މިނިސްޓަރ މަހުލޫފް
ހަބަރު
26 Sep 2023 | 16:15
ހަޖޫ ޖެހިޔަސް ހުޅުލެ ބްރިޖަށްވުރެ އަވަހަށް ތިލަމާލެ ބްރިޖް ނިމޭނެ: މަހްލޫފް

ތިލަމާލެ ބްރިޖުގެ ތަނބެއް ނުފިގެން އިދިކޮޅުން "ހަޖޫޖެހިޔަސް" އެ ބުރިޖުގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް ކަމަށާއި ހުޅުލެ ބުރިޖުގެ މަސައްކަތަށްވުރެ އަވަހަށް ތިލަމާލެ ބްރިޖް ނިމޭނެކަމަށް ބެލެވޭކަމަށް ކަމަށް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ ތަނބުތަކުގެ މަސައްކަތް ނިމޭއިރު ހުންނާނީ ބްރިޖް ރޭވުމަށް ވެސް ގާތްވެފައިކަމަށެވެ. 

ހަގީގަތަކީ ބުރިޖުގެ މުހިއްމު އަދި ބައިވަރު އެތައް މަސައްކަތެއް މިއަދުވެސް ދަނީ ކުރިއަށް

މިނިސްޓަރ މަހުލޫފް 

ތިލަމާލެ ބްރިޖުގެ މަޝްރޫޢުއަކީ އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއަކަށްވާއިރު، މިއީ މި ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އުމްރާނީ މަޝްރޫޢުއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއްވެސް ސަރުކާރުންވަނީ ނަގައިފައެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތްތަކަށް ނިންމައި ބްރިޖް ހުޅުވާނެ ކަަމަށް ރައީސް ޞާލިޙް ވަނީ މީގެ ކުރިން އެކި ތާރީޚުތައް ދެއްވާފައެވެ. ނަމަވެސް ވެރިކަމުގެ 5 އަހަރު ނިމުނު އިރުވެސް އެ ބުރިޖުގެ މަސައްކަތް ނުނިމެއެވެ. ރައީސް ޞާލިޙް ފަހުން ވިދާޅުވި ގޮތުގައި އެ ބްރިޖުގެ މަސައްކަތް އަންނަ އަހަރު އެއްކޮށް ނިންމާލެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.