ޑރ މުހައްމަދު މުއިއްޒު
ހަބަރު
23 Sep 2023 | 11:29
އިލެކްޓްރިކް ވެހިކަލަށް އިންވެސްޓް ކުރަން އެހީވާނަން: ޑރ މުއިއްޒު

ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި އިލެކްޓްރޯނިކް އުޅަނދުތަކަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންވެސްޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރޭ ކުޅުދުއްފުށީ ގައި ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ސިޓީތަކުގައި ވަރަށް ގިނަ އަދަދަކަށް ވެހިކަލްތައް އެބަހުރި ކަމަށެވެ. ނަަމަވެސް، ތިމާވެއްޓަށް ވިސްނައި އިންޖީނުލީ އުޅަނދުތައް މަދުކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންވީމަ އިލެކްޓްރިކް ވެހިކަލަށް އިންވެސްޓްކުރަން ބޭނުންވާ މީހުންނަށް އެ ކަމަށް ޓަކައި އިންސެންޓިވް އަޅުގަނޑުމެން ދޭނަން

ޑރ މުހައްމަދު މުއިއްޒު 

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އިލެކްޓްރިކް ވެހިކަލަށްތައް ގެނެސް އެންމެ ފުރަތަމަ އެ ކަން ތައާރަފު ކުރާނީ ސިޓީތަކަށް ކަމަށާއި އެ ފަދަ ވެހިކަލްތައް ޗާޖުކުރާނެ ސްޓޭޝަންތައް ވެސް އެ ސިޓީތަކުގައި ގާއިމުކުރައްވާނެ ކަމަށެވެ. އަދި، ބައިސްކަލް ދުއްވުން އިތުރުކުރުމަށް ޓަކައި އީ ބައިކް ރާއްޖޭގައި ތައާރަފުކުރައްވާނެ ކަމުގައިވެސް ރޭގެ ޖަލްސާގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ރޭގެ ޖަލްސާގައި ޑރ މުއިއްޒު ވިދާޅުވީ، ރާއްޖެ ތަރައްގީކުރުމުގައި ވިސްނުމަކީ ސަރަހައްދީ ތަރައްގީ އެއްފަސްކުރުން ކަމަށާއި އެ ކަން ކުރާނީ ހުރިހާ ރައްޔިތުންގެ މަޝްވަރާއާ އެކު ހެދޭ ނެޝަނަލް ޑިވަލޮޕްމަންޓް ޕްލޭނަކާ އެކު ކަމުގައެވެ. 

އެގޮތުން ކުޅުދުއްފުށްޓަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 2000 ހައުސިން ޔުނިޓް އަޅައިދޭނެކަން ރޭ އިއުލާންކޮށްފައިވާއިރު، އޭގެ އިތުރުންވެސް އެ ސިޓީގެ ހުރިހާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާއިރު ވަކި މަގުތަކެއް ރޭސިންގް އަށް ތަރައްގީ ކޮށްދެއްވާނެ ކަމުގައި މުއިއްޒުވަނިީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުންވެސް ޓާޝަރީ ހޮސްޕިޓަލް ހަގީގީ މާނައިގައި ބޭނުންކުރެވޭ ގޮތަށް ތަރައްގީ ކުރުމާއެކު އެރަށުގައި ދަމަނަވެއްޓެއް ގާއިމްކުރުމުގެ އިތުރުން ޑޮލަރު ނެގޭނެ އޭޓީއެމްއެއް ތަރައްގީ ކޮށްދެއްވާނެ ކަމުގައި ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.