލިހް
ހަބަރު
21 Sep 2023 | 21:27
ނިޒާމީ ވޯޓަށް ދެވޭނޭ އެކަމުގެ މަރުހަލާތަކުގެ ތެރެއިން: ރައީސް ޞާލިހު

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނާނީ ރިޔާސީ ނިޒާމަކަށްތޯ ނުވަތަ ބަރުލަމާނީ ނިޒާމަކަށްތޯ ބެލުމަށްޓަކައި ނަގާ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެމު އަންނަ މަހު 30ގެ ކުރިން ނެގުމަށް އެންގޭނީ، އެކަމާ ގުޅޭ ގޮތުން ނިންމާގޮތް ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއާ އެކު ފާސްކޮށް ތަސްދީގު ކުރުމަށް ފަހު އެ މަނިކުފާނަށް ފޮނުވުމުން، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅުމަށް ފަހުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި މާލޭގެ ބައެއް ގެތަކަށް ޒިޔާރަތްކުރެއްވުމަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެ ގަރާރު، މަޖިލީހުގެ އިދާރާއިން އެ މަނިކުފާނަށް ފޮނުވާފައި އޮތް ކަމަށް ވާނަމަ، އެކަން ކުރިއަށް ގެންދިޔުމަށް އީސީއަށް އަންގަވާނެ ކަމަށެވެ.

އަޅުގަނޑަށް އެނގިފައި އޮތްގޮތުން، ގާނޫނުއަސާސީއަށް ބަދަލެއް ގެންނަންޏާ އެބައޮތް ޕްރޮސެސްއެއް ކުރިއަށް ގެންދަން ޖެހޭ. (މިހާރު އޮތް ގޮތަކީ) މަޖިލީހުން ވަކި ގޮތެއް ނިންމުމަށް ފަހު އަޅުގަނޑާ ހަމައަށް އައުމުން ވޯޓަކަށް ދިޔުމަށް ކުރަން ޖެހޭ ކަންކަން އީސީގައި އެދިގެން ކުރުން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް 

މީގެ އިތުރުން ރައީސް ވިދާޅުވީ، ނިޒާމު ބަދަލުކުރުމާ ގުޅޭ ވޯޓަކީ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއިން ވަކި ނުވާއިރު ވެސް ޕާޓީ ތެރޭގައި ދެކެވިފައިވާ ވާހަކަތަކެއް ކަމަށާއި އެއީ މިއަދަކު ފެންމަތިވި، އާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެއީ އެ މެމްބަރުން އެހާ ބޮޑަށް އެދޭ ކަމަކަށް ވާނަމަ ރައްޔިތުންގެ ވިސްނުން ހުރިގޮތް ބެލުމަށްފަހު ރިޔާސީ އިންތިހާބަށް ފަހު ވޯޓަކަށް ދިޔުމަކީ މާބޮޑު މައްސަލައެއް ނޫން ކަމަށް އޭރު ވެސް ވިދާޅުވެފައިވާނެ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ. 

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން ނިޒާމު ބަދަލުކުރުމަށް، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އީސީއަށް އެންގުމަށް، ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ގަރާރެއް ފާސްކޮށްފައެވެ.  މި ގަރާރު ފާސްކޮށްފައިވަނީ އެމްޑީޕީގެ މެންބަރުންވެސް ހިމެނޭހެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ފާސްކުރި އެ ގަރާރު މަޖިލީހުގެ އިދާރާއިން މިއަދު ވަނީ އީސީއަށް ފޮނުވާފައެވެ.

މަޖިލީހުން ފާސްކުރި ގަރާރު އެ އިދާރާއިން މިއަދު އީސީއަށް ފޮނުވާފައިވާއިރު، އެކަމާ ގުޅޭގޮތުން އީސީ އިން މިހާރު ވަނީ ގާނޫނީ ލަފާ ހޯދާފަ އެވެ. ނަމަވެސް އިލެކްޝަންސްގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބު ވިދާޅުވީ ގާނޫނީ ލަފައަށް ފަހު، އެ ފަދަ ވޯޓެއް ނެގުމުގެ ކުރިން ޖަވާބު ބޭނުންވާ ކަންކަން ހުރުމުން، އެ ކަންކަން ސާފުކުރުމަށް މަޖިލީހުގެ އިދާރާގައި މިހާރު އެދިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.