ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ-- ޕީޕީއެމް
ހަބަރު
27 Sep 2023 | 08:03
އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިނުގަންނަން؛ އަނިޔާވެރިއެއްވެސް ނުވަން: މުޢިއްޒު

އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގަނެފައި ނުވާނެ ކަމަށާ، އަދި މީހަކަށް އަނިޔާވެރި ވެފައިވެސް ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ދައުލަތުގެ ނުފޫޒު ބޭނުންކުރައްވައިގެން އޭނާގެ ދޮންމަންމަ ރާއްޖެއިން ޑީޕޯޓްކޮށްލި ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގު ކުރައްވައި އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޭ ފުވައްމުލަކުގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުން ބަލައިނުގަތީމަ، ޒާތީ ގޮތުން އެމަނިކުފާނާ ދިމާކުރަމުންދާ ކަމަށެވެ. އަދި އެފަދައިން ކަން ކުރި ނަމަވެސް އެއްވެސް ފަރުވާލެއް ނެތް ކަމަށާ، އެފަދަ ކަންކަމުން ފަޟީހަތް ވާނީ އެ ވާހަކަތައް ދައްކާ މީހުން ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

"އަޅުގަނޑަކީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކުރި މީހެއް ނޫން. ނުވެސް ކުރާނަން. ދުވަހަކު ވެސް ނުކުރާނަން. އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކު ވެސް އަރައިގެން މީހެއް ނޫން. އަދި ނުވެސް އަރައިގަންނަނާން. އަޅުގަނޑު އަބަދުވެސް ދަންނަވަމުން މި ގެންދަނީ އަޅުގަނޑު ގަބޫލު ކުރާ ހަމައަކީ އަދި ކަން ކުރާ ހަމައަކީ ކޮންމެ ދުވަހަކު ގެއަށް ގޮސް އަރާމުގައި އަޅުގަނޑަށް ނިދާލެވެން ޖެހޭނެއޭ، ހިތަށް ހިތްހަމަޖެހުން ލިބެން ޖެހޭނެއޭ އެއްވެސް މީހެއްގެ ހައްގަކަށް އަރައިނުގަންނަ ކަމުގެ ޔަގީންކަމާ އެކުގައި. ދުވަހަކުވެސް އަޅުގަނޑުގެ ފަރާތުން ނޯންނާނެ މީހަކަށް އަނިޔާއެއް ދީފަ، ދެރައެއް ދީފަ"

ޑރ. މުހައްމަދު މުޢިއްޒު 

މުޢިއްޒު ވިދާޅުވީ ޒާތީ ގޮތުން ދިމާކުރުމަކީ ކެމްޕެއިން ކުރުމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނާއި ގުޅޭ އެފަދަ މައްސަލައެއް އޮތް ނަމަ ރަސްމީ އިދާރާތަކުން، ސިޔާސީ ނުފޫޒުން އެއްކިބާވެ، އިންސާފުވެރިކަމާއި މިނިވަންކަމާއި އެކު އެ ކަމެއް ބައްލަވަންވީ ކަމަށެވެ. އެގޮތަށް ބަލައިފިނަމަ އެކަންކަމުގެ ހަގީގަތް މާރީތިކޮށް ސާފުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"ދެން ގިނަގިނައިން އެ [ފޭކު] ވާހަކަ ދައްކާ މީހުން ދައްކަންވީ، މައްސަަލަ އޮތިއްޔާ ކަމާބެހޭ ފަރާތްތަކުން ބަލަންވީ. މިނިވަންކަމާއެކު އެ މައްސަލަތައް ބަލައިފިއްޔާ އެ ހަދާ ހުރިހާ ދޮގުތަކެއް ރަނގަޅަށް ފަޟީހަތްވެގެން ދާނެ."

ޑރ. މުހައްމަދު މުޢިއްޒު 

މުއިއްޒު އިތުރަށް ވިދާޅުވީ އެމަނިކުފާނު ރައްޔިތުން ގާތަށް ވަޑައިގަންނަވަނީ ސިޔާސަތުތަކެއް ހިފައިގެން ކަމަށާއި ބޭނުން ވަނީ ގައުމަށް ހަމަޖެހުން އަންނަން ކަމަށާއި ގައުމަށް ހަމަޖެހުން އަންނާނީ އަނިޔާވެރިކަން ނިމި، އިންސާފުވެރިކަން ގާއިމުވެގެން ދިޔުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.