ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله -- ފޮޓޯ/ޕީޕީއެމް
ހަބަރު
26 Sep 2023 | 11:26
ވޯޓު ކަރުދާސް ބޭރުވެއްޖެ؛ އީސީން މިކަން ބަލަން ޖެހޭ: އަބްދުއްރަހީމް

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބޭނުން ކުރަން ނިންމާފައިވާ ވޯޓު ކަރުދާސްތަކެއް ބޭރުވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ލ. ގަމަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ބޮޑު ޖަލްސާގައި އަދުރޭ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ރައްޔިތުން ނޫނެކޭ ބުނުމުން މިހާރު ވެރިކަންކުރާ އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ އަބުރު ކަތިލުމުގެ މަސައްކަތް ކަމަށެވެ. އެހެންނަމަވެސް, އެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު އަދުރޭ ވިދާޅުވީ ބައެއް ރަށްރަށަށް އެމްޑީޕީގެ ބޭފުޅުން ވަޑައިގެން އުމުރުން ދުވަސްވީ ބޭފުޅުން ގާތަށް ވަޑައިގެން ކޮންމެހެން ވޯޓުލާން ވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށާ، ގޭގައި ތިބީމަ، ކަރުދާސްކޮޅެއް ގެނެސްދޭނެ ކަމަށް ވިދާޅުވަމުންދާ ކަމަށް މައުލޫމާތު ލިބިލައްވާ ކަމަށެވެ. އަދި އެ ކަރުދާހުގައި ފާހަގަ ޖަހާލީމަ ނިމުނީ ކަމަށް އެމްޑީޕީގެ ބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވަން ވާނެ. އަޅުގަނޑުމެން މި ތުހުމަތު ކުރަނީ ވޯޓު ކަރުދާސް ބޭރުވެއްޖެ ކަމަށް. އިލެކްޝަންސް ކޮމިޝަނުން މިކަން ބައްލަވާ ދެއްވަން އެބަޖެހޭ. އެއްގޮތަކަށް ވެސް ހީ ކުރައްވައިގެން ނުވާނެ މި އިންތިހާބުުގައި ވައްކަން ކުރެވިދާނެ ކަމަކަށް. އެކަން ކުރާކަށް ފުރުސަތު ދޭކަށް ނޫން ރައްޔިތުން ތިބީ. އިލެކްޝަންސް ކޮމިޝަނުން މިކަމަށް ސަމާލުވެދެއްވާ. އެގޮތަށް ކަރުދާސް ބޭރުކޮށްގެން ކަރުދާހުގައި ފާހަގަ ޖަހައިގެން މ، ވޯޓުފޮށި ކައިރިއަށްގޮސް، އެތަނުންދޭ ކަރުދާސްކޮޅު ޖީބަށްލާފައި،  ފާހަގަޖަހާ ކަރުދާސްކޮޅު ވޯޓު ފޮށްޓަށް ލާން އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. 

އަބްދުއްރަހީމް އަބްދުالله 

މީގެއިތުރުން، އެމްޑީޕީން ކަޅުދަބަސް ހިފައިގެން ފައިސާ ހިފައިގެން އައިސް، ފައިސާ ދީގެން ވޯޓު ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާ، އެހެން ނަމަވެސް، މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފައިސާއަށް ނުހެއްލޭނެ ކަން ރައްޔިތުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފައިސާ އަށް ވުރެ ރައްޔިތުންގެ އަގު އަދި ގައުމު މާ މުހިންމު ކަން އެ ރައްޔިތުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ބާކީ މިއޮތް ދެ ތިން ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ފާރަވެރިވާން ވާނެ އެމްޑީޕީ މީހުން ކޮށްފާނެ ކަންތައްތަކާ ދޭތެރޭގައި. ޓީމު ހަދާފައި ކަޅު ދަބަސް ހިފާފައި އަރާނެ. އެމީހުން ގޭގެއަށް ވަންނަ އިރު ފާރަވެރިވާން ވާނެ. ފަހަތުން ދާން ވާނެ. އެމީހުންނަށް އެކަނި މީހުންނާ ބައްދަލު ކުރުމުގެ ޖާގަ ދީގެން ނުވާނެ. އެ މަންޒަރު ފޮޓޯ ނަގަން ވާނެ. އެމީހުންނަށް ވާހަކަ ދެއްކެން ވާނީ އަޅުގަނޑުމެންނާ އެކީގައި،" އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.