ގަލޮޅުގައި ބޭއްވި ކަންމަތީ ޖަލްސާގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
25 Sep 2023 | 08:50
ބޯހިޔާވެހިކަމަށް ހައްލު ގެންނާނީ ދައުރު ނިމެން ދެ ދުވަހަށްވީމަ ނެރޭ އިއުލާނަކުން ނޫން: މުއިއްޒު

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ގެނެސްދޭނީ ދައުރު ނިމެން ދެ ދުވަހަށް ވީމަ ނެރޭ އިޢުލާނަކުން ނޫން ކަމަށް ވިދާޅުވެ، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑު ވިދާޅުވެއްޖެއެވެ. 

އިދިކޮޅުން އިއްޔެ ގަލޮޅުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފި ނަމަ ކުރައްވާނީ އަނިޔާވެރި ވެރިކަމެއް ކަމަށް ރައީސް ޞާލިހާއި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ވިދާޅުވަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ އަނިޔާވެރި ކަމާއި ބޭއިންސާފު ތާ އަބަދަށް ނިމުމަކަށް ގެންނެވުމަށް ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކައްސާލައިގެން ގޮސްފައިވާ ކަމަށާ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަންކަމުގެ ތެރޭގައި ޚާރިޖީ ސިޔާސަތު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ހިމެނޭނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

ގަލޮޅުގައި ބޭއްވި ކަންމަތީ ޖަލްސާގެ ތެރެއިން--ފޮޓޯ/ޕީޕީއެމް 

މިއާއެކު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ގެދޮރުވެރިކަން މާލޭގެ ހުރިހާ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ކަށަވަރު ކަމާއެކު ފޯރުކޮށްދެއްވާނެ ކަމަށެވެ. ހަމަ އެހެންމެ ރާއްޖޭގެ އުތުރާއި ދެކުނުން ހުރިހާ ރައްޔިތުންނަށް، ތަފާތުކުރުމެއްނެތި އެ މީހަކު ބޭނުންވާ ތަނަކުން ގެދޮރުވެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އިގްތިސޯދު ނަގާ ކޮޅަށް ޖަހަމުން، އިގްތިސޯދުުގައި ބުންވަރާއި ހަކަތަ އުފައްދަމުން ތަރައްގީގެ މަޝްރޫތައް ގެނެސް ގައުމުގައި ތަރައްގީ ބާރު ދުވެލީގައި އަނެއްކާވެސް ދާތަން އިރާދަކުރެއްވިޔާ ފެނިގެންދާނެ. އަޅުގަނޑުމެންގެ ނެހެދި މިހިރަ މަގުތައް ހަދައިދީ، މާލޭގައި އޮތް ޕާކިން މައްސަލަ ހައްލުކޮށްދީ، މާލޭގައި ހުރި އެކި ކަހަލަ ނޭދެވޭ ކަންތައްތަކަށް ދާއިމީ ނިމުން އިރާދަކުރެއްވިޔާ ގެނެސްދޭނަން". މުއިއްޒު ވިދާޅުވިއެވެ.

ގަލޮޅުގައި ބޭއްވި ކަންމަތީ ޖަލްސާގެ ތެރެއިން--ފޮޓޯ/ޕީޕީއެމް 

މީގެ އިތުރުން "ކަނޑު އަޑިންނާއި ޖައްވުންނާއި އެކި ތަންތަނުން ދީފައިވާ ގޯތިތަށް" ހަގީގަތަކަށް ހަދައިދެއްވައި އެ ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށްޓަކައި ފަހި ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ގިނަ ގެތަކަށް ވަދެފައި ހުންނާނެ. ވަރަށް ވަރަށް ނިކަމެތިކޮށް އެތައް ރައްޔިތުންނަށް އުޅެމުންދަނީ. އެކަން ނިމުމަކަށް ގެންނަންޖެހޭ. އެކަން ނިކުމަކަށް ގެންނާނީ ދައުރު ނިމި. ފުރަތަމަ ބުރު ނިމި ދެވަނަ ބުރު ނިމެން  ދެ ދުވަހަށްވީމަ ނެރޭ އިއުލާނަކުން ނޫން. އެކަން ނިމުމަކަށް ގެންނާނީ އަޅުގަނޑު މި ހަމުށަހަޅާ ގޮތަށް ކަންކަން ކޮށްގެން. އަޅުގަނޑުމެންގެ ސަރުކާރެއްގައި ފުރަތަމަ އަހަރު، ހަމާއި ބާރަމަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިޔާ، މި ސަރަހައްދު ގައި ހިއްކަން އަޅުގަނޑުމެން ހުށަހަޅާ މި ހުރިހާ ތަނެއް ހިއްކައި ނިންމަދޭނަން"

ޑރ. މުހައްމަދު މުޢިއްޒު 

މުއިއްޒު ވިދާޅުވީ އެތަންތަން ހިއްކުމަށްފަހު އެތަންތަނަށް އިގްތިސޯދީގޮތުން ގެންނަންޖެހޭ ހުރިހާ ކުރިއެރުންތަކެއް ގެނެސް، ފުރުސަތުތައް ފަހިކޮށްދީ، އިންވެސްޓްމަންޓްގެ އެކި ފުރުސަތުތަކަށް ހުޅުވާލައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.