އެމްއާރްއެމްގެ ލީޑަރޝިޕް ގެ ބޭފުޅުން މުޢިއްޒަށް ތާއީދު ކުރެއްވުން-- ފޮޓޯ/ ޕީޕީއެމް
ހަބަރު
25 Sep 2023 | 08:13
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއްގެ ތާއިދު ޑރ. މުއިއްޒަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ މި ކޯލިޝަން ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމައިފިއެވެ.

އިއްޔެ ހަވީރު ގަލޮޅު ކަންމަތީގައި ބޭއްވި ކަންމަތީ ޖަލްސާގައި ޑރ. މުޢިއްޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައި ވަނީ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓްގައި ސަރުކާރުގެ މަގާމް ތަކުގައި ތިއްބެވި އެޕާޓީގެ އިސް ބައެއް ފަރާތްތަކުންނެވެ. 

ޑރ. މުއިއްޒަށް ތާއިދު ކުރަން ނިންމެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ؛

1) އިސްމާއިލް ޒަބީހް (ކުރީގެ ޑެޕިއުޓީ މިނިސްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)

2) އަލީ ތޯއިފް (ސީނިއާ އެގްޒެކެޓުވް ޑިރެކްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)

3) އިސްމާއިލް ރައޫފް(ސީނިއާ އެގްޒެކެޓުވް ޑިރެކްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)

4) އަބްދުالله އަނީސް (ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ, އެމްއާރްއެމް އެކްސްކޯ މެންބަރު)

5) އަހްމަދު ޒިޔާން އަބްދުއްރަހްމާން (އެންވަޔަރަމެންޓް މިނިސްޓރީގެ ޑެޕިއުޓީ މިނިސްޓަރ, އެމްއާރްއެމް އެކްސްކޯ މެންބަރު)

6) ޝިމާޒް އަލީ (ޑެޕިއުޓީ މިނިސްޓަރ)

7) ޒާން އަހްމަދު ނިޔާޒް

8) އަހްމަދު އިބްރާހިމް (އެމްއާރްއެމް ކުރިގެ އެކްސްކޯ މެންބަރު)

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން އާއި, ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގެ އިތުރުން ޑިމޮކްރެޓްސް ގެ އިލްޔާސް ލަބީބާއި އަމިއްލަ ގޮތުން ވާދަކުރެއްވި ޒަމީލް އާއި އުމަރު ނަސީރު ނިންމަވާފައި ވަނީ ދެވަނަ ބުރުގައި ވަކި ކޮޅަކަށް ތާއީދު ނުކުރުމަށެވެ. އެހެން ނަމަވެސް, އެ ޕާޓީ ތަކާއި ފަރާތްތަކަށް ތާއީދު ކުރައްވާ ފަރާތް ތަކުން އަންނަނީ ދެ ފަރާތަށް ބެހެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.