ޑރ. މުއިއްޒު އަރިހުގައި ނޫ ބުރުގާ އަޅައިގެން ޝަފީއާ--
ހަބަރު
25 Sep 2023 | 14:24
ޑިމޮކްރެެޓްސްގެ ޝަފީއާގެ ތާއީދު ވެސް ޑރ. މުޢިއްޒަށް

އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތު މަސައްކަތް ކުރެއްވުމަށްފަހު ދަ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންނެވި ޝަފީއާ ޒުބައިރު އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ކެމްޕޭން ކޮށް ދެއްވަން ފައްޓަވައިފި އެވެ. 

ޝަފީއާއަކީ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. މީގެ ކުރިން އެމްޑީޕީގެ މައު ހަރުގޭގެ ގޮތުގައި ބޭނުން ކުރަމުންދިޔަ އިމާރާތް، ހ. ވެޔޮވިލާގެ ވެރިޔާ އަކީވެސް އޭނާ އެވެ. ނަމަވެސް، އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި އެޕާޓީގެ ތެރެއިން ދަ ޑިމޮކްރެޓްސް އުފެދުމާއިއެކު ޝަފީއާ އެ ކޮޅަށް ޖެހި، އެމްޑީޕީގެ އަތުން އެ އިމާރާތް ނަގަން ނިންމެވިއެވެ. 

އެއަށްފަހު އެމްޑީޕީގެ އެ މައި ޖަގަހަ އޭނާ ވަނީ ދަ ޑިމޮކްރެޓްސްއަށް ދޫކުރަން ނިންމާފައެވެ. އެހެންކަމުން މިހާރު އެތަން ބޭނުންކުރަމުން އަންނަނީ ޑިމޮކްރެޓްސް އިންނެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް ގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކާމިޔާބީ ނުލިބުމުން އެ ޕާޓީން ނިންމީ ދެވަނަ ބުރަށް ދިޔަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާށެވެ. އެހެންނަމަވެސް، ޑިމޮކްރެެޓްސްގެ ގިނަ މެންބަރުންގެ ތާއީދު ދެމުން ގެންދަނީ އިދިކޮޅު ކެންޑިޑޭޓް މުއިއްޒަށެވެ.

އެގޮތުގެ މަތީން ޝަފީއާވެސް މުޢިއްޒަށް ތާއީދު ކޮށްފައިވާއިރު އޭނާ އަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ، ފަހަތްޕުޅުގައި ބޮޑު ޓީމެއް އޮންނަ މެންބަރެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.