އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ/ޕީޕީއެމް
ހަބަރު
26 Sep 2023 | 16:17
ފޭކު އޯޑިއޯތައް ފެތުރުމުން އެނގެނީ ޑެސްޕަރޭޓުވެފައިވާ މިންވަރު: ޑރ.މުޢިއްޒު

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒުއާއި ގުޅިގެން، ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހަދަހަދައިގެން ދޮގު ވީޑިއޯ ތައް ފަތުރަމުންދަނީ "ޑެސްޕަރޭޓް" ނުވަތަ ވެރިކަމަށް ބޭނުންވެފައި ތިބިލެއް ބޮޑު ކަމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކާއި އަދި ސަރުކާރަށް ތާއީދުކުރާ ގިނަ ފަރާތްތަކުން ހީކުރި ގޮތާއި ޚިލާފަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިލެއްވީ ވަރަށް ދަށް ނަތީޖާއެކެވެ. އެގޮތުން، އެމަނިކުފާނަށް ލިބުނު ވޯޓުގެ އިންސައްތަ 40 އަށްވެސް ނާރައެވެ.

އެއާއެކު މިހާރު ފެނިގެންދަނީ ރައީސް ޞާލިހަށް ތާއީދުކުރާ ފަރާތްތަކާއި، މީޑިއާ ތަކުން އެމަނިކުފާނަށް ކެންޕެއިން ކުރުން ހުއްޓަވާލައްވައި އިދިކޮޅު ކެންޑިޑޭޓު ޑރ.މުޢިއްޒާމެދު ސާބިތުނުހިފޭ ދޮގު ވާހަކަތައް ފަތުރައި އެންޓި ކެމްޕެއިން ކުރަމުންދާ ތަނެވެ.

އެގޮތުން އޯޑިއޯ އެޑިޓުކޮށްގެންނާއި، ފޭކު ހެޑްލައިންތައް ލިޔެގެން މީސްމީޑިއާގައި ތަފާތު ގިނަ ޕޯސްޓުގައް އަންނަނީ ހިއްސާކުރަމުންނެވެ. 

އެފަދަ ދޮގު އޯޑިއޯއެއްގައި މި ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރި މީހުންގެ ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި، އެކަން ވެރިކަން ބަދަލުވުމުން ދެތިން މަސް ފަހުން އިއުލާނުކުރާނެ ކަމަށް ބުނެފައިވެއެވެ. އެ ވީޑިއޯ ހިއްސާ ކޮށްފައިވަނީ މި ސަރުކާރަށާއި ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އެކްޓިވިސްޓެއް ކަމުގައިވާ މޫސާ އަންވަރު އެވެ. 

އެ އޯޑިއޯއަށް ރައްދުދެއްވައި ޑރ.މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އޯޑިއޯއަކީ މުޅިން ފޭކު އަސްލެއް ނެތް އޯޑިއޯއެއް ކަމަށެވެ. އަދި އެފަދަ އޯޑިއޯތައް ފެތުރުމުން ފެންނަނީ ރެއާއި ދުވާ އެންޓި-ކެމްޕެއިން ކުރުމުގައި ބިޒީވެގެން އުޅޭ މީހުން ގޮސްހުވެ "ޑެސްޕަރޭޓު"ވެފައި ތިބި މިންވަރު ކަމަށެވެ.

އެ އޯޑިއޯ ނޫންވެސް އެތައް ފޭކު އޯޑިއޯ ތަކެއް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މިފަހުން ވަނީ މީސް މީޑިއާގައި، ދައުރު ކުރަން ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.