މުޢިއްޒުގެ ކެންޕެއިންގެ ތެރެއިން-- ފޮޓޯ/ ވޮއިސް
ހަބަރު
22 Sep 2023 | 12:53
ހައުސިންގ މަޝްރޫޢުތަކުގެ ކުލި ކުޑަ ކުރައްވާނެ ގޮތުގެ ފޯމިއުލާ ޑރ. މުޢިއްޒު ވިދާޅުވެދެއްވައިފި

ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ ދަށުން އާއްމުންނަން ދޫކުރެވޭ ފުލެޓް ތަކުގެ ކުލި ކުޑަ ކުރައްވާނެ ގޮތުގެ ފޯމިއުލާ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

"އާސްކް މުޢިއްޒު"ގެ ނަމުގައި ޑރ. މުޢިއްޒު އާއި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމްގައި ހިޔާ ފްލެޓާ ވިނަރެސް ފްލެޓްގެ ކުލި ކުޑަކުރާނެ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވެފައިވާތީ، ހިޔާ ނުވަތަ އެހެނިހެން ހައުސިންގް މަޝްރޫޢުތަކުގެ ކުލި ކުޑަކުރަން ޑރ.މުޢިއްޒުގެ ސަރުކާރެއްގަ ކަންކުރާނެ ގޮތަކީ ކޮބައިތޯ އާއި ފްލެޓްތައް ކުލި ކުޑަކުރާއިރު ނަގާފަހުރި ލޯނުތަކަށް ހަދާނީ ކިހިނެތްތޯ އާންމުންގެ މީހަކު ވަނީ ސުވާކު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މުޢިއްޒު ވަނީ، މީގެ ކުރިންވެސް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހިޔާ ފުލެޓް ތަކަށް ނެގުމަށް ނިންމެވީ 5,600 ރުފިޔާ ކަން ފާހަގަކުރައްވާފައެވެ. އެއީ މެއިންޓަނަންސް ފީއާއެވެސް ލައިގެން ނަގަން ނިންމި އަގެވެ. އަދި ބިމުގެ އަގާ ފައިނޭންސްއާއި އޭގެ ހުރިހާ އަގެއް ހެދީމަވެސް މަހަކަށް އެވަރަށް ނެގީމަ ކުންފުންޏަށް ފައިދާވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.

އެހެންނަމަވެސް މިސަރުކާރުން އެ ހިސާބު ރަނގަޅު ނޫންކަމަށްބުނެ ފުރަތަމަ ކުލީގެ ގޮތުގައި 11 ހާސް އަދި، ފަހުން 7 ހާސް އަދި މިހާރު މެއިންޓަނަންސް ފީ ނުލައި 5300 އަށް ހަދާފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

މުޢިއްޒު ވިދާޅުވީ މިސަރުކާރުން ކަން ކުރި ގޮތުން އެނގިގެންދަނީ ކުރީ ސަރުކާރުން ޖެހި ހިސާބު ދިމާވެފައިވާކަމަށެވެ.

"ހިޔާ ފްލެޓްގެ އަގު މިސަރުކާރުން ބޮޑުކުރީ. އަޅުގަނޑުމެން ރައީސް ޔާމީންގެ ވެރިކަމުގަ ބިމުގެ އަގާ ފައިނޭންސްއާއި އޭގެ ހުރިހާ އަގެއް ހެދީމަވެސް މަހަކަށް 5600 ރުފިޔާ ރައްޔިތުން އަތުން ނެގީމަވެސް ޕްރޮފިޓް ފައިވާ އެބަވޭ ކުންފުންޏަށް. އެހެންނަމަވެސް މިސަރުކާރުން ވިދާޅުވީ އެއީ ރަނގަޅު ހިސާބެއްނޫނޭ. މިސަރުކާރުން ފުރަތަމަ 11 ހާސް ފަހުން 7 ހާސް އަދި މިހާރު 5300 އަށް ހެދީމަ އަޅުގަނޑުމެން ޖެހި ހިސާބާއި ހަމަޔަށް އައިސްސަ އެއޮތީ. އަޅުގަނޑުމެން އޭރު ދެންނެވީ މެއިންޓެނެންސް ފީއާއެކު 5600 ގޮތުގަ ކަމަށް ކުރިއަށް ގެންދާނީ. އެ ހިސާބު ދިމާވާތީ ނޫންތޯ މިސަރުކާރުން އެހެން އެ ހެދީ. އެ އަގު ދިމާވާނެ" 

ޑރ. މުހައްމަދު މުޢިއްޒު 

މީގެއިތުރުން މުޢިއްޒު ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ އަނެއް މަޝްރޫޢުގެ ނަން ވިނަރެސް ފްލެޓްގެ ނަމަށް ބަދަލުކުރިކަމަށް ވިދާޅުވެފައެވެ.

މުޢިއްޒު ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ ހިސާބު ކިތާބާއި، ލޯނުތަކާއި ގުޅެ ހުރިހާ ކަމެއް އެނގިވަޑައިގަންނަވާ ކަމަށާއި، އެއްބަސްވުންތަކުގައި ސޮއި ކުރެއްވީވެސް މުޢިއްޒު ކަމަށެވެ. އަދި މި ފްލެޓްތަކުގެ ލޯނުތައް ދައްކާ މިހާރު ހުރި ވަރަށްވުރެ ކުލި މާބޮޑަށްވެސް ކުޑަ ކުރެވޭނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ދެން ވިނަރެސް ފްލެޓް މިބޭފުޅުން އާނަމެއް ދިނީ. އެތަނުގެ ހިސާބު ކިތާބާއި ހުރިހާ ލިޔެކިޔުމެއް ހެދިއިރު އެކަން ހިންގީ ހައުސިންގ މިނިސްޓްރީގަ އަޅުގަނޑު ހުރިއިރު. ފުރަތަމަ އެގްރީމެންޓްގަ ސޮއިކުރީވެސް އަޅުގަނޑު،ފަހުން އެޗްޑީސީއަށް އެގްރީމެންޓް ބަދަލުކުރީ. އެކަމަށް 2 ލޯނެއް އޮންނާނެ . މިހާރު ދައްކަންޖެހޭ ޑައުންޕޭމަންޓް އަދި މަހަކު ދައްކަންޖެހޭ ވަރު ބޮޑު. އެ ކުޑަކުރެވޭނެ އެއީ ހައި އެންޑް ނޫނީ މީޑިއަމް ޓު ހައި އެންޑް ގެ ފްލެޓް ތަކެއްނޫން. އެއީ އާދައިގެ އާމްދަނީއެއްލިބޭ ރައްޔިތުންނަށް ދޭން ނިންމާފަހުރި ތަންތަން. އެތަންތަނުގެ އަގުތައް މިހާރަށްވުރެ ކުޑަވާންޖެހޭނެ" މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ ވިނަރެސް ފްލެޓްތަކަކީ ހިޔާ ސޯޝަލް ހައުސިންގއަށް ވުރެ ރަނގަޅަށް ފިނިޝިންގ ނިންމާފައިހުރި ފްލެޓްތަކަށް ވުމުން ރޭންޖެއް ގެންގުޅޭވޭނެ ކަމަށާއި އެހެންނަމަވެސް މިހާރު ހުރި އަގަށްވުރެ މާ ރަނގަޅަށްވެސް ކުލި ކުޑަކުރެވޭނެކަމަށެވެ.

ކުލި ކުޑަކުރިނަމަވެސް ކުންފުންޏަށް ފައިދާވެ ލޯނު ދައްކާ ހުރިހާކަމެއްކުރެވޭނެކަން ފާހަގަކުރައްވާ މުޢިއްޒު ތަކުރާރުކޮށް ދެންނެވީ މިސަރުކާރުން ވިނަރެސް ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނަގަނީ މާ ބޮޑު އަގެއްކަމަށާއި، ވިނަރެސް ފްލެޓްތަކުގެ ކުލި ޔަޤީނުންވެސް އެއަށްވުރެ ކުޑަކުރެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.