ރޭގެ ޖަލްސާގައި ޑރ. މުޢިއްޒު ވާހަކަދައްކަވަނީ--ފޮޓޯ/ ޕީޕީއެމް
ހަބަރު
26 Sep 2023 | 09:30
މި އަންނަނީ ފަސްބައި ސާފު އަދި ހާމަކަންބޮޑު ސަރުކާރެއް ގާއިމް ކުރަން: ޑރ. މުޢިއްޒު

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެކުލަވާ ސަރުކާރެއް ވާނީ ފަސްބައި ސާފު އަދި ހާމަކަންބޮޑު ސަރުކާރެއް ކަމަށާ އެ ސަރުކާރުގައި ފޮރުވާނެ ކަމެއް ނުބާއްވަވާނެ ކަމަށް އިދިކޮޅު އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ލ. އަތޮޅަށް ކުރައްވާ ދަތުރުގައި ރޭ ގަމުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވާނީ ބަހާ އަމަލާ ދިމާވާ ބޭފުޅެއް ކަމަށެވެ. އަދި މުޅި ރާއްޖޭގެ ތަޞައްވަރު ހާމަކޮށް އެމަނިކުފާނު ދައްކަވަމުންދާ ވާހަކަތަކަކީ އެކަންކަން ކުރުމަށްޓަކައި ދައްކަވާވާހަކަ ކަމަށާ، އެމަނިކުފާނު ވާނީ އަމަލީ ގޮތުން ނަތީޖާ ނެރެދޭނެ ބޭފުޅަކަށް ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރަން އެމަނިކުފާނު އެކުލަވާލާ ޓީމުވެސް ވާނީ އިޚްލާސްތެރިކަމާއި އެކު މަސައްކަތް ކުރެވޭ ފަދަ ޓީމަކަށް ކަމަށް ވިދާޅުވި އެވެ. 

"ކެބިނެޓަށް ނަގާނީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ބޭފުޅުން. ފަސްބައި ސާފު، ތައުލީމީ، ޤާބިލް ،އަޅުގަނޑު އެދޭ ސްޕީޑުގައި އެކަންކަން ކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރެވޭ ފަދަ ބޭފުޅުން. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި ވެސް އެކަން އޮންނާނީ އެގޮތަށް. އަޅުގަނޑު ބޭނުންވަނީ އިޚްލާސްތެރި ތެދުވެރި މަސައްކަތްތަކެއް ކުރަން. ނަތީޖާ ފުރަތަމަ ދުވަހުން ފެށިގެން ނެރެން. ގައުމުގެ ކަންކަން ހަމަ މަގުން ގެންދަން. ގައުމަށް ހަމަޖެހުމުގެ ނޭވާއެއް ހުރިހާ މާނައެއްގައި ނެރުން،"

ޑރ. މުހައްމަދު މުޢިއްޒު 

މިއާއެކު މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަނީ ފަސް ބައި ސާފް އަދި ހިދުމަތް ކުރަން ކެރޭ ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމް ކުރައްވަން ކަމަށެވެ.

"އަޅުގަނޑުމެން މިއަންނަނީ ސާފު ސަރުކާރެއް ގާއިމް ކުރަން. ފަސްބައި ސާފު. ޚިދުމަތްކުރަން ކެރޭ. ދެފުށް ފެންނަ، ހާމަކަންބޮޑު ސަރުކާރެއް ގާއިމް ކުރަން. ސަރުކާރުގެ އެއްވެސް އޮފީހެއްގައި ފޮރުވާނެ ކަމެއް ނުބާއްވާނަން. ރައްޔިތުންނަށް، ނޫސްވެރިންނަށް ކަމެއް ނޭނގިގެން އުޅުނަކަ ނުދޭނަން. ރައްޔިތުންނަށް ފޮރުވައިގެން ކަމެއް ކުރާ ނަމަ، ހަމަޖެހުމެއް ނާންނާނެ،" 

ޑރ. މުހައްމަދު މުޢިއްޒު 

"މިހާރު މިއުޅެނީ ބްރިޖު އަޅަން ވިޔަސް، އެ ބްރިޖުގެ އެގްރީމަންޓް ހާމަކޮށްފިއްޔާ ގައުމަށް ހަނޑޫ، ހަކުރު، ފުށެއް ނުލިބޭނެއޭ ބުނާ އަޑު އިވެނީ. ނަގާ ލޯންގެ އިންޓަރެސްޓް ރޭޓް ހާމަކުރަން ވެއްޖެއްޔާ ސުޕްރީމް ކޯޓާ ހަމައަށް ދާން އެބަޖެހޭ. މިގޮތަކަށް ގައުމަކަށް ހަމަޖެހުމެއް ނާންނާނެ،"

މުއިއްޒު ވިދާޅުވީ ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ. އަދި އެ ސަރުކާރުގައި އެކުލަވާލާ ޓީމުގައި ތިއްބަވާ ބޭފުޅުންވެސް ވާނީ ޖަވާބުދާރީވާ ބަޔަކަށް ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

"ޗެކް އެންޑް ބެލެންސް ފުރިހަމަ ގޮތުގައި ގާއިމު ކުރާނަން. މިނިވަން މުއައްސަސާތައް ވާނީ ހަގީގީ މާނައިގައި އަމަލީ ސިފައިން މިނިވަން މުއައްސަސާތަކަކަށް. ޖުޑިޝަރީ ވާނީ ހަގީގީ މާނައިގައި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ޖުޑިޝަރީއަކަށް." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގު ފަހިވާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަަމަށާއި އަދި އެފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެނަމަ އެމަނިކުފާނު އިސްވެ އެމީހަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.