ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އައްޝައިޚް މޫސާ ނިޒާރު--
ހަބަރު
28 Sep 2023 | 16:57
މައްސަލަތައް ހައްލު ކުރުމަށް މުޢިއްޒު ނޫން ޗޮއިސްއެއް ނެތް ކަމަށް ވިދާޅުވެ ޝެއިޚް ނިޒާރުވެސް އެފަޅިއަށް!

ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އައްޝައިޚް މޫސާ ނިޒާރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒަށް ތާއިދު ކުރައްވައިފިއެވެ. 

ޑރ. މުޢިއްޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި އެކަމާއި ގުޅޭ ގޮތުން "ވޮއިސް" އަށް ދެއްވި ބަސްދީގަތުމެއްގައި ނިޒާރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ވާހަކަ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވެސް ކެންޕެއިންގެ ތެރެއިން އެންމެ ބޮޑަށް ދެއްކެވި ވާހަކަ ކަމަށެވެ. އަދި މިހާރު މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލުގެ މައްސަލަ ހައްލު ކުރަންޖެހޭ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން ރާއްޖޭގެ ދަރަނީގެ ވާހަކަ އާއި އިގްތިސާދު އޮތް ނާޒުކު ހާލަތުން އަރައިގަނެ އެ މައްސަލަ ހައްލު ކުރަންވެސް ޖެހޭ ކަމަށާ، އަދި އިޖްތިމާއީ މައްސަލަތައްވެސް ހައްލު ކުރަންޖެހޭއިރު އެކަމަށް ޑރ. މުޢިއްޒު ނޫން އިތުރު ޗޮއިސްއެއް މިވަގުތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގެ އިގްތިސާދާއި ރާއްޖޭގެ ދަރަނީގެ މައްސަލައަށްވެސް އެބަ ޖެހޭ ހައްލު ގެންނަން. އިގްތިސާދީ ގިނަ މަސައްކަތް ތަކެއް ކުރަން އެބަޖެހޭ. މިހާރު އޮތް ސަރުކާރަށް މިކަން ނުކުރެވެމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަދި އިޖްތިމާއީ ބޮޑެތި މައްސަލަ ތަކަށްވެސް އަޅުގަނޑުމެންނަށް ހައްލެއް އެބަ ބޭނުންވޭ. އެހެންވީމާ މި ހުރި މައްސަލަތަކަށް ބަލާއިރު މިކަން ހައްލު ކުރުމަށް އަޅުގަނޑަށް އެހެން ދެވަނަ ޗޮއިސްއެއް ނުފެނޭ. އެހެންވީމާ ޑރ. މުއިއްޒު ކަހަލަ އިލްމީ ގާބިލި ބޭފުޅަކު އެއީ އެންމެ އެކަށީގެންވާ ކެންޑިޑޭޓް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

އައްޝައިޚް މޫސާ ނިޒާރު

ނިޒާރު އިތުރަށް ވިދާޅުވީ މުޅި ރާއްޖޭގެ ގިނަ ބޭފުޅުންގެ ވެސް ވިސްނުމަކީ ރާއްޖޭގެ މައްސަލަތައް ހައްލު ކުރެވޭނީ މުއިއްޒު އަށް ކަމަށެވެ. 

ހަމައެހެންމެ މުޢިއްޒު އަކީ ވަތަނީ ބޭފުޅެއް ކަމަށާ، ރާއްޖޭގައި މިފަހުން ކުރެވުނު އެންމެ ބޮޑެތި މަސައްކަތްތައް ކުރެއްވިފައިވާނީ ޑރ މުޢިއްޒަށް ކަމަށާ، އެމަނިކުފާނަކީ ހިކުމަތްތެރި، ވިސްނުންތެރި އަދި ގާބިލް ބޭފުޅެއް ކަމަށްވެސް ނިޒާރު ފާހަގަކުރެއްވިއެވެ. 

މުޢިއްޒުގެ އެ ސިފަ ތަކުގެ އިތުރުން އެމަނިކުފާނަކީ ދީނީ ގޮތުން ބެލި ނަމަވެސް، ވަރަށް ރަނގަޅު ބޭފުޅެއް ކަމަށާ، ރާއްޖެ އަކީ މުސްލިމު ގައުމެއް ކަމަށް ވުމުން ވެރި އަކަށް އައްޔަނު ކުރައްވާ ބޭފުޅެއްގެ އެ ސިފަ ހުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.