މުޢިއްޒުގެ ކެންޕެއިން ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ޕީޕީއެމް
ހަބަރު
27 Sep 2023 | 15:39
"ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ފަރުވާދޭ އިންޓަނޭޝަނަލް ހޮސްޕިޓަލް އައްޑު، މާލެ އަދި އުތުރުގަ ގާއިމްކުރާނަން"

އެމަނިކުފާނުގެ ވެރިކަމެއްގައި އައްޑޫ ސިޓީއާއި މާލޭގެ އިތުރުން އުތުރުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް ފަރުވާދޭ އިންޓަނޭޝަނަލް ހޮސްޕިޓަލް ގާއިމް ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ އެސިޓީގެ ރައްޔިތުން ސިޓީއަށްޓަކައި ބޭނުންވާ ކަންކަން ކޮށްދެއްވައި ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

އެގޮތުން އުމްރާނީ ގޮތުންނާއި، އިޖްތިމާއީ ގޮތުން އަދި އިގްތިސާދީ ކުރިއެރުން ގެނައުމަށް ކުރިއަށްގެންދަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. 

އޭގެ ތެރެއިން މުޢިއްޒު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އެއާޕޯޓު އިތުރަށް ތަރައްގީކުރުމާއި، ޓޫރިސްޓް ޑެސްޓިނޭޝަންތައް އިތުރުކޮށް އެކި ދިމަދިމާއި ފަތުރުވެރިން ގެނައުމަށް މަގުފަހިކޮށްދީ ސީޕްލޭން ހަބް ގާއިމުކުރައްވައި އެ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުން ހިމެނެއެވެ. އަދި އިގްތިސޯދީ ގޮތުން ފުދުންތެރި ބަޔަކަށް އެސިޓީގެ ރައްޔިތުން ހަދައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

މީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ވެސް ކުރިއެރުވުމަށް މެނިފެސްޓޯ ގައިވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުއްވާފައެވެ. 

މުޢިއްޒު ވިދާޅުވީ ސިއްހީ އަދި އިޖުތިމާއީ ދާއިރާއަށް ބެލިނަމަވެސް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަކީ މުހިންމު ކަމެއް ކަމަށާ، އެ މަނިކުފާނުގެ ސަރުކާރެއްގައި އެ ފަރާތްތަކަށް އެހީވުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށެވެ. 

އެގޮތުން މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި އުތުރުގެ ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކެއާ ކުރާ އިންޓަނޭޝަން ފެންވަރުގެ ހޮސްޕިޓަލެއް އެމަނިކުފާނުގެ ވެރިކަމެއްގައި ގާއިމް ކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ. 

އެތަނުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތެރަޕީއާއި ޓްރީޓްމަންޓްތައް ދީ ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް ވިދާޅުވި އެވެ.

"މި ސިޓީއާއި އެންމެ އުތުރުގެ ރަށެއްގައި އަދި މާލެ ސިޓީގައި މިފަދަ އެއް ފެންވަރެއްގެ، އިންޓަނޭޝަނަލް ހޮސްޕިޓަލް ގާއިމުކުރާނަން. އެހެންވީމަ މިގޮތަށް ކުރިއަށް ގެންދަން ރާވާފައި އޮތީ. އޭރުން އަޅުގަނޑުމެންނަށް އެފަދަ ފަރާތްތަކަށް ދެވޭ ތެރަޕީއާއި ޓްރީޓްމަންޓާއި ފަރުވާއާއި މިހުރިހާ ކަންކަމުން ތަފާތު ނަތީޖާއެއް، ރަނގަޅު ނަތީޖާއެއް ނެރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.