ތިނަދޫ ޖަލްސާގައި ރައީސް ޞާލިހް ވާހަކަ ދައްކަވަނީ--ފޮޓޯ/ އެމްޑީޕީީ
ހަބަރު
28 Sep 2023 | 11:31
އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްވީމަ ޕީޕީއެމްއަށް ވުރެ ވޯޓު ގިނަ: ރައީސް ޞާލިހު

އެމްޑީޕީ އާއި އެ ޕާޓީން މެމްބަރުން ވަކިވެ އުފެއްދި ޑިމޮކްރެޓްސް އެއްވުމުން ޕީޕީއެމްއަށް ވުރެ ވޯޓު ގިނަ ކަމަށް އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ގދ. ތިނަދުއަށް ވަޑައިގެން އެރަށުގައި ރޭ ބޭއްވި ކެންޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ, ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް ތިނަދޫ ސިޓީގެ ގިނަ ރައްޔިތުން ބޭނުންވަނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ކަމަށެވެ. ރައީސް އެފަދައިން ވިދާޅުވީ ތިނަދޫ ޑިމޮކްރެޓްސް ގެ ބައެއް މެންބަރުން އެމަނިކުފާނަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމުންނެވެ. 

އެކަމަށް އިޝާރާތް ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީގެ ޓީމުތައް ދެވަނަ ބުރުގައި އެމްޑީޕީއާ ގުޅުމަކީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނާ އެކު ތިބި ބަޔަކު ފުރަތަމަ ބުރުގައި ކުޑަކޮށް ދުރަށް ޖެހިލުމުން އަޅުގަނޑުމެންނަށް ދަތިތައް ކުރިމަތިވި. ރާއްޖޭގެ ވަކި ވޯޓުތަކަށް ބަލާއިރު މުޅި ވޯޓަށް ބަލާއިރު ވެސް އެމްޑީޕީ އާއި ޑިމޮކްރެޓްސް އެއްވީމަ ޕީޕީއެމްއަށް ވުރެ ވޯޓު ގިނަ. އަޅުގަނޑުމެން ދެބައި މީހުން އެކަނި އެއްވީމާ މި އިންތިހާބު މިއޮތީ ބޮޑުތަނުން އަޅުގަނޑުމެންނަށް ކާމިޔާބުވެފައި،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

އެހެންކަމުން ހިޔާލު ތަފާތުވިނަމަވެސް އެންމެން ގުޅިގެން ކެމްޕެއިން ހަރަކާތުގައި އުޅޭ އުފާވެރި މަންޒަރު ފެނިގެންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.