ދިވެހީންގެ އިޤްތިސާދު މެނިފެސްޓޯ އާންމު ކުރަމަށް ރޭ މޫނިމާ ބިލްޑިންގައި ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
25 Sep 2023 | 09:49
ސޮވެރިން ފަންޑަށް އަލުން ޑޮލަރު ޖަމާކޮށް، ފަންޑު ހިމާޔަތް ކުރަން ގާނޫނެއް ހަދާނަން: ޑރ.މުއިއްޒު

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި އުފެއްދެވި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް އަލުން ޑޮލަރު ޖަމާކުރައްވައި އެ ފަންޑު ރައްކާތެރި ކުރަން ގާނޫނެއް ހަދާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހީންގެ އިޤްތިސާދު މެނިފެސްޓޯ އާންމު ކުރަމަށް ރޭ މޫނިމާ ބިލްޑިންގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މި ވެރިކަމުގެ ކުރިން ދީޔަ ވެރިކަން ތަކުގައި، ޖުމުލަ 40 އަހަރުގެ ތެރޭގައިވެސް ޗާޕުކޮށްފައި ވަނީ 6 ބިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް، ހަމައެކަނި މި ފަސް އަހަރުގައިވެސް 8 ބިލިއަން ޗާޕުކޮށްފައިވާ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފައިސާ ގިނަވެ، ޑޮލަރުގެ އަގު ވެއްޓިގެންގޮސް ތަކެތީގެ އަގުވެސް މަތި ވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުންވެސް މުޢިއްޒު ވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިގްތިސާދީ ހާލަތު އޮތް ގޮތާއި މިހާރު އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި، އަލުން އަނބުރާ ކުރިން އޮތް ވަރަށް އިއާދަކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ޕްލޭންގައި ހިމެނޭ ގިނަ ކަންކަން ހިއްސާ ކުރައްވާފައެވެ. 

"މި ސަރުކާރުގެ ވޭތުވެ ދިޔަ ފަސް އަހަރު ނިމޭއިރު ބަޖެޓް ޑެޕޮސިޓް މިހިރީ 15 އިންސައްތައިގައި. އަޅުގަނޑުމެންގެ މި އިޤްތިސާދީ މަސައްކަތް ކުރިޔަށް ގެންގޮސް ނިންމާއިރު އިރާދަކުރެއްވިއްޔާ އެވްރެޖްކޮށް އަޅުގަނޑުމެންގެ ބަޖެޓް އެފްސީޑީ ސިންގަލް ޑިޖިޓަށް ކުޑަކުރާނަން." މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ޑޮލަރުގެ އެކްސްޗޭންޖު ރޭޓުވެސް މިހާރު މައްޗަށްގޮސް 18 ރުފިޔާއާއި ހަމައަށް ގޮސްފައިވާ ކަމަށާއި އެ ރޭޓުވެސް ތިރިކޮށް އެއް ހަމައެއްގައި ހިފަހައްޓައިދެއްވާނެ ކަމަށެވެ. އަދި މި ސަރުކާރުން މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ރިޒާވް އިންވެސް 130 މިލިއަން ޑޮލަރު ހުސްކޮށްފައިވާ ކަމަށާ، އެހެންކަމުން އެމަނިކުފާނުގެ ފަސް އަހަރުގައި އެމްއެމްއޭގެ ރިޒާވް އިތުރުކޮށް ކުރިއަށްވުރެ މައްޗަށް ގެންދާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެެވެ.

ދިވެހީންގެ އިޤްތިސާދު މެނިފެސްޓޯ އާންމު ކުރަމަށް ރޭ މޫނިމާ ބިލްޑިންގައި ބޭއްވި ޖަލްސާގެ ތެރެއިން--ފޮޓޯ/ޕީޕީއެމް 

މީގެ އިތުރުން، މުޢިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އުފައްދާފައިވާ އެސްޑީއެފް ފަންޑުގައި އެމަނިކުފާނުގެ ސަރުކާރު ނިމުނުއިރު ޑޮލަރު ހުރި ނަމަވެސް މި ސަރުކާރުން އެ ޑޮލަރު އެކި ބޭނުންތަކަށް ނަގައި އެ ފެންޑަށް ދިވެހި ރުފިޔާ ޖަމާކުރަން ފަށާފައިވާ ކަމަށެވެ. އަދި ސަރުކާރުން ދަނީ އެ ފައިސާވެސް އެކި ކަންކަމުގައި ބޭނުންކުރަމުން ކަމަށެވެ.

""އަނެއްކާވެސް އަޅުގަނޑުމެން އެސްޑީއެފްގައި ޖަމާކުރާނީ ޑޮލަރުން. ޑޮލަރު އެއާޕޯޓަށް ލިބޭ ޑޮލަރާ ޓޫރިޒަމް ސެކްޓާއިންނާ އެކި ގޮތް ގޮތުން އަޅުގަނޑުމެން ގާނޫނެއް ހަދައިގެން، ގާނޫނީ ބާރުވެރިކަމާއެކީގައި އެސްޑީއެފް ހިމާޔަތްކޮށްގެން އެއަށް ޑޮލަރު ލިބޭނެ އިތުރު ގޮތްތަކެއް ކަނޑައަޅައިގެން، އެސްޑީއެފްއަކީ މަހުން މަހަށް ގިނަ އަދަދެއްގެ އާމްދަނީ ޖަމާވާ ފަންޑަކަށް ހަދާނަން،"." 

ޑރ. މުހައްމަދު މުޢިއްޒު 

މިއާއެކު ޑރ. މުޢިއްޒު ވަނީ 2026 އާ ހަމަޔަށްދާއިރަށް ރާއްޖޭގެ ދަރަނިތައް މެނޭޖް ކުރާނެ ގޮތްތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގައި ހުރި ހިސާބަށް ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މިހާރު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ވަރަށް ދަށްކޮށް އޮތީ، އެ ކްރެޑިޓް ރޭޓިންގ 2016 ގައި ހުރި ހިސާބަށް ގެންދަން އަނބުރާ." މުއިއްޒު ވިދާޅުވިއެވެ.

ދަރަނި އަދާކުރުމަށްޓަކައި ކްރެޑިޓް ރޭޓް މަތިކޮށް އިންވެސްޓަރ ކޮންފިޑެންސް އަނބުރާ ގެނެސް ލޯންތައް ރީ ފައިނޭންސް ކުރާނެ ކަމަށާއި އޭރުން ލޯންތައް އަދާކުރުމުގައި މާބޮޑު އުނދަގުލެއް ނާންނާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.