ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އެމްޕީއެލް ސަރަހައްދަށް ވަޑައިގެންނެވުން-- ފޮޓޯ/ ޕީޕީއެމް
ހަބަރު
29 Sep 2023 | 07:38
އެމްޕީއެލްގެ މަސައްކަތްތެރިންނަށް، މުޢިއްޒު ދެއްވީ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ގެންނަވާނެކަމުގެ ޔަގީންކަން!

މަޖޫރީންނާއި ޑްރައިވަރުން ހިމެނޭ ގޮތަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވެފައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި މުއިއްޒު ވަނީ އެމްޕީއެލް ސަރަހައްދަށް ވަޑައިގެން، އެމްޕީއެލްގެ މަޖޫރީންނާއި، ޑްރައިވަރުން އަދި އެހެނިހެން މުވައްޒަފުން ހިމެނޭހެން އެންމެނާއި ބައްދަލު ކުރައްވައި އެމީހުންގެ ކަންބޮޑުވުން ތައް އަޑު އައްސަވާފައެވެ. 

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އެމްޕީއެލް ސަރަހައްދަށް ވަޑައިގެންނެވުން-- ފޮޓޯ/ ޕީޕީއެމް

އަދި އެމީހުންގެ އެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ވާހަކަ ދައްކަވަމުން މުޢިއްޒު ވަނީ އެތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މަސައްކަތުގެ މާހައުލަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތަށް ގެނެސް، އިމާރާތުގެ ފެންވަރު ރަނގަޅު ކޮށްދީ ޕާކިންގ މައްސަލައަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެެވެ.

މިއާއެކު މުޢިއްޒު ވަނީ އެކިއެކި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް އެމަނިކުފާނަށް އިތުބާރު ކުރެއްވުމަށް އެދިލައްވާފައެވެ. އަދި އެ މުވައްޒަފުންނާއި ބައްދަލު ކުރައްވާވެސް މުއިއްޒު ވަނީ، މާލޭގައި ވިޔަސް ރަށެއްގައި ވިޔަސް ސިޔާސީ މަޤާމްތަކުން ފިޔަވައި އެހެން އެއްވެސް ވަޒީފާއަކުން މީހަކު ވަކި ނުކުރައްވާނެ ކަމުގެ ޔަގީންކަން އެ ފަރާތްތަކަށް ދެއްވާފައެވެ.

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އެމްޕީއެލް ސަރަހައްދަށް ވަޑައިގެންނެވުން-- ފޮޓޯ/ ޕީޕީއެމް

އޭގެ ބަދަލުގައި މަސައްކަތުގެ މާހައުލަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެނެސް އިތުރު ވަޒީފާތައް އުފައްދާ އާމްދަނީ އިތުރުވާނެ ގޮތް އެމަނިކުފާނު ހަމަޖައްސަވައިދެއްވާނެ ކަމަށާ، ހުރިހައި ރައްޔިތުންނަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭ ފުދުންތެރި ބަޔަކަށް ހަދައިދެއްވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ހަމައެހެންމެ، ގެދޮރުވެރިކަން ޔަގީންކުރުމަށް ހިންގާ މަޝްރޫޢުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދެއްވަން ވެ ވަޑައިގެންނެވި ވަޢުދުވެސް މުޢިއްޒު ވަނީ ތަކުރާރު ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.