ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް.
ހަބަރު
24 Sep 2023 | 12:38
ރައީސް ނަޝީދުގެ ޕާޓި އަނބުރައި ހޯދައިދީ، އިންސާފު ހޯދައި ދެވޭނީ އަޅުގަނޑުމެނަށް: ޝިޔާމް

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަތްޕުޅުން އަތުލެވުނު ޕާޓީ ހޯދައިދީ އެމަނިކުފާނަށް ދެވުނު ހަމަލާގެ  މައްސަލައިގައި އެމަނިކުފާނަށް އިންސާފު ހޯދައި ދެވޭނީވެސް ޕީޕީއެމް/ޕީއެންސީގެ ސަރުކާރަކަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޝިޔާމް މިފަދައިން ޓްވީޓް ކުރައްވައިފައި މިވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ދެއްކެވި ވާހަކަ ފުޅަކާއި ގުޅިގެނެވެ.

އިމްތިޔާޒް ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ފޮޓޯތައް އެމަނިކުފާނުގެ އާއިލާއިން ހާމަ ނުކުރިނަމަ ސަރުކާރުން އެކަންކަން ތަހްޤީޤް ނުކުރީސް ކަމަށެވެ.

މިކަމާއި ގުޅިގެން ޝިޔާމް ކުރައްވާފައިވާ ޓްވީޓެއްގައި އިމްތިޔާޒްގެ ވާހަކަ ފުޅަށް ޝިޔާމް ތާއީދު ކުރައްވައިފައިވެއެވެ.

އަދި އެހަމަލާގެ މަޢުލޫމާތު ދިފާޢީ ވަޒީރު މާރިޔާ އަހްމަދު ދީދީއަށް ލިބިވަޑައިގަތުމުންވެސް ފިޔަވަޅެއް ނޭޅުއްވި ކަމަށާއި، އަދި އެކަން ހިނގައިގެން މިއަދާއި ހަމައަށްވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޅިޔަނު ސީޕީ މުޙައްމަދު ޙަމީދު މެދުވެރި ކުރައްވައި ރަނގަޅު ތަހްޤީޤެއް ހިންގައިފައި ނުވާ ކަމަށްވެސް ޝިޔާމް ވިދާޅުވެފައި ވެއެވެ.

"ނިގުޅައި ގަތް ޕާޓީވެސް ހޯދައިދޭނީ އަޅުގަނޑުމެން، ރައީސް ނަޝީދަށް އިންސާފުވެސް ހޯދައިދޭނީ އަޅުގަނޑުމެން" ޝިޔާމް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް ގިނަ ދުވަސް ތަކެއް ވެފައިވާއިރު އަދިވެސް އެކަމުގައި އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ