ޑރ މުހައްމަދު މުއިއްޒު
ހަބަރު
23 Sep 2023 | 10:27
ނިޒާމީ ވޯޓަށް ޝައުގެއް ނެތް، ފޯކަސް ހުރީ ދެވަނަ ބުރަށް: ޑރ މުއިއްޒު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނަން ފެންނަނީ ބަރުލާމާނީއަށްތޯ ނުވަތަ ރިޔާސީ ނިޒާމަށްތޯ ބެލުމަށް، ނިޒާމު ބަދަލުކުރުމާ މެދު ނަގާ ވޯޓަށް މި ވަގުތު އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި މިވަގުތު ފޯކަސް އޮތީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ރޭ ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ، ނިޒާމީ ވޯޓެއް ނެގުމާ މެދު އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

އަޅުގަނޑު ތިކަމާ ބަހުސްއަކަށް ދާކަށް ނެތިން. އަޅުގަނޑު ފޯކަސް ކުރާނީ މި އިންތިޚާބަށް

ޑރ މުހައްމަދު މުއިއްޒު 

އިންތިހާބުގެ ފުރަތަމަ ބުރަށް ފަހުގައި މިހާތަނަށް 50ކަށް ރަށަށް ދެއްވިއްޖެ ކަމަށާއި ކޮންމެ ރަށެއްގެ ރައްޔިތުންގެ ކިބައިންވެސް ފެންނަނީ އިންތިހާއަށް މާޔޫސްކަން ކަމުގައި ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

އަދި ހަމައެހެން ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެ ބޭފުޅުންނަށަށް އިތުބާރުކޮށް ގިނަ ކަންކަމަކަށް އެދޭކަމަށާއި އެކަންކަން މުއިއްޒުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމުގައި އެނާ ވިދާޅުވިއެވެ. 

މުއިއްޒު އިތުރަށް ވިދާޅުވީ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރުގައި ވަކިކޮޅަކަށް އަރުއްވަން ނިންމާފައި ނުވާ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވޯޓުދިން ފަރާތްތަކުން ވެސް އޭނާއަށް ދެވަނަ ބުރުގައި ވޯޓު ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި, ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި އާ ޕާޓީ "ދަ ޑިމޮކްރެޓްސް"އިން މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ކުރިން ނިޒާމާގުޅޭ ވޯޓެއް ނެގުމަށެވެ. ނަމަވެސް އެމްޑީޕީއާއި ޕީޕީއެމުން ވެސް އެއްބަސް ވަނީ ރިޔާސީ އިންތިޚާބަށް ފަހު ނިޒާމާ ގުޅޭ ވޯޓެއް ނެގުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.