ޑރ މުހައްމަދު މުއިއްޒު
ހަބަރު
23 Sep 2023 | 10:13
ޑރ މުއިއްޒުގެ ވެރިކަމެއްގައި ކުޅުދުއްފުށްޓަށް 2000 ހައުސިން ޔުނިޓް

ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި ހދ ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ހިނގަވާނެކަމުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ރޭ ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި، ކުޅުދުއްފުށީގެ ރައްޔިތުންނަށް އެންމެ މުހިންމީ ގެދޮރުގެ މައްސަލައަށް ހައްލެއް އައުން ކަން ފާހަގަކުރައްވައި ޑރ މުއިއްޒު ވަނީ ކުޅުދުށްފުށީގައި 2000 ހައުސިންގ ޔުނިޓުގެ ހައުސިން މަޝްރޫއުއެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. 

ޕްލޭން ކުރެވިގެން އެއަށްބޭނުންވާ އެ ހައުސިންގ ޔުނިޓުތަކަށް ބޭނުންވާ އެންސިލަރީ އެހެން ފެސިލިޓީސް މާނައަކީ ދެން ހުރި ހުރިހާ ޚިދުމަތްތަކެއް ލިބޭ ގޮތަށް ތަރައްގީ ކުރެވި މުޅި ސިޓީއަށް އޭގެ ދިރުން އަންނަ ގޮތަށް އިރާދަކުރެއްވިއްޔާ ގާއިމު ކުރެވިގެންދާ 2000 ހައުސިންގ ޔުނިޓުގެ ހައުސިން މަޝްރޫއުއެއް އަޅުގަނޑުމެން މި ސިޓީގަ ކުރިއަށް ގެންދާނަން

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން ގޯތިގެދޮރު އިމާރާތް ކުރުމަށްޓަަކައި އެމަނިކުފާނުގެ ސަރުކާރެއްގައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނުތަކުގެ ފައިދާ އެ ސިޓީގެ ރައްޔިތުންނަށް ކުރާނެކަމުގައިވެސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ހަމަ އެޔާއެކު ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގެ ފަސް އަހަރު ނިމޭއިރު ކުޅުދުއްފުށީގެ އެއްވެސް ރައްޔިތަކަށް ގޯއްޗެއް ނެތޭ ނުބުނެވޭވަރަށް އެ މަޝްރޫއު ހިންގަވައިދެއްވާނެކަމުގެ ޔަގީންކަން ރޭގެ ޖަލްސާގައި މުއިއްޒު ވަނީ އަރުވައިފައެވެ. 

މީގެއިތުރުން އެ ސިޓީގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.