އަމްރު އާއި ހަސަން ލަތީފް -- ފޮޓޯ/ މިހާރު
ހަބަރު
24 Sep 2023 | 10:13
ޑިމޮކްރެޓްސްގެ ރައީސް ކަމަށް ހަސަން ލަތީފާއި އަމްރު ވާދަކުރައްވަނީ

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ވަފާތެރި ގިނަ ބަޔަކު އެޕާޓީން ވަކިވެގެން އުފެއްދި އާ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ރައީސް ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެސްޓީއޯ ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި އިލްޔާސް ލަބީބު ގެ ރަނިންމޭޓަކަށް ކަނޑައެޅުނު ހުސައިން އަމްރު، ވާދަކުރައްވަން ނިންމަވައިފިއެވެ.

‏ދަ ޑިމޮކްރެޓްސް ގެ އިންޓަރިމް ކައުންސިލުން އިއްޔެ ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބު 2 ޑިސެމްބަރުގައި ބާއްވަން ނިންމާފައެވެ. 

އިންތިޚާބު އިއުލާން ކުރުމާއެކު އަމްރު ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކަން އިއުލާން ކުރައްވައި އެކަމުގަ އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާ ތާއީދު ދެއްވުން އެދި ދަންނަވާފައެވެ.

އަމްރުގެ އިތުރުން ހަސަންވެސް ކުރެއްްވި ޓުވީޓެއްގައި އޭނާ ވަނީ ޑިމޮކްރެޓްސް ގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެ ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން އެކަމުގައި ދެއްވުން ވަރަށް ބޮޑަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން 3،560 މީހުންގެ ފޯމް ހުށަހަޅީ ޖޫން އެއް ވަނަ ދުވަހުއެވެ. އެއަށްފަހު އެ ޕާޓީ ރެޖިސްޓާރ ކޮށް، ރިޔާސީ އިންތިހާބުގައި ވެސް ޕާޓީގެ ފަރާތުން ކެންޑިޑޭޓެއް ނެރެފައިވާއިރު، ޑިމޮކްރެޓްސް ގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ވަނީ އިންތިހާބުން ތިންވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައެވެ. 

މިހާރު އެ ޕާޓީއާ ގުޅުނު މެންބަރުންގެ އަދަދު އިތުރުވެފައިވާއިރު، އެ ޕާޓީއަށް ނިސްބަތްވާ 13 މަޖިލީސް މެންބަރުންވެސް ތިއްބަވައެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ އަކީވެސް ޑިމޮކްރެޓްސް އަށް ވަނީ ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.