ކުރީގެ ޕީޖީ މުހުތާޒު--
ހަބަރު
25 Sep 2023 | 16:42
ސިޔާސީ ވާހަކަ ދައްކަންވާނީ ފާޑުކިޔުންތަކާއި ކުރިމަތިލާން ޖެހިދާނެކަން ދަނެގެން: މުހުތާޒު

ސިޔާސީ މައިދާނަށް ނިކުމެ ސިޔާސީ ވާހަކަތައް ދައްކަންވާނީ އާންމުންގެ ފާޑުކިޔުންތަކާއި ހިތްހަމަ ނުޖެހުންތަކާއި ކުރިމަތިލާންޖެހިދާނެކަން ދަނެ ތިބެ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ. 

އިދިކޮޅު ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެ އަނެއްކާ ވެސް ވެއްޓޭނީ ބިރުވެރި ހާލަތަކަށް ކަމަށް ވިދާޅުވެ މީޑިއާތަކަށް އިންޓަވިއު ދެއްވަމުން ދިޔަ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމަށް މަގުމަތިން ފުރައްސާރަ ކުރުމުން އެކަން ފުލުހަށް ހުށަހަޅައި ޕީޕީއެމަށް ނުރުހުން އަމާޒުކުރައްވަމުންދާ މި ދަނޑިވަޅުގައި މުހުތާޒު ކުރެއްވި ޓްވީޓެއްގައި ވަނީ އެފަދައިން ސިޔާސީ ވާހަކަ ދައްކަވަން ވަނީ އެކަންކަމާއި ގުޅިގެން ފުރައްސާރައާ ކުރިމަތިލާންޖެހޭނެކަން ވެސް ދަނެގެން ކަމަށެވެ. 

"އެކަން ހަޖަމުނުވާނަމަ އެމަގުން ހިނގުން ބުއްދިވެރިއެއްނޫން." މުހުތާޒު ވިދާޅުވި އެވެ. 

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި އޮޑިޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރެވުނު ނިޔާޒު ޕީޕީއެމަށް ފާޑުކިޔަމުންދާތީ، މީހަކު ވަނީ ނިޔާޒާ މަގުމަތިން ދިމާކޮށްލައިފައެވެ.

ސޯޝަލް މީޑިއާގައި އެމީހާ ދައުރު ކޮށްފައިޗާ ވީޑިއޯއިން ފެންނަ ގޮތުގައި ބީއެމްއެލް އިސްލާމިކް ބޭންކަށް ނިޔާޒު ސައިކަލުގައި ދަނިކޮށް އެ މީހާ ވަނީ ނިޔާޒުގެ ފަހަތުންގޮސް އެއްޗެހި ގޮވައި ތުހުމަތުތަކެއް ކޮށްފައެވެ. އެ ތުހުމަތުތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އޭނާއަށް ލިބިފައިވާ ކަމަށް ގޮވިއެވެ. ނިޔާޒު ސައިކަލް ޕާކްކޮށްފައި ބޭންކަށް ހިންގަވާފައި ވަޑައިގެންނެވި މަގުމަތީވެސް އެ މީހާ ވަނީ ކެމަރާ ކުރަމުން، ނިޔާޒަށް އެއްޗެހި ގޮވަމުން ފަހަތުން ގޮސްފައެވެ. އެ މީހާ އެންމެ ބޮޑަށް ރުޅިވެރިކަން ފާޅުކުރި އެއް ކަމަކީ ޕީޕީއެމްއާ ދެކޮޅަށް ނިޔާޒު އިންޓަވިއުތައް ދިނުމެވެ.

އެކަމާއި ގުޅިގެން ނިޔާޒް ވަނީ، އޭނާ ބޭންކަށް ވަޑައިގެންނެވި މަގުމަތީގައި "ބޯދިގުކޮށްފައިވާ" "ގުންޑާއެއް" އޭނާއާއި މަގުމަތިން ދިމާކޮށް ފުރައްސާރަކޮށް އިންޒާރު ދީފައިވާކަމަށެވެ. އަދި މިހާރުއްސުރެ ޕީޕީއެމްގެ އަސްލު ސިފަ މިދަނީ ފެންނަމުން ނިޔާޒް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.