ރޭގެ ޖަލްސާގައި މުޢިއްޒު ވާހަކަ ދައްކަވަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
27 Sep 2023 | 09:59
އަލުން ފްލައިޓްތައް ގެނެސް، ބަނގުރޫޓް ވެފައިވާ ގައުމީ އެއާލައިން ކޮޅަށް ޖަހާނަން: ޑރ.މުޢިއްޒު

ގައުމީ އެއާލައިން މިހާރު ވަނީ ބަންގުރޫޓްވެފައި ކަމަށާ، އެ މަނިކުފާނުގެ ވެރިކަމުގައި އެ އެއާލައިން ކޮޅަށް ޖައްސަވައި ދިވެހިން ފަހުރުވެރިވާފަދަ އެއާލައިނަކަށް ހަދައިދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެންޕެއިނަށް ފުވައްމުލަކަށް ވަޑައިގެން މިރޭއެ ސިޓީގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ނަގާ ކޮޅަށް ޖެހުމަށްޓަކައި ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރުވަންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނުގެ އިގްތިޞާދީ ސިޔާސަތުގައި  ފަތުރުވެރިކަމުގެ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާ އަދި ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއެރުވުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

އަދި ފަތުރުވެރިކަމުގެ ވާހަކަދައްކާއިރު އޭވިއޭޝަން އިންޑަސްޓަރީގައި މަސައްކަތްކުރާ ފަރާތްތަކުން ކުރާ އަގުހުރި މަސައްކަތް ފާހަގަކުރަންޖެހޭކަން ފާހަގަކުރައްވަައި މުޢިއްޒު ވިދާޅުވީ، އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހެޔޮގޮތް ތަކެއް ހަދައިދެއްވާނެ ކަމަށެވެ. 

ރޭގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ޕީޕީއެމް

މީގެއިތުރުން މުޢިއްޒު ވިދާޅުވީ ގައުމީ އެއާލައިން ވަނީ ބަނގުރޫޓުވެފައި ކަމަށާއ ގައުމީ އެއާލައިންގެ މި ހާލަތުން ނަގައި ކޮޅަށް ޖަހައިދޭނެ ކަމަށެވެ.

''ޤައުމީ އެއާރލައިން ވަނީ ބަނގުރޫޓްވެފައި. ޤައުމީ އެއާރލައިން މިހާލަތުން ނަގައި ކޮޅަށް ޖަހައިދޭނަން. އަލުން ސީދާ ފުލައިޓުތައް ބޭރު ގައުމުތަކަށް އަޅުގަނޑުމެންގެ ޓޫރިޒަމްގެ މައި ޑެސްޓިނޭޝަންތަކަށް އަދި އިތުރު ޑެސްޓިނޭޝަންތަކަށް ވެސް ހުޅުވިގެންދާ ގޮތަށް ވައިޓް ބޮޑީ އެއާކްރާފްޓް އަލުން ގެނެސް އަދި ނެރޯ ބޮޑީ އެއާކްރާފްޓްތައް ވެސް އަލުން ގެނެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ގައުމީ އެއާލައިނަކީ ދިވެހިން ފަހުރުވެރިވާފަދަ އެއާލައިނަކަށް އަނެއްކާ ވެސް ހަދައިދޭނަން.''

ޑރ. މުހައްމަދު މުޢިއްޒު 

މިއާއެކު މުޢިއްޒު ވިދާޅުވީ އައިލޭންޑް އޭވިއޭޝަންގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ތަފާތުކުރުމުގެ މައްސަލަތަކަށް ހައްލު ހޯދައިދީ އިންޓަރނޭޝަނަލް މިންގަނޑުތަކާއި އެއްގޮތަށް އެ ކުންފުނީގެ އޮނިގަނޑާއި މުސާރައާއި އިނާޔަތްތައް ބައްޓަންކޮށްދީ އިންސާފު ގާއިމްކޮށްދެއްވާނެ ކަމަށެވެ. 

ރޭގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ޕީޕީއެމް

އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަކީ އޭވިއޭޝަންގެ ކަންކަން ބަލަހައްޓައިދީ، އޮޕަރޭޝަނަލް ކަންކަމަށް މަގުފަހިކޮށްދޭ ބައިނަލްއަގުވާމީ ގޮތުން އެކަން އޮންނަ އުސޫލުން ހިންގާ ތަނަކަށް ހަދައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.

ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަންއިން ހިންގާ މޯލްޑިވިއަން ހިންގަމުން އަންނަނީ ބޮޑު ގެއްލުމެއްގައެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމުކޮށްފައިވާ އައިލެންޑް އޭވިއޭޝަނުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން ބަލާއިރު މިދިޔަ އަހަރުގެ އެއްވެސް ކުއާޓާއެއްގައި އެ ކުންފުންޏަށް ފައިދާވެފައެއް ނުވެއެވެ. އެގޮތުން ފާއިތުވި އަހަރުގެ 4 ކުއާޓާގައި ލިބުނު ގެއްލުން އެއްކޮށްލުމުން ޖުމްލަ 164 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.